
އައްޒާމް އަލިފުޅު
ސްޕޯޓްސް އެޑިޓަރ
އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.
1049 ލިޔުން
ކުޅިވަރުކްލަބް އޭދަފުށީގެ ޗެލެންޖް އާތީ އަށް ޝައުގުވެރިވީ ހުނަރު އޮތުމުން
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ޓާގެޓްކޮށް ކްލަބް އޭދަފުށީގެ ކޯޗަކަށް ވަނީ އާތީ ގެނެސްފައި. އާތީ މިހާރު އަންނަނީ ކްލަބް އޭދަފުށި ގޮވައިގެން ޕްރެކްޓިސްތައް ކުރިއަށް ގެންދަމުން.
ކުޅިވަރުކައިޓް ސާފިން ޗެމްޕިއަނެއް، ލޫކާ ރާއްޖެއާ މެދު ހިތްހަމަޖެހޭ
ކުޅިވަރުނަތީޖާ ނެރުމާއި ފުރުސަތު ދިނުން ވެސް މި ވަގުތަށް މުހިންމު: ކާއްޓޭ
ގައުމީ ވޮލީ ބޯޅަ ޓީމުން މި ވަގުތު ބަންގްލަދޭޝް ގައުމީ ވޮލީ ބޯޅަ ޓީމާ ދެކޮޅަށް މާލޭގައި ކުޅެމުން އަންނަ މެޗުތަކުގައި ނަތީޖާ ނެރުމާ އެއްވަރަށް ޓީމުގައި ތިބި ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދިނުން ވެސް މުހިންމު ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފައި.
