ވިލާ ކޮލެޖުގެ 10 ވަނަ ބައިނަލްއަގްވާމީ ދިރާސާ ކޮންފަރެންސް ބާއްވައިފި

ވިލާ ކޮލެޖުގެ ދިރާސާ ކޮންފަރެންސްގެ ތެރެއިން

ވިލާ ކޮލެޖުގެ ދިރާސާ ކޮންފަރެންސްގެ ތެރެއިން

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީއެސްއާރުއައި) 2026" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އޮގަސްޓު 8، އިން 9 އަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ކުރިއަށްދިޔަ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޓައިޑްސް އޮފް ޓްރާންސްފޯމޭޝަން: ޝޭޕިން ސަސްޓެއިނަބަލް ފިއުޗާސް" އެވެ.

މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ޗެއާ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. މުހައްމަދު އާދިލް ވަނީ، ފާއިތުވި ދެ ދުވަހު ކުރިއަށްދިޔަ ދިރާސާ މަޝްވަރާތަކާއި ހިޔާލު ބަދަލުކުރުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ދިރާސާކުރުމަކީ ހަމައެކަނި ކަރުދާސް ހުށަހެޅުން ނޫން ކަމަށާއި، ދިރާސާތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެ ދުވަހަށް ދެމިގެންދިޔަ މި ކޮންފަރެންސްގައި ތިން ކީނޯޓް ސްޕީޗާއި، ހަތަރު ޕެނަލް ޑިސްކަޝަނާއި، 8 "އިމްޕެކްޓް ރޫމް" ސެޝަން ކުރިއަށްގެންދިޔަ އެވެ. ކޮންފަރެންސަށް ޖުމްލަ 116 އެބްސްޓްރެކްޓް ހުށަހެޅި، އޭގެ ތެރެއިން 81 އެބްސްޓްރެކްޓް ބަލައިގަނެވުނުއިރު، 25 ފުރިހަމަ ދިރާސާ ކަރުދާސް ލިބިފައިވެ އެވެ. އަދި އެކަޑެމިކް، ސަރުކާރު އަދި ޞިނާޢަތްތަކުން ޖުމްލަ 138 ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވި އެވެ.

އިވަލުއޭޝަން ޕެނަލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އިވަލުއޭޝަން ކޮމިޓީގެ މެންބަރު ފާތިމަތު ސައީދު ވަނީ، ދިރާސާ ކަރުދާސްތައް ވަޒަންކުރުމުގައި ބެލެވުނު މައިގަނޑު މިންގަނޑުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.  އޭގެ ތެރޭގައި ކޮންސެޕްޓާއި އޮރިޖިނަލިޓީ، މެތޮޑޮލޮޖީ، ލިޓަރޭޗަރ ރިވިއު، ހުށަހެޅުންތެރިކަން އަދި ކަރުދާހުގެ ފެންވަރާއި މައުޟޫޢާ ގުޅޭ މިންވަރު ހިމެނެ އެވެ.

މުޅި ކޮންފަރެންސްގެ ބެސްޓް ޕޭޕާ ޕްރެޒެންޓޭޝަން އެވޯޑް ހާސިލުކުރީ މަރްޔަމް ހުދުނާ ޝަރީފް އެވެ. އޭނާ ހުށަހެޅި ކަރުދާހުގެ ސުރުހީއަކީ "ދަ އިފެކް އޮފް ގްރެޓިޓިއުޑް ޖާނަލިން އޮން ވޯކް އެންގޭގްމެންޓް: އަ ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޕައިލޮޓް ސްޓަޑީ" އެވެ. 

މީގެއިތުރުން ނޮވިސް ރިސާޗް ކެޓަގަރީން ބެސްޓް ޕޭޕާ އެވޯޑް ހާސިލުކުރީ އާއިޝަތު ދީނާ، އާމިނަތު ވަފާ ވަހީދު، ފާތިމަތު އަރަފާ އެވެ. ކެރިއާ ރިސާޗް ކެޓަގަރީން ބެސްޓް ޕޭޕާ ޕްރެޒެންޓޭޝަން ހުށަހެޅީ ޑރ. އެޝްލިން ނިމޯ ޖޫނިއާ، ޑރ. މޮނިކާ އަރޯރާ، ޑރ. ފަޒީލާ އިބްރާހިމް އެވެ. 

"ބެސްޓް ޕޭޕާ ޕްރެޒެންޓޭޝަން އެވޯޑް" ހާސިލްކުރި ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (އެކަޑެމިކް އެންޑް ސްޓޫޑަންޓްސް) ޑރ. އަބްދުﷲ ސާދިގެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox