ޕްރެޝަރުތަކެއް ނެތް، މިއީ ރާއްޖޭގެ ވޮލީގެ އަޑުގަދަ ކޮށްލަން ލިބޭ ފުރުސަތެއް: ކާއްޓޭ

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ): ބަންގްލަދޭޝާ ދެކޮޅަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އަމާޒެއް ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ): ބަންގްލަދޭޝާ ދެކޮޅަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އަމާޒެއް ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފިރިިހެން ވޮލީ ޓީމުން ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭ ކުޅޭ ތިން މެޗަކީ ނަތީޖާ އަށް ބަލައިގެން ޕްރެޝަރުތަކެއް ނެގުމުގެ ބަދަލުގައި ރާއްޖޭގެ ވޮލީގެ އަޑުގަދަކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ އެވެ. ދެ ވަނަ މެޗު ބުދަ ދުވަހު ކުޅޭއިރު، ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ. ތިން މެޗު ވެސް ކުޅޭނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ބަންގްލަދޭޝް މެޗުތަކުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުންތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކާއްޓޭ ބުނީ މި މެޗުތައް ހަގީގަތުގައި ކުޅުމުގެ އެއް ބޭނުމަކީ ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަން ކުޅިވަރުގެ ރޮނގުން ބަދަހިކުރުން ކަމަށެވެ.

ކާއްޓޭ ބުނީ މި ކަހަލަ ޕްރެޝަރު މެޗުތަކެއް ޒުވާން ކުޅުންތެރިންނަށް ލިބުމަކީ އަބަދުވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި މި ތިން މެޗުގައި ބޮޑަށް ބަލާނީ ވީހާވެސް ގިނަ ފުރުސަތުތައް ޒުވާން ކުޅުންތެރިންނަށް ދީގެން އެ ކުދިންނަށް މުސްތަގުބަލަށް ބޭނުންހިފޭނެ ތަޖުރިބާތަކެއް ހޯދައިދިނުމަށް ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

"މީކީ އަޅުގަނޑުމެން މެޑަލެއް ނޫނީ ތަށްޓެއް ހޯދަން ކުޅޭ މެޗުތަކެއް ނޫން. ރާއްޖޭގެ ވޮލީގެ ފޯރިގަދަކޮށް، އަޑުގަދަކޮށްލުމުގެ ގޮތުން މި ފުރުސަތުގެ ބޭނުން މި ހިފަނީ،" ކާއްޓޭ ބުންޏެވެ.

"ވޮލީގެ ފޯރިގަދަކުރަން މި ވިސްނަނީ މާލެ އަކު އެކަންޏެއް ނޫން. ހަގީގަތުގައި ވޮލީ ކުޅުންތެރިން ފަހަކަށް އައިސް އުފެދިފައި މި އޮތީ ރަށްފުށުގައި އަތޮޅުގެ ތެރޭގައި އެހެންވީމަ، މިހާރު ވެސް ކުރިއަށް އޮތީ އަތޮޅު މުބާރާތް. އަތޮޅު މުބާރާތުގެ ތެރެއިން މީގެ ކުރިން ވެސް ރާއްޖޭގެ ނެޝަނަލް ޓީމަށް ނެގިފައި ހުރީ. އެހެންވީމަ، އެ ކަހަލަ ކަން ކަމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ މި ކަަހަލަ މެޗުތައް ރާއްޖޭގައި ކުޅޭ ކަމަށް ވަންޏާމު،"

ކާއްޓޭ ސިފަކުރާގޮތުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މި މެޗުތަކަކީ ރާއްޖޭގެ ވޮލީބޯޅަ ބަދަލުކޮށްލަން ކުރެވޭ މަސައްކަތުގެ ތެރެއިން "ބޮޅެއް" ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕްގެ ދަށުން ޕްލޭނަކާ އެކު ވޮލީ ބަދަލުކޮށްލަން މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، ގައުމީ ޓީމަށް ބަދަލު އަންނަން ޖެހޭނެކަން ބަންގްލަދޭޝާ ދެކޮޅަށް މި ކުޅޭ މެޗުން ފެނިގެންދާނެ ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

"މިހާރު މި ސަރަހައްދުގެ ވޮލީގައި ކާމިޔާބެއް ހޯދަން ބޭނުން ކަމަށް ވަންޏާމު. ބޭނުންވާނީ ދެ މީޓަރުގެ ކުޅުންތެރިންނަށް ވިސްނައިގެން ޒުވާން ކުޅުންތެރިން ހޯދައިގެން ދިވެހިރާއްޖޭގެ ވޮލީ ބަދަލުކުރަން. ވަރަށް މުހިންމު އިސްކޮޅު، އިސްކޮޅާ ނުލައި ސަރަހައްދުގައި މިހާރު އަޅުގަނޑުމެންނަށް ޗެލެންޖް ނުކުރެވޭނެ،" ގައުމީ ޓީމުގެ ކޯޗުކަން ތިން ފަަހަރެއްގެ މަތިން ކޮށްފައިވާ ކާއްޓޭ ބުންޏެވެ.

"ހާއްސަކޮށް ސެންޓަރު ޕްލޭޔަރުން އެބަޖެހޭ ދިގުވާން. މިހާރު މި ކުޅޭ ބަންގްލަދޭޝް މެޗުގައި ފެނިގެންދާނެ ބަންގްލަދޭޝް ޓީމަށް އައިސްފައި އޮތް ބަދަލު. އިސްކޮޅުން ދިގު ޒުވާން ކުޅުންތެރިން ފެނިގެންދާނެ،"

ގައުމީ ވޮލީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ކާއްޓޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ވަގުތު ގައުމީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިން ލައިގެން ކާމިޔާބެއް ހޯދަން މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކުރުމަށް ފަހު ކާއްޓޭ ބުނީ ޓާގެޓް ކުރަންވީ ދެން ނެރޭ ކުޅުންތެރިން ގޮވައިގެން 2025 އަށް ރަނގަޅު ހިސާބެއްގައި ޗެލެންޖް ކުރުން ކަމަށެވެ.

ވޮލީބޯޅަ ބަދަލުކޮށް، ބޭނުންވާ ހިސާބަށް ދާން ބަލާއިރު، 24 ގަޑިއިރު ވޮލީގެ ޕްރޮގްރާމް ހިންގޭނެ ފަދަ ފެސިލިޓީތައް ހުންނަން ޖެހޭނެކަމަށާއި އެކަންކަން ނުކުރެވި "ކިތަންމެ މޮޅު ކޯޗެއް" ގެނައި ކަމުގައި ވިޔަސް ބޭނުންވާ ހިސާބަށް ނުދެވޭނެ ކަމަށް ކާއްޓޭ ބުނެފައިވެ އެވެ.

ފަނަރަ ވަރަކަށް ދުވަހުގެ ޕްރެކްޓިސް ކުރުމަށް ފަހު ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅޭއިރު، ޓީމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ހަސަން ނިލާމް (ޕާޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކެ) އާއިލީ ސަބަބުތަކަށްޓަކައި މި ވަގުތު ޓީމުގައި ނެތެވެ.

ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)، ބްރެޒިލްގެ ކޯޗު ވިނީޝިއުސްއާ އެކު ބީޗް ވޮލީ ޓީމުގެ ޕްރެކްޓިހަށް ދޫކޮށްފައި ހުރިއިރު، ގައުމީ އިންޑޯ ޓީމާ ގުޅުމަށް ފަހު ބަންގްލަދޭޝާ ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ ދެ ޕްރެކްޓިހަށް ފަހު އެވެ. ޓީމަށް އަލަށް ނެގި ކުޅުންތެރިންނަށް ބަލާއިރު، ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަލީ ނިމާލް އާއި މާއިދު މުހައްމަދު ހިމެނެ އެވެ.

ކާއްޓޭ ބުނީ މި ވަގުތު ފެންނަން އޮތް ހަގީގަތަކީ ގައުމީ ސީނިއާ ވޮލީ ޓީމުގެ ދެބައިކުޅަ އެއްބައި އޮތީ ޒުވާން ޓީމުގެ ކުޅުންތެރިން ކަމަށެެވެ. އެހެންކަމުން ބަންގްލަދޭޝް މެޗުތަކުގެ ނަތީޖާ އަށް ވުރެ ބޮޑަށް މުސްތަގުބަލުގައި ހާސިލްކުރެވޭނެ ކަންކަމަށް ފޯކަސް ކުރުން މުހިންމު ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

"މި މެޗުތައް ވެސް ވާނެ މުޅި ރާއްޖޭގެ ވޮލީ ކުޅޭ ވޮލީ އާއިލާގެ އެންމެން ވޮލީގެ ފޯރި ނަގަހައްޓަން ލިބޭ ފުރުސަތަކަށް. އެންމެ ހިތާމަ ކުރަނީ މިތަނަށް (ސޯޝަލް އިންޑޯ އަށް) ވަދެ، ސަޕޯޓަރުންނަށް މި މެޗު ބަލާލައި ޓީމަށް ހިތްވަރު ދިނުމުގެ ފުރުސަތު އަދި ލިބިފައި ނެތުން. ދެ ގައުމުގެ ސަޕޯޓަރުންނާ އެކީގައި ކުރިއަށް ގޮސްފިނަމަ އިތުރަށް ފުރިހަމަވާނެ ކަމަށް މި ގަބޫލުކުރަނީ،" ކާއްޓޭ ބުންޏެވެ.

"ރަނގަޅު ފައިޓެއް ދެވޭ ވަރަށް ޓީމު މި އޮތީ ތައްޔާރުވެފައި،"

އިންޑިއާގެ ހައިދަރުއާބާދު ޓީމާ ދެކޮޅަށް ޑިސެމްބަރު މަހު ކުޅުނު މެޗުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވޮލީ ޓީމަށް ހިތްވަރު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތް ކާއްޓޭ ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން މިނިސްޓަރު މަހުލޫފްގެ ދައުރުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން މީގެ ކުރިން ދެ ފަހަރެެއްގެ މަތިން ޖުމްލަ ނުވަ މެޗު ވަނީ ކުޅެފަ އެވެ. އެއީ 2019 ވަނަަ އަހަރު އޮގަސްޓް މަހާއި މިދިޔަ ޑިސެމްބަރު މަހު ސްރިލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ހަ މެޗާއި ޑިސެމްބަރު މަހު އިންޑިއާގެ ވޮލީ ޓީމެއް ކަމަަށްވާ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ތިން މެޗު ހިމެނެ އެވެ.

"އަޅުގަނޑު ވެސް މި ދާއިރާގައި އުޅޭތާ ގާތްގަނޑަކަށް 22 އަހަރު ވީ. ވޮލީގައި ނުލިބޭ އެތައް ފުރުސަތުތަކެއް މިހާރު އެބަ ލިބޭ. ދެން މީގެ މަދުވަނީ ވަސީލަތްތައް އެކަންކަން ވެސް އެ ދަނީ ކުރިއަށް. އެކަން ވެއްޖިއްޔާ 2025 ހިސާބުގައި ބޮޑު ބަދަލެއް އަންނާނެ ދިވެހި ވޮލީ އަށް،" ކާއްޓޭ ބުންޏެވެ.

ދިވެހި ފަސް ގަނޑުގައި ގިނަ މެޗު ކުޅެން ލިބުމަކީ ގައުމީ ޓީމަށް ވަރަށް ބޮޑަށް އޭގެ އަސަރުކުރާނެ ކަމެކެވެ. މުސްތަގުބަލުގައި ވެސް މި ފަދަ މެޗުތަކެއް ލިބޭނެ ކަމުގެ ސިގްނަލް މިނިސްޓަރު މަހުލޫފް ދެއްވާފައިވާ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

ކާއްޓޭ ބުނީ މި ގޮތަށް މެޗުތައް ލިބި ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރިއަށްދާނަމަ މިއީ ރާއްޖޭގެ ވޮލީ "ބަދަލުކޮށްލަން" ބޭނުންހިފޭނެ މުހިންމު ފުރުސަތުތަކެއް ކަމަށް ވޮލީ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި ޖުމްލަކޮށް ވޮލީ އާއިލާ އިން ގަބޫލުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox