ކޮންޓްރޯލް ކޮމިޝަންގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 367،277ރ. ގެ ޕެކޭޖެއް އެލައިޑް އިންޝުއަރެންސް އިން ނަގައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮންޓްރޯލް ކޮމިޝަންގެ މެންބަރުންނަށް އެލައިޑް އިންޝުއަރެންސް އިން ހެލްތު އިންޝުއަރެންސް ޕެކޭޖެއް ނެގީ މިދިޔަ ޖުލައި މަހު އެވެ. އެއީ ދައުލަތުން ހަރަދުކުރާ ގޮތަށް ކޮންމެ މެންބަރަކަށް އަހަރަކު 52،468ރ. ގެ މަގުން ނަގާފައިވާ ޕެކޭޖެކެވެ.

އެ ހެލްތު އިންޝުއަރެންސް ޕެކޭޖްގެ ދަށުން ކޮމިޝަނުގެ މެންބަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދެއްކުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ އެވެ. 

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ އެ މެންބަރުންނަށް އާސަންދައިގެ އިތުރުން އިތުރު އިންޝުއަރެންސް ލިބޭތީ އެވެ. 

ކޮންޓްރޯލް ކޮމިޝަނުގައި ހިމެނެނީ ރައީސް މުހައްމަދު ފަރުޝަތު، ނައިބުރައީސް ޒައްމަތު އަހްމަދު ވަހީދު، މެންބަރު ސިމާހާ ނަސީމް، މެންބަރު އަބްދުލް އަޒީޒް އިބްރާހިމް، މެންބަރު ހުސައިން ސަގީފް، މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އަދި މެންބަރު ސަފާ ޝަފީގް އެވެ. 

މި އަހަރަށް ލަފާކުރާ ބެޖެޓުގައި ކޮންޓްރޯލް ކޮމިޝަނަށް ކަނޑައަޅެޅީ 16.32 މިލިއަން ރުފިޔާ އެވެ. އެމްއެމްސީ އާއި ބްރޮޑްކޮމްއަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓު އެއްކޮށްލުމުން ލިބެނީ 16.08 މިލިއަން ރުފިޔާ ކަމަށްވާއިރު، ކޮންޓްރޯލް ކޮމިޝަން އުފެއްދުމުން ހަރަދު ބޮޑުވި އެވެ. 

މިދިޔަ އަހަރުގެ ބަޖެޓުގައި އެމްއެމްސީއަށް 4.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބްރޮޑްކޮމްއަށް ކަނޑައަޅާފައި އޮތީ 11.54 މިލިއަން ރުފިޔާ އެވެ. 

ކޮންޓްރޯލް ކޮމިޝަން ވުޖޫދުކުރީ ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލަށް ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުވުން ކަމަށް މީޑިއާތައް ކޮންޓްރޯލްކުރާ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު، އަބްދުލް ހަންނާން އަބޫބަކުރު ކުރިން ވިދާޅުވި އެވެ. އޭރު އެކަމަށް ތާއީދުކޮށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންވެސް ވަކާލާތު ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox