މިދިޔަ ސަރުކާރުން ހަވާލުކުރި ހެލްތު ސެކްޓާގެ 16 މަޝްރޫއުއެއް ހިނގަމުންދަނިކޮށް ހުއްޓުވީ މި ސަރުކާރުން: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކޮންޓްރެކްޓުތައް ބާތިލް ކުރީ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކޮންޓްރެކްޓުތައް ބާތިލް ކުރީ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ހެލްތު ސެކްޓާގެ 16 މަޝްރޫއުއެއް ހިނގަމުންދަނިކޮށް ހުއްޓުވީ މި ސަރުކާރުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. 

މިދިޔަ އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ކުރިއަށްނުގޮސް ހުއްޓިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވި ވާހަކައަށް ރައްދުދީ އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މަޝްރޫއުތައް ހިނގަމުންދަނިކޮށް ހުއްޓުވީ މި ސަރުކާރުން ކަމަށެވެ. 

އެމްޑީޕީން ބުނީ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނާއެކު ހަދާފައިވާ އެއްބަސްވުންތައް މި ސަރުކާރުން ވެރިކަމަށް އައިސް އާންމުންނަށް ގެއްލުންވާ ގޮތަށް ބާތިލުކޮށް އެ މަޝްރޫއުތައް ބޮޑު އަގުގައި ސަރުކާރުގެ އެކި އެސްއޯއީތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. 

އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ނޭޝަނަލް ޓެންޑާ ބޯޑް މެދުވެރިކޮށް ނިންމަންޖެހޭ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހުކަން ފާހަގަކޮށް އެ ޕާޓީން ބުނީ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ "މިއަދުގެ ނާގާބިލު ސަރުކާރުން" ކަމަށެވެ. 

އެމްޑީޕީ ސަރުކާރުން ހަވާލުކުރި ބައެއް މަޝްރޫއުތައް: 

  1. ހއ. އިހަވަންދޫ ހޮސްޕިޓަލް މަޝްރޫއު
  2. ހއ. ކެލާ ހޮސްޕިޓަލް މަޝްރޫއު
  3. ށ. ކަނޑިތީމު ހެލްތު ސެންޓަރު މަޝްރޫއު
  4. ށ. ފުނަދޫ ހޮސްޕިޓަލް މަޝްރޫއު
  5. ރ. އިނގުރައިދޫ ހެލްތު ސެންޓަރު މަޝްރޫއު
  6. ފ. ފީއަލީ ހެލްތު ސެންޓަރު މަޝްރޫއު
  7. ނ. ފޮއްދޫ ހެލްތު ސެންޓަރު މަޝްރޫއު
  8. ނ. ކުޑަފަރީ ހެލްތު ސެންޓަރު މަޝްރޫއު

މީގެއިތުރުން އެމްޑީޕީން ބުނީ ކުވައިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔަ ކ. ތުލުސްދޫ ހޮސްޕިޓަލް މަޝްރޫ އާއި ނ. ވެލިދޫ ހޮސްޕިޓަލް މަޝްރޫއު އަދި ށ. މިލަންދޫ ހޮސްޕިޓަލް މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާ ކޮންޓްރެކްޓަރާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު ބާތިލުކުރުމުން، އެ ކޮންޓްރެކްޓަރުން ވަނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ސަރުކާރަށް ހުށަހަޅާފައި ކަމަށެވެ. 

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސްޕެއިންގެ އެގްޒިމް ބޭންކްގެ އެހީގައި އެމްޓީސީސީ މެދުވެރިކޮށް އިމާރާތްކުރަން ހަވާލުކޮށްފައިވާ ލ. ގަމު ޓާޝަރީ ހޮސްޕިޓަލް އަދި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި ސަރުކާރުން ވަނީ ހުއްޓުވާފައި ކަމަށް އެމްޑީޕީން ބުންޏެވެ. 

އެ ޕާޓީން ބުނީ މިދިޔަ ސަރުކާރުން ސައުދީ ފަންޑް ފޯ ޑެވޮލޮޕްމަންޓްއަށް ހުށަހަޅައިގެން އއ. ރަސްދޫ ހޮސްޕިޓަލް މަޝްރޫއު، ނ.މަނަދޫ ހޮސްޕިޓަލް މަޝްރޫއު އަދި ޏ. ފުވައްމުލަށް ހޮސްޕިޓަލް މަޝްރޫއަށް 50 މިލިއަން ޑޮލަރު ހޯދާފައި ވަނިކޮށް މި ސަރުކާރުން ވަނީ އޭގެތެރެއިން އއ. ރަސްދޫގެ ބަދަލުގައި ފ. ނިލަންދޫ އަދި ނ. މަނަދޫގެ ބަދަލުގައި ލ. ފޮނަދޫގައި އޭގެ ތެރެއިން ދެ ހޮސްޕިޓަލް އަޅަން ނިންމާފައި ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox