ކެރިއަރު އަލުން ޓްރެކަށް، މޮޅަށް ކުޅެ އެންޑީ ގައުމީ ޓީމަށް

އިތުބާރު ޑިފެންޑަރު އެންޑީ: ވެލެންސިއާގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު ގައުމީ ސްކޮޑަށް.

އިތުބާރު ޑިފެންޑަރު އެންޑީ: ވެލެންސިއާގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު ގައުމީ ސްކޮޑަށް.

އޭޝިއާގެ މައި އިދާރާ އޭއެފްސީގެ ބެލުމުގެ ދަށުން ރާއްޖޭން ހޯސްޓްކުރި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް އެވެ. އެ ފަހަރުގެ މުބާާރާތުގައި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެހުރި، ކްރޮއޭޝިއާގެ ކޯޗު ޑްރާގޯ މަމިޗް ވަނީ ތަޖުރިބާ މަދު ނަމަވެސް ޒުވާން ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަށް އެ ވަގުތު ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ.

އެއީ އެންޑީގެ ކެރިއަރުގެ އެންމެ ފޯމުގައި ކުޅެމުން އައި ދުވަސްވަރެވެ. އޭރު ކުޅެމުން އައި ލެވަލާ ގާތަށް ވެސް އެންޑީގެ ފަރާތުން މި ފަހުގެ ތާރީހުގައި ކުޅުމެއް ފެނުނީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް ވެލެންސިއާ ޖޯޒީގަ އެވެ. މިއީ އެންޑީ ދެކޭ ގޮތުގައި ކެރިއަރުގެ އާ ފެށުމެކެވެ.

އެންޑީ އަކީ 2011 ވަނަަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ފަހުން މާޒިޔާ ސީނިއާ ޓީމުގައި ހިމެނި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ސްކޮޑުގައި ހިމެނި ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދި އެންޑީ އަކީ ޖެހިގެން އައި އަަހަރުތަކުގައި މާޒިޔާ އާއި ގައުމީ ޓީމުގެ ޑިފެންސްގެ މުހިންމު ތަނބެކެވެ. މާޒިޔާގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން މާޒިޔާގެ ކޯނޭ (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އެންޑީ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

ރަނގަޅު ފޯމެއްގައި އިތުބާރާ އެކު ކުޅެމުން އައި އެންޑީގެ ކެރިއަރު ބުރަކި ޖެހުނު ހިސާބަކީ 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ކަނާތު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ހެދި އެވެ.

އެ އަނިޔާއިން ރިކަވާވެގެން އަށް މަހަށް ވުރެ ގިނަ ދުވަސް ފަހުން އެންޑީ އެނބުރި ދަނޑަށް އަ އެވެ. އެކަމަކު، މިދިޔަ ހަތަރު ވަރަކަށް އަހަރު އެންޑީ އަށް ދިޔައީ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުމުގައި ހައްލެއް ނުހޯދި އެވެ. މާޒިޔާ ފުރަތަމަ އެގާރައިން މަގާމު ދެމެހެެއްޓުން ވެސް ވީ އުނދަގޫ ކަމަކަށެވެ. ގިނަ މެޗުތަކުގައި އިނީ ބެންޗުގަ އެވެ.

މިދިޔަ ސީޒަނަށް ފަހު މާޒިޔާ ދޫކޮށްލަން ނިންމައި، ހދ. ނޮޅިވަރަމް އަށް އުފަން އެންޑީ ދިޔައީ އާ ކްލަބެއް ހޯދަމުންނެވެ.

"މާޒިޔާ ދޫކޮށްލާކަން އެނގިގެން، ކީޕަރު ފައިސަލް، ކްލަބް ވެލެންސިއާގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ލިބުނު ފުރުސަތެއް މިއީ. ކެރިއަރުގެ މި ހިސާބަށް ބަލާއިރު ވަރަށް ރަނގަޅު މޫވްއެއް މިއީ. ވަރަށް ސަޅިކޮށް ވެލެންސިއާގެ ކަންކަން މި ދަނީ،" އެންޑީ މިހާރު ކުޅެމުން އަންނަ ވެލެންސިއާއާ ބެހޭގޮތުން "އަދަދު" އަށް ބުންޏެވެ.

ވެލެންސިއާ އިން މި ސީޒަން ފަށަން ޖެހުނީ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން 5-0 އިން ބަލިވެގެންނެވެ. އެކަމަކު، އޭގެ ފަހުން ފެށި، ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން މެޗަކުން ބަލިނުވެ ހޯދީ ފައިނަލު ހިމެނޭ ގޮތަށް ދެ މެޗުން މާޒިޔާ ބަލިކޮށްގެންނެވެ. ލީގު ބުރުގައި 1-0 އިން ބަލިކުރިއިރު، ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލުގައި ވެލެންސިއާ މޮޅުވީ 2-1 އިންނެވެ.

މެޗަކުން ބަލިނުވެ، ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ އެންމެ މުހިންމު ޑިޕާޓްމަންޓެއްގެ ގޮތުގައި ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ފާހަގަކުރީ ޑިފެންސްލައިނެވެ. ކުޑަހީނާ ބުނީ "ޑިފެންސް މޮޅަށް ކުޅެގެން ނޫނީ ތަށްޓެއް ނުހޯދޭނެ" ކަމަށެެވެ.

ގައުމީ ޕްރެކްޓިހުގެ ތެރެއިން އެންޑީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވެލެންސިއާގެ ޑިފެންސްތެރޭގައި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން އެންޑީ ކުޅުނު ކުޅުން ކުޑަހީނާ ވެސް ފާހަގަކުރި އެވެ.

"ކޮންފިޑެންސް އޮތް އަސްލު ފުރަތަމަ މެޗު (ޗެރިޓީ ޝީލްޑް މެޗު) އެހެން ވިޔަސް ޓީމު އެއްކޮށް މަސައްކަތް ކުރަން ފަށައިފިއްޔާ ކަންކަން ރަނގަޅުކުރެވޭނެ ކަން. ޕްރެޒިޑެންޓްސް ކަޕް މެޗަކަށް ފަހު މެޗެއް ދިޔައީ ރަނގަޅަށް. ލީގު ބުރުގައި މާޒިޔާއާ ކުޅުނު ގޮތަށް ފައިނަލްގައި ވެސް ކުޅުނީ އެ ކޮންފިޑެންސާ އެކު މޮޅުވެވޭނެ ކަމުގެ ޔަގީންކަމާ އެކު،" އެންޑީ ބުންޏެވެ.

ވެލެންސިއާގައި ދެއްކި މޮޅު ކުޅުމާ އެކު އެންޑީ އަށް ވަނީ ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ، މި ފަހަރު ޕްރެކްޓިސް ކުރަން ނެގި ގައުމީ ސްކޮޑުން ޖާގަ ލިބިފަ އެވެ. މިއީ 2017 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެންޑީ އަށް ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

އުމުރުން 29 އަހަރުގެ އެންޑީ ބުނީ ކެރިއަރުގެ މުހިންމު ހިސާބެއްގައި ގައުމީ ޖޯޒީގައި ޓްރެއިން ކޮށްލަން ފުރުސަތު ލިބުން ދެކެނީ "އާ ފެށުމެއް"ގެ ގޮތުގައި ކަމަށެވެ. އަދި އުއްމީދަކީ މީގެ ބޭނުން ހިފައިގެން ރަނގަޅު ކުޅުން ދެމެހެއްޓުން ކަމަށް އެންޑީ ބުނެފައިވެ އެވެ.

އަންނަ ހަފްތާގައި ފަށާ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެެ. މި ސީޒަނަކީ ވެލެންސިއާ އަށް އިންޓަނޭޝަނަލް ލެވަލަށް ބަލާއިރު ވެސް މުހިންމު އަހަރެކެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރަނީ ވެލެންސިއާ އެވެ. ވެލެންސިއާ އިން އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭނީ ބޫޓާންގެ ޗެމްޕިއަން ޕާރޯ އެފްސީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox