ސިއްހީ ކަންކަމަށް މަހަކު ދޫކުރާ ޑޮލަރުގެ އަދަދު އެއް މިލިއަނުން ޑޮލަރުން ތިން މިލިއަން ޑޮލަރަށް އިތުރުވެއްޖެ: ބީއެމްއެލް

ބީއެމްއެލްގެ މައި އޮފީސް އިމާރާތް: އެ ބޭންކުން މެޑިކަލްއަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ ބޮޑޫތަނުން އިތުރުވެފައި -- ފޮޓޯ: އަދަދު ފައިލް

ބީއެމްއެލްގެ މައި އޮފީސް އިމާރާތް: އެ ބޭންކުން މެޑިކަލްއަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ ބޮޑޫތަނުން އިތުރުވެފައި -- ފޮޓޯ: އަދަދު ފައިލް

ބޭސްފަރުވާގެ ބޭނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެވްރެޖުކޮށް މަހަކު ވިއްކާ ޑޮލަރުގެ އަދަދު މިލިއަނަކުން ތިން މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. 

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ ބޭސްފަރުވާއަށް މިދިޔަ އަހަރު އެވްރެޖުކޮށް އެއް މިލިއަން ޑޮލަރު ވިއްކިއިރު، މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ބޭސްފަރުވާއަށް ވިއްކި ޑޮލަރުގެ އަދަދު އެވްރެޖުކޮށް ތިން މިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށެވެ. 

"މެޑިކަލްއަށް މިދިޔަ އަހަރު އަޅުގަނޑުމެންގެ އެވްރެޖްއަކީ މަހަކަށް އެއް މިލިއަން ޑޮލަރު. އެހެންމަވެސް މި އަހަރު އެ އަދަދު އަޅުގަނޑުމެން މިއޮތީ ތިން މިލިއަން ޑޮލަރަށްވުރެ އިތުރުވެފައި. މާނައަކީ މި އަހަރު މިދިޔަ ހަތް މަސްދުވަސް ތެރޭގައި މަހަކަށް އެވްރެޖުކޮށް އަޅުގަނޑުމެން ތިން މިލިއަން ޑޮލަރު މެޑިކަލްއަށް އަޅުގަނޑުމެން މި އަންނަނީ ވިއްކަމުން،" އޭނާ ވިދާޅުވި އެވެ. 

މިދިޔަ އަހަރު އޮގަސްޓް 1، އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރާ މީހުންގެ ޑޮލަރު ލިމިޓް 2،000 އަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެއިތުރުން އަމިއްލަ ހަރަދުގައި ބޭރަށް ބޭސްފަރުވާއަށް ދާނަމަ 1،000 ޑޮލަރު ބޭންކުން ގަންނަން ލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. 

ބޭރު ގައުމުތަކަށް އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް އިން ޑޮލަރު ސަޕޯޓުގެ ގޮތުގައި 1000 ޑޮލަރު ދެނީ ފަރުވާ ހޯދާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓު ހަދާފައި އެ ވެސް ހުށަހެޅުމުންނެވެ. 

މިދިޔަ އަހަރު މަހަކަށް 3.8 މިލިއަން ޑޮލަރު އެޑިއުކޭޝަނަށް ދޫކުރިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި އަހަރުވެސް މަހަކަށް ދޫކުރަމުންދަނީ ގާތްގަނޑަކަށް އެވަރު ކަމަށެވެ. 

ސައީދު ވިދާޅުވީ ބީއެމްއެލް އިން އެވްރެޖުކޮށް ކޮންމެ ދުވަހަކު 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށާއި އޭގެ ތެރޭގައި ޓީޓީ ހެދުމުގެ އިތުރުން ކާޑު ޓްރާންސެކްޝަންތައް ވެސް ހިމެނޭ ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ މިދިޔަ ހަތް މަސް ތެރޭގައި 570 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކި ކަމަށެވެ. 

ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ. 

މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މި ހަފްތާ ފެށުނުއިރު ޑޮލަރުގެ އަގު ވަނީ 22ރ. އަށް އަރައިފަ އެވެ. އެގޮތުން އާދީއްތަ ދުވަހު ޑޮލަރުގެ އަގު 22.10ރ. އަށް ހުރިއިރު، 48 ގަޑިއިރު ތެރޭގައި 15 ލާރި މިވަނީ އިތުރުވެފަ އެވެ. 

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ. މި މިދިޔަ ހަފުތާ ނިމުނުއިރު، ޑޮލަރެއްގެ އަގު ހުރީ 21.85ރ. ގަ އެވެ. އެއީ ވެސް މީގެ ކުރިން ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭ މިންވަރެކެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އިންތިހާއަށް ބޮޑުވަމުންދާއިރު، ޑޮލަރު ލިބުމުގައިވެސް ދަނީ ދަތިތައް ދިމާވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox