ލަލީގާގައި ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޓަނާ މާޒިޔާ އަށް

މާޒިޔާގެ ޗެއާމަން ސާޖިދު (ކ) އެ ކްލަބުން ސޮއިކުރި ލަލީގާގައި ކުޅެފައިވާ މިޑްފީލްޑަރު ޓަނާ (ވ) އާ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ޗެއާމަން ސާޖިދު (ކ) އެ ކްލަބުން ސޮއިކުރި ލަލީގާގައި ކުޅެފައިވާ މިޑްފީލްޑަރު ޓަނާ (ވ) އާ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މިއަދު ސޮއިކޮށްފި އެވެ.

ޓަނާ، 31، މާޒިޔާ އަށް ސޮއިކުރިކަން އިއުލާނުކުރީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާ އިން ވަނީ ޔޫރަޕާއި އެފްރިކާ އަދި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތްކޮށްފައިވާ ކޯޗެއް ކަމަށްވާ ސާބިއާގެ މަޔޮޑްރަގް ޖެސިކް ގެނެސްފަ އެވެ. އަދި އޭނާއާ އެކު ޓްރެއިނަރު/ފިޓްނަސް ކޯޗު ގޯރާން ގުޒިޖާން ވެސް މާޒިޔާއާ ގުޅުނެވެ.

މާޒިޔާ އިން މިއަދު ސޮއިކުރި ޓަނާ ވަނީ ޔޫތު ކެރިއަރުގައި ލަސް ޕަލްމާސް އާއި ވަލޮޑޮލިޑަށް ކުޅެފަ އެވެ. ސީނިއާ ކެރިއަރު ފެށީ 2009 ވަނަ އަހަރު ސްޕެއިނުގެ ކްލަބެއް ކަމަށްވާ ވިލަ ސަންޓާ ބްރިގިޑާ އިންނެވެ.

އޭގެ ފަހުން ވެސިންޑާރިއޯ ބީ ޓީމާއި ސީނިއާ ޓީމަށް 2010 އިން 2012 އަށް ކުޅެފައި، ޓަނާ ދެން ގުޅުނީ ލަސް ޕަލްމާސް ސީ ޓީމަށެވެ.

ބާސެލޯނާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅުނު މެޗެއްގެ ތެެރެއިން ޓަނާ (ކ) ލިއޮނަލް މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ލަސް ޕަލްމާސް ސީނިއާ ޓީމަށް 2013 ވަނަ އަހަރު ޕްރޮމޯޓްވެ، ގަވާއިދުން އެ ޓީމަށް ކުޅެފައިވެ އެވެ. ލަސް ޕަލްމާސްއާ އެކު ލަލީގާގައި ގިނަ މެޗުތަކެއްގައި ކުޅުނު ޓަނާ ވަނީ 2020 އާ ހަމައަށް އެ ޓީމަށް 139 މެޗުން 13 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ލަސް ޕަލްމާސް އަށް ކުޅެމުން ޓަނާ ވަނީ 2019 ވަނަ އަހަރު ލޯން ޑީލެއްގައި ޗައިނާގެ ޒެޝިއާން ގްރީންޓައުން އަށް ކުޅެފަ އެވެ. އެންމެ ފަހުން ޓަނާ ކުޅުނީ ސްޕެއިންގެ ތިން ވަނަ ޑިވިޝަންގެ އަލްބަސޭޓޭ އަށެވެ.

ދުނިޔޭގެ ނިސްބަތުން ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭ ލީގެއް ކަމަށްވާ ލަލީގާގައި ޓަނާ ކުޅެފައިވަނީ 2015 އިން 2018 އަށެވެ. ޖުމްލަ ތިން ސީޒަން ލަލީގާގައި ކުޅުނު ޓަނާ ވަނީ އެ ލީގުގައި 83 މެޗުން 10 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ޓަނާ، ލަލީގާގައި ގޯލު ޖެހި ޓީމުތަކަށް ބަލާއިރު، ރެއާލް މެޑްރިޑް، ގްރަނާޑާ، އެތުލެޓިކް ބިލްބާއޯ، މަލާގާ، ގެޓަފޭ އަދި ރެއާލް ސޮސިއެޑާޑް ހިމެނެ އެވެ.

ލަލީގާގައި ޓަނާ ޖެހި މި ގޯލުތަކުގެ ތެެރެއިން އެންމެ ހާއްސަ ދެ ގޯލަކީ 2016 ވަނަ އަހަރު ލަސް ޕަލްމާސް ދަނޑުގައި ރެއާލް މެޑްރިޑް ކޮޅަށް ޖެހި ގޯލާއި 2017 ވަނަ އަހަރު ރެއާލް މެޑްރިޑް ދަނޑުގައި އެ ޓީމު ކޮޅަށް ޖެހި ގޯލެވެ. އެ ދެ މެޗުން ވެސް ލަސް ޕަލްމާސް ވަނީ ރެއާލާ އެއްވަރުކޮށްފަ އެވެ.

ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު ޓަނާ އުފާފާޅުކުރަނީ.-- ފޮޓޯ: ލަލީގާ

ފަސް ހާހަށް ވުރެ ގިނަ މިނިޓް ލަލީގާގެ މެޗުތަކުގައި ކުޅެފައިވާ ޓަނާ ވަނީ ސްޕެނިޝް ކަޕް, ކޮޕަ ޑެލްރޭގައި ވެސް 10 މެޗު ކުޅެފަ އެވެ. އަދި ޗައިނާ ޒެޝިއާން އަށް ލޯނަކަށް ކުޅުނުއިރު، ޗައިނީސް އެފްއޭ ކަޕްގައި ވެސް ކުޅުނެވެ.

ޓަނާ، މިއަދު މާޒިޔާ އަށް ސޮއިކުރިއިރު، އޭނާ ވެގެންދާނީ ކައިރި މުސްތަގުބަލެއްގައި ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ލީގެއްގައި ކުޅުމަށް ފަހު ރާއްޖޭގެ ކްލަބަކަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މީގެ ކުރިން ޗެލްސީ އާއި ލިވަޕޫލްގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިން ނިއު ރޭޑިއަންޓަށް ކުޅެފައިވެ އެވެ.

މާޒިޔާ އިން ސާބިއާގެ ކޯޗު ޖެސިކާއި ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ގެނެސް، ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި މިވަނީ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމުގެ ޓާގެޓްގަ އެވެ.

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން ޓަނާ (ވ) ރެއާލްގެ ޓޯނީ ކްރޫސް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ހިމެނޭހެން މާޒިޔާ ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. އެ ނަތީޖާތަކަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށް އެ މަގާމަށް ސާބިއާގެ ކޯޗު ޖެސިކް ގެނައީ އެވެ.

ރާއްޖޭގެ ލީގު، ދިވެހި ޕްރިމިއާ ލީގު މި މަހު 16 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް އޮތީ އަންނަ މެއި މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox