ބިލު އޮތް ގޮތުން ރައްޔިތުންގެ ބިންތައް ވެސް ނަގައި ބޭނުން ބަޔަކަށް ދެވޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ބިންތައް އަތުލެވޭ ބިލު އޮތްގޮތުން ރައްޔިތުންގެ ބިންތައްވެސް ނަގައި ބޭނުން ބަޔަކަށް ދެވޭނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ބިންތައް އަތުލެވޭ ބިލު އޮތްގޮތުން ރައްޔިތުންގެ ބިންތައްވެސް ނަގައި ބޭނުން ބަޔަކަށް ދެވޭނެ ކަމަށް ވިދާޅުވި

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހާއެކު ރައްޔިތުންގެ ބިންތައް ވެސް ކެބިނެޓަށް ނަގައި ބޭނުން ބަޔަކަށް ދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ ބިލާ ދެކޮޅަށް އަޑުއުފުއްލަވަން މަޖިލިސް ކައިރިއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން ކޮންމެ ރައްޔިތެއްގެ ބިމެއް ވެސް ކެބިނެޓުން ބޭނުންވެއްޖެނަމަ ނަގާފައި އެހެން ބަޔަކަށް ދެވޭ ގޮތަށް އޮތުން ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށެވެ. 

"އެންމެ ބޮޑުވާހަކައަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް ބިން، ކޮންމެ ރަށެއްގައި ހުރި ކޮންމެ މީހެއްގެ ވެސް ބިން މިހާރު ކެބިނެޓަށް ނަގާފައި ކެބިނެޓުން ބޭނުންވާ ފަރާތަކަށް އެ ބިން ދެވޭނެއޭ. މިއީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫން. އެހެންވީމަ މި ބިލެއް އަޅުގަނޑު ހިތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ. 

މި އިސްލާހަކީ ވިސްނާނުލައި ހުށަހަޅުއްވާފައިވާ ބިލެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ބިލު ބޭރުކޮށްލަން ޖެހޭ ކަމަށެވެ. އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެ ބިލު މަޖިލީހުން ފާސްކޮށްފިނަމަ، ރައީސް މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރައްވައިގެން ނުވާނެ ކަމަށެވެ. 

ނަޝީދު ވިދާޅުވީ ބިލުގެ ސަބަބުން މީހުންގެ ގޯތިތައް ނުގަވައިދުން ނެގުމަށް ފުރުސަތު ފަހިވަމުންދާ ކަމަށާއި އެކަމަށް ރައްޔިތުން ވަރިހަމަވެގެން ތިބޭނެ ތަނެއް ނުފެންނަ ކަމަށެވެ. 

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގަ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓުދެއްވި އެވެ.

ބިލުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ އެ އިސްލާހަކީ ގާނޫނުއަސާސީއާ މުޅީން ހިލާފު ބިލެއް ކަމަށެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން ގެންދަވަނީ އެ ބިލު ދިފާއުކުރައްވަމުންނެވެ.

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލާ ދެކޮޅަށް އާންމުންގެ ތެރެއިން ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މިހާރު ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox