ވައުދުވެވަޑައިގެންނެވި ގޮތަށް މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ހަ ހަފްތާވެއްޖެ

ޖޫން 1، 2026 ގައި މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 43 ދުވަސް ވަނީ ފާއިތުވެފައި -- ފޮޓޯ: ރައީސް އޮފީސް

ޖޫން 1، 2026 ގައި މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 43 ދުވަސް ވަނީ ފާއިތުވެފައި -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ހަ ހަފުތާ ފާއިތުވެއްޖެ އެވެ. 

މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ޖޫން 29، ގަ އެވެ. އޭގެ ފަހުން ހަ ހަފުތާ ފާއިތުވެގެންދިޔައިރު، ފަސް ހަފުތާގެ ހޯމަ ދުވަސް ބަންދު ދުވަހަކާ ދިމާނުވާކަން ފާހަގަކުރެވެ އެވެ. 

މުއިއްޒު އިއްޔެ ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ އެކަމާ ގުޅޭގޮތުން  އަދަދު އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ނަމަވެސް މިދިޔަ ހަފްތާގައި މުންދު ވިދާޅުވީ އެ ހަފްތާގައި މުއިއްޒަށް ނޫސްވެރިންނާ ބައްދަލުނުކުރެއްވުނީ މީޓީން ޝެޑިއުލް ހުރި ގޮތުން ކަމަށާއި އެމަނިކުފާނަށް ވަގުތުވީ ވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. 

 މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގަ އެވެ.

 މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސް ގިނަ ހަފުތާތަކުގައި މާލޭގައި ހުންނެވާއިރުވެސް، ނޫސްވެރިންނާ ބައްދަލެއް ނުކުރައްވަ އެވެ. އެމަނިކުފާނު އެންމެ ފަހުން ވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ ތިން ހަތުފާގެ މެދުކެނޑުމަކަށްފަހު އެވެ.       

މާޗު 2، ގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށި ފަހުން 25 ހަފުތާ ފާއިތުވެގެން ގޮސްފައިވާއިރު އޭގެ ތެރެއިން މުއިއްޒުއަށް ނޫސްވެރިންނާ ބައްދަލުކުރެވިފައިވަނީ އަށް ހަފުތާގަ އެވެ. 

ނޫސްވެރިންނާ ކޮންމެ ހަފުތާއަކު ބައްދަލު ކުރައްވާނެ ކަމުގެ ވައުދާއެކު މާޗު މަހު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމުގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މެއި 3، 2025، ގަ އެވެ.   އެއީ އެމަނިކުފާނުގެ ވެރިކަމުގައި ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ދައުރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ބޭއްވެވީ ޑިސެމްބަރު 5، 2023، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox