11 އަހަރަށް ފަހު އާއްކޮ ޕްރޮފެޝަނަލް ފުޓްބޯޅައާ ދުރަށް

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން އާއްކޮ.-- ފޮޓޯ: އިމޭޖަސް.އެމްވީ

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން އާއްކޮ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ އެންމެ މަތީ ފަންތީގައި 11 އަހަރު ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުމަށް ފަހު އަހުމަދު އިމާޒް (އާއްކޮ) ކުޅުމާ ދުރަށްދާން ނިންމައިފި އެވެ.

އާއްކޮ، 29، ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އާއްކޮ ބުނީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅައިން ދުރަށްދާން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެ، ރާއްޖެ ތަމްސީލްކުރެވުމަކީ ޝަރަފެއްގެ ގޮތުގައި ފާހަަގަކޮށް އާއްކޮ ބުނީ ރާއްޖޭގެ ބޮޑެތި ކްލަބްތަކަކަށް ކުޅެވުމަކީ ވެސް ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ފުޓްބޯޅަ ކެރިއަރުގައި އެހީތެރިވެދިން އެންމެނަށް ޝުކުުރު އަދާކުރަން. ފުޓްބޯޅައިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި، ދިރިއުޅުމުގައި ކުރިއަށް އޮތްތަނުގައި އޭގެއިން ވަރަށް ބޮޑަށް ބޭނުންހިފޭނެ ކަމަށް ގަބޫލުކުރަނީ. އަހަންނަށް އިތުބާރުކުރި އެންމެނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަބަދުވެސް އެކަން ހަނދާންކުރާނަން،" އާއްކޮ ލިޔެފައިވެ އެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން އާއްކޮ ބޯޅަ ފޮނުވާލަނީ.

އާއްކޮ އެންމެ ފުރަތަމަ ފުރަތަމަ ޑިވިޝަނަށް އައިސް ވެލެންސިއާ ޕްރެކްޓިސްތަކުގައި ބައިވެރިވި ނަމަވެސް އޭނާ ކުޅުން ފެށީ ކްލަބް އީގަލްސް އިންނެވެ.

އީގަލްސްގައި 2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުން ފާހަގަވި އާއްކޮ އަށް އެ ފަހަރު ސީނިއާ ޓީމުން ވެސް ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ފަހުން، އާއްކޮ އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2015 ވަނަ އަހަރު އެއްބަސްވުން ދާއިމީކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ މައްސަލަތަކާ ހުރެ މާޒިޔާގެ ފަހު އަހަރުތަކުގައި އާއްކޮ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.

މާޒިޔާ ދޫކޮށް އާއްކޮ 2019 ވަނަ އަހަރު ގުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި އާއްކޮ، މިދިޔަ ސީޒަނުގައި ފެނުނީ ވެލެންސިއާ އިންނެވެ. މި ސީޒަނުގައި ޓީމަކާ ނުގުޅި ހުރުމަށް ފަހު އާއްކޮ މި ވަނީ ރަސްމީކޮށް ފުޓްބޯޅައާ ދުރަށް ދާން ނިންމައިފަ އެވެ.

އާއްކޮގެ ކެރިއަރުގެ މުހިންމު އަހަރުތަކެއް މާޒިޔާގައި ހޭދަކުރިއިރު، އޭނާ އަށް އެ ޓީމުގައި ކޯޗުކޮށްދިން އެއް ކޯޗަކީ އަލީ ސުޒޭން އެވެ. މާޒިޔާ ޖޯޒީގައި އާއްކޮގެ ކުޅުން އެންމެ މޮޅަށް ފެނުނު އެއް މުބާރާތަކީ 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕްގަ އެވެ. ސުޒޭން ބުނީ އާއްކޮ އަކީ މިހާރު މި އޮތް ޖީލަށް ބަލާއިރު ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު އާއްކޮ (ވ) އާއި ކުރޯ (ކ) އަދި ދާދު މުބާރާތުގެ ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް،އެމްވީ

ހދ. ނޭކުރެންދޫ އަށް އުފަން އާއްކޮ އީގަލްސް އިން ފަށައިގެން އައިއިރު، އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވި އެއް ކޯޗަކީ ޔޫތު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ. ޝާކިއްޓޭ ވެސް ވަނީ އާއްކޮގެ ހުނަރަަށް ތައުރީފުކޮށްފަ އެވެ.

ކްލަބް ލެވަލްގައި އާއްކޮގެ ކާމިޔާބީ އަށް ބަލާއިރު، ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އީގަލްސްއާ އެކު ހޯދި އެވެ. މާޒިޔާއާ އެކު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް އަދި ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ.

ގައުމީ ޓީމުގައި ވެސް އާއްކޮ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން 2012 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގެ ތަށި ހޯދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އާއްކޮ ހިމެނެ އެވެ. އަދި ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ވެސް އާއްކޮ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox