ފުޓްބޯޅައިގެ ފޯރި ރަށްރަށުގައި އެބައޮތް، އަލިފުށީ ދަނޑު ފުރާލާނެ: މަހުލޫފް

އަލިފުށީގައި މިއަދު ހަވީރު ބޭއްވުނު އިވެންޓްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

އަލިފުށީގައި މިއަދު ހަވީރު ބޭއްވުނު އިވެންޓްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

ފުޓްބޯޅައިގެ ފޯރި ރަށްރަށުގައި އެބައޮތް ކަމަށާއި މާދަމާ އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ކުޅެން އޮތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ބަލަން ސަޕޯޓަރުން ދަނޑު ފުރާލާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އަލިފުށީ ދަނޑުގައި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފަށާ ޕްރެޒިޑެންޓްސް ފައިނަލް މެޗުގެ ތަށި ހިފައިގެން އަލިފުއްޓައް ރަސްމީކޮށް ވަޑައިގެންނެވީ މިނިސްޓަރު މަހުލޫފް އެެވެ. މިނިސްޓަރު މަހުލޫފް ޝަރަފްވެރިކޮށްދެއްވި އިވެންޓެއް މިއަދު ހަވީރު އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވިއިރު، މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަދި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އަލިފުށީގައި ބާއްވަން ޔޫތު މިނިސްޓްރީންނާއި އެފްއޭއެމުން ނިންމި ހިސާބުން މި ރަށުގެ ލޮބުވެތި ރައްޔިތުން މިހާ ޖޯޝުގައި މިކަން ކޮށްދެއްވީތީ އެކަމަށްޓަކައި ވަރަށް ބޮޑަށް މި ރަށުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އިމްރާން (ކ) އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ޔޫތު މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

އަލިފުށީގައި ޓާފް ދަނޑެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމުގެ ޒިންމާއާ ހަވާލުވެ، ދަނޑު ނިންމައި، ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމުގެ ބޮޑު މަސައްކަތެއް އަލިފުށިން ފެށުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ފުޓްބޯޅަ ހިމެނޭ ގޮތަށް މުޅި ކުޅިވަރު ރާއްޖެ އަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. ޒަމާނުން ސުރެ މާލެ އަކީ ހަމައެކަނި ކުޅިވަރު ކުޅޭ ތަނަށް ވެފައި އޮތްއިރު، އެކަން ބަދަލުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށް ބާއްވާ ލީގަކީ އޭގެ ފެށުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެެވެ.

"މީގެ ކުރިން ކުޅުދުއްފުއްޓާއި އައްޑޫގައި މި ކަހަލަ (ޕްރެޒިޑެންޓްސް ކަޕްގެ) މެޗުތައް ކުޅެވިފައިހުރީ. އެކަމަކު، އެހެން އެއްވެސް ދިމާލެއްގައި މި ފަދަ ކަމެއް ކުރެވޭނެ ކަމަށް ވިސްނިފައެއް ވެސް ނެތް. އަޅުގަނޑުމެންގެ ވިސްނުމަކީ މިކަން ބަދަލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ. "މިއަދު މާލޭގެ ދަނޑަކަށް މީހަކު ނުވަދޭ. އެކަމަކު، ރަށްރަށުގައި އެކަން ކުރާއިރު، އެ ފޯރި ވެސް އެބަހުރި. ރައްޔިތުން މެޗު ބަލަން ވެސް އެބަ އާދޭ. އަޅުގަނޑަށް ޔަގީން މާދަމާ މި ރަށުގެ ރައްޔިތުން. ނުކުމެ މި ރަށުގެ ދަނޑު ފުރާލާނެ،"

އަލިފުށީ ރައްޔިތުންނަށް މިނިސްޓަރު މަހުލޫފް މިއަދު ދެއްވި އުފާވެރި ހަަބަރަކީ މި ރަށުގައި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އދި އެ އިންޑޯ ކޮމްޕްލެކްސްގައި ބާސްކެޓް، ވޮލީ، ނެޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅެވޭނެ އިންތިޒާމް ހަމަޖެހޭ ގޮތަށް ހަދަން ނިންމާފައިވާއިރު، އެއީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތް ވެސް ބޭއްވޭ ގޮތަށް ގާއިމްކުރެވޭ ސްޕޯޓްސް އިންފްރާސްޓްރަކްޗާ ކަމަށެވެ.

މާދަމާ ހަވީރު ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޝަރަފްވެރި މެހެމާނަކަށް އެންމެ ފުރަތަމަ ހަމަޖައްސާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެކަމަކު، ރައީސް ސޯލިހި މިއަދު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދަތުރު ކެންސަލްކުރަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި މިނިސްޓަރު މަހުލޫފް މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ މިއަދު މި ރަށަށް ޕްރެޒިޑެންޓްސް ކަޕް ތަށި އައިސް މި ހުރީ ސަރުކާރުން ވަރަށް ފުރިހަމަ ދަނޑެއް އަލިފުށީގައި އަޅުއްވައިދެއްވީތީ ކަމަށެވެ.

"އެކަމަށްޓަކައި، ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން.،" އިމްރާން ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ ސަރުކާރުގެ ފަރާތުން އަލިފުށީގައި މި ފަދަ ފެންވަރު ރަނގަޅު ދަނޑެއް އަޅުއްވައިދެއްވައި ރައްޔިތުންގެ އުއްމީދެއް ހާސިލްކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފަދަ ޝަރަފްވެރި މުބާރާތެއްގެ ފައިނަލް ކުޅެވޭނެ ފެންވަރަށް އިންތިޒާމްތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައި ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އަދި އަލިފުށީ ކައުންސިލް ކޮށްފައިވާ މަސައްކަތް ބިގޭ ވަނީ ފާހަގަކޮށްފަ އެވެ.

"މި ރަށަކީ (އަލިފުއްޓަކީ) ވެސް ޒަމާންވީ ފުޓްބޯޅައިގެ ރަށެއް. ގިނަ މުބާރާތްތަކެއް ކުޅެވިގެންދާ ރަށެއް. އަޅުގަނޑު ހަދާން އެބަހުރި. އަޅުގަނޑު މިރަށުގައި ހޭދަކުރި އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކުޅުންތެރިން މި ރަށަށް އައިސް މެޗުތައް ކުޅޭ. ޝާހު އިސްމާއިލް (އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަދި ކުރީގެ އެއް ވަނަ ފޯވާޑް، ސާޔާ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) ވެސް މި ރަށުގައި ކުޅުނު،" ބިގޭ ވިދާޅުވި އެވެ.

ބިގޭ އަކީ ވެސް ކުރިން ޔޫތު މިނިސްޓަރުގައި މަސައްކަތްކުރެއްވި ފަރާތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުރިން ނުވެ ހުރި ކަންކަން މި ސަރުކާރުން އައިސް މިނިސްޓަރު މަހުލޫފްގެ ލީޑަޝިޕްގެ ދަށުން ކުރާތީ އެކަމާ އުފާކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox