ޕްރެޝަރު ހަމަހަމަ، މާޒިޔާ މި ނުކުންނަނީ ވަރުގަދަ ރޫހަކާ އެކު: މޯހަން

އަލިފުށީގައި މާޒިޔާ އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ކޯޗު މޯހަން.-- ފޮޓޯ: އަދަދު

އަލިފުށީގައި މާޒިޔާ އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ކޯޗު މޯހަން.-- ފޮޓޯ: އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މެޗު ޕްރެޝަރާއި މޮޅުވުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހަަމަހަމަކޮށް ކަމަށާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފައިނަލަށް ނުކުންނަނީ ވަރުގަދަ ރޫހަކާ އެކު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އަލިފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާ މެޗުގައި މާޒިޔާ ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.

ފައިނަލް މެޗަށް ނުކުންނައިރު، ވެލެންސިއާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އައީ މެޗަކުން ބަލިނުވެ އެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެންމެ ފަހުން ކުޅުނު ދެ މެޗުން މާޒިޔާ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އަތުން 1-0 އިން ބަލިވި މެޗު ހިމެނެ އެވެ. ދެން މާޒިޔާ ބަލިވީ ގްރީން ސްޓްރީޓްސް އަތުން 2-0 އިންނެވެ.

މާދަމާގެ ފައިނަލުގެ ކުރިން އިއްޔެ ބޭއްވި އެންމެ ފަހުގެ ޕްރެކްޓިހަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނީ މާޒިޔާ އެންމެ ފަހުން ދެ މެޗުގައި ބަލިވި ސަބަބަކީ ގޯލެއް ނުޖެހި ދިއުމާއި ޑިފެންސް ތެރެއިން ދާ މަދު ބޯޅައެއް ކޮޅަށް ވަންނާތީ ކަމަށެވެ.

"މި ދިޔައީ ގޯލު ޖެހުމުގެ ކަންތައްތަކާ ބައިކޮޅަށް އެ އަންނަ މަދު ބޯޅައެއް އިދިކޮޅު ޓީމަށް އޯޕަން ވެގެންދާ ކަންތައް އެ ކަން ރަނގަޅުކުރަން ޖެހޭ. ފުރަަތަމަ މެޗާ ބަލާފައި މަޑުމަޑުން ޓީމު ރިލެކްސް ވަމުންނޭ އައީ ބޮޑަށް ފާހަގަކުރެވުނީ އެ ހިސާބަށް އައިއިރުގައި. މާ ބޮޑަށް އޭގެ ވެދާނެ ކުޅުންތެރިންނަށް ޔަގީންކަން އޮތީ ކަމަށް. މާ އިތުބާރު ބޮޑުވީ ކަމަށް،" މޯހަން ބުންޏެވެ.

"ފައިނަލް މެޗަކީ ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް އިންނާނީ. ބަލިވާ ޓީމަކަށް ތަށްޓެއް މި ގެއްލެނީ. އަޅުގަނޑުމެންނަށް އިތުރު ޕްރެޝަރެއް ނީީންނާނެ ވެލެންސިއާ އަކަށް ނެތް. ވަރަށް ވަރުގަދަ ރޫހެއްގައި މާޒިޔާ މި ނުކުންނަނީ،"

ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ވެލެންސިއާ އަތުން މާޒިޔާ މޮޅުވީ 5-0 އިންނެވެ. އެކަަމަކު އެންމެ ފަހުން މެޗުގައި ވެލެންސިއާ މޮޅުވީ އެވެ. އެ ދެ މެޗުގެ ތަފާތަކީ ކޮބައިތޯ އެހުމުން މޯހަން ބުނީ ދެ މެޗުގެ ފަރަގު ބޮޑު ކަމަށެވެ.

"އެންމެ ފަހުން މެޗަށް ނުކުތްއިރުގައި ވެލެންސިއާ އަށް އެއްވެސް ޕްރެޝަރެއް ނެތް. އެ ގޮތުގައި ނުކުންނަން ޖެހުނީ އެ މެޗަށް. ކުޅެލަން ކޮންމެ ގޮތެއް ވިޔަސް ފަސޭހަވާނެ އެ މެޗުގައި އެ މީހުންނަށް (ވެލެންސިއާ އަށް). ދެން އަޅުގަނޑުމެންނަށް 2-0 އިން ބަލިވެގެން ކަޓަން އިނީ. އެ މެޗަކީ ވަރަށް ތަފާތު މެޗަކަށް ވެގެންދާނެ މި ފައިނަލް މެޗާ ކިޔާއިރު،"

އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަދަދު

މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައި، ޕްރެޒިޑެންޓްސް ކަޕް ފެށީ ޖެހިޖެހިގެން ފަސް މޮޅު ހޯދައިގެންނެވެ. އެއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ކްލަބް އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އެ ޓީމަށް މުބާރާތުގެ އޮއެވަރު ބަދަލުވީ ގްރީން ސްޓްރީޓްސް އަތުން ބަލިވި ހިސާބުންނެވެ.

ޖެހިޖެހިގެން ދެ މެޗުން ބަލިވެގެން ފައިނަލަށް އަންނަން ޖެހުމަކީ އޭގެއިން ފިލާވަޅުތަކެއް ނަގައިގެން ފައިނަލުގައި ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް "އަދަދު" އަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ ބުނެފަ އެވެ.

މޯހަން ވެސް ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވި ކަމުގައި ވިޔަސް އޭގެ ގޯސް އަސަރެއް އެ ޓީމަށް ފައިނަލުގައި ނުކުރާނެ ކަމަށް ބުނެފަ އެވެ.

"މީގެ އެންމެ ފުރަތަމަ މަގުސަދަކީ ފައިނަލަށް ދިއުން. އެކަން ހާސިލްވެފައި މީދީ. ނެގެޓިވް ރިޒަލްޓަކާ އެކީގައި ވެސް ފައިނަލަށް ދާން، އޭގެ އިން ފުރުސަތުގެ ބޭނުންހިފައިގެން ފައިނަލުގައި މި ތިބީ. ދެން މުހިންމުވާނީ މި މެޗު،" މޯހަން ބުންޏެވެ.

"ދެން ކުރިން ދެ މެޗުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަަމަށް ގަބޫލުކުރަނީ،"

ޕްރެޒިޑެންޓްސް ކަޕްގެ ހުރިހާ މެޗެއް މި ފަހަރު ކުޅެފައިވަނީ ގަލޮޅު ދަނޑުގަ އެވެ. ފައިނަލް މެޗު މިއަދު އަލިފުށީ ޓާފް ދަނޑުގައި ކުޅޭއިރު، މި މެޗު އެކަނި ޓާފެއްގައި ކުޅެން ޖެހުމުން މީގެ ހުންނާނެ ގޮންޖެހުމަކީ ކޮބައިތޯ އެހުމުން މޯހަން ބުނީ ފުރަތަމަ ޑިވިޝަން ޓީމުތަކަކީ އަބަދު ޓާފް ދަނޑުގައި ޕްރެކްޓިސް ކުރާ ބަޔަކު ވީމަ ފަރިތަވާނެ ކަމަށާއި އެހެންވެ، މާ ބޮޑު އުނދަގޫތަކެއް ހުންނާނެ ކަމަށް ހިއެއްނުކުރާ ކަމަށެވެ.

"މީގެ އެޑްވާންޓޭޖްތަކެއް ހުންނާނީ މިސާލަކަށް ފިޓްނަސް އެއްޗެހި ދަށްވެއްޖެނަމަ ވަރުބަލި ވުން ވިނަ އަށް ވުރެ ޓާފްގައި ކުޑަވާނެ. ދެން، މީގެ ހޫނު ކަންތައް މާ ގަދަވާނެ ވިނަ އަށް ވުރެ ޓާފްގައި އެހެންވީމަ ދެކަން ވެސް އިންނާނެ. އެޑްވާންޓޭޖަކާ ޑިސެޑްވާންޓޭޖެއް އިންނާނެ،" މޯހަން ބުންޏެވެ.

ސަސްޕެންޝަންގެ ސަބަބުން ހައިޝަމް ހަސަން (ބިޑި) އަށް ނުކުޅެވުމަކީ މާޒިޔާ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނޫން ކަމަށާއި މާޒިޔާ އިން ސީޒަނަކަށް ތައްޔާރުވަނީ ކޮންމެ ހާލަތަކަށް ވެސް ވިސްނައިގެން ބޮޑު ސްކޮޑެއް އެކުލަވާލައިގެން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

މާޒިޔާ އިން މިހާތަނަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ފަހަރު، 2015 ވަނަ އަހަރުގެ ފައިނަލް ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެ ފަހަރު އަލީ ސުޒޭންގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ 3-1 އިން ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް މި ކުޅެނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މިއަދު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox