އެމްޑީޕީގެ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުސާން ވިދާޅުވީ އެމްޑީޕީން މަޖީދީ މަގުން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ ބާރުބޮޑު ގަޑިއަކަށްވާތީ އެ ގަޑީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. 

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު [އެމްޑީޕީން] އެދިވަޑައިގެންފައި އޮތް ވަގުތަކީ ހުކުރު ދުވަހެއްގެ ރޭގަނޑު ވަގުތެއް ކަމަށްވާތީވެ، އާންމު ގޮތެއްގައި ކާރޫބާރު ވަރަށް ބޮޑުކޮށް އޮންނަ ގަޑިއަކަށްވާތީވެ އެ ގަޑީގައި އެތަނަށް ނުދެވޭނެ،" އިހުސާން ވިދާޅުވި އެވެ. 

މުޒާހަރާކޮށް ޝުއޫރު ފާޅުކުރުމަށް ފުޅާކޮށްފައި އޮތް މަގުތައް ބޭނުން ކުރައްވަން އިހުސާން އެދިވަޑައިގެންނެވި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މުޒާހަރާއަށް މިހާރު ހުއްދަ ދީފައިވަނީ ބޭރުމަގު އާޓިފިޝަލް ބީޗުން ފެށިގެން ގާތްގަނޑަކަށް ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ކަމަށެވެ.

މީގެއިތުރުން އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާތީ އެ މަގުގައިވެސް މުޒާހަރާ ކުރުމުގެ ފުރުސަތު މިވަގުތު ދެވެން ނެތް ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިހުސާން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދެވެން އޮތް ހަމައެކަނި މަގަކީ މަޖީދީ މަގު ކަމަށް އެ ޕާޓީން ވަނީ ފުލުހުންނާ ބައްދަލުކޮށް ބުނެފަ އެވެ. 

މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ، ގިނަ އަދަދެއްގެ ރައްޔިތުންނާ ހިސާބަށް އަޑު ފޯރާވަރަށް ޝުއޫރު ފާޅުކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ. 

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13، ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގު، ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. 

"ދަތިވެއްޖެ" ނަމުގައި މި މުޒާހާރާ ބޭއްވުމަށް ރާވަމުންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox