ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހޯދަން މިއީ ވެލެންސިއާ އަށް ރަނުގެ ފުރުސަތެއް: ކުޑަހީނާ

ވެލެންސިއާ އިން އަލިފުށީ ދަނޑުގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ކުޑަހީނާ.-- ފޮޓޯ: އަދަދު

ވެލެންސިއާ އިން އަލިފުށީ ދަނޑުގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ކުޑަހީނާ.-- ފޮޓޯ: އަދަދު

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މެޗަކުން ބަލިނުވެ، ކްލަބް ވެލެންސިއާ އިން ފައިނަލުގެ ޖާގަ ހޯދާފައިވާއިރު، އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ލިބިފައި އޮތީ ރަނުގެ ފުރުސަތެއް ކަން ވެލެންސިއާގެ ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

ސާދަ ވަރަކަށް އަހަރު ތެރޭ ވެލެންސިއާ އިން ކުޅޭ ފުރަތަމަ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މިއަދު ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. މޮޅުނުވެވުނީ ކްލަބް އީގަލްސްއާ ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އަލިފުށީ ދަނޑުގައި ފައިނަލްގެ ކުރިން ވެލެންސިއާ އިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ކުޑަހީނާ ބުނީ ފައިނަލެއްގެ ކުރިން ހުރިހާ ކަމެއް ވެސް މުހިންމުވާނެ ކަމަށާއި އެހެންވެ، ވަކި ކަމެއް ބަލާފައި ކުޅުންތެރިންނަށް ޕްރެޝަރެއް ނުކުރާނެ ކަމަށެވެ.

"ލިޔެކިޔުން ވެސް ހިސްޓްރީ އަށް ވިޔަސް އަދި ކުޅުންތެރިންނަށް ވިޔަސް. އަހަރެމެން އިތުރަށް އެ ވަރަށް ވިސްނައި ނުދިނަސް ކުޅުންތެރިން ބޮލުގައި ވެސް އެބަހުރި މި މެޗުގެ މުހިންމު ކަމާ އެއްޗެހި،" ކުޑަހީނާ ބުންޏެވެ.

"100 ޕަސެންޓް އިނގޭ އެއްޗަކީ ކުޅުންތެރިން މި ތަށި ބޭނުންވާކަަން. ސަޕޯޓަރުން މި ތަށި ބޭނުންވާކަން. އަހަރެމެން މި ކުޅުންތެރިންނަށް މި ވިސްނައިދެނީ މި ކަހަލަ ރަނގަޅު ރަނުގެ ފުރުސަތެއް ނުލިބޭނެއޭ. ބައެއް ކުޅުންތެރިންނަކީ ރިޓަޔާމެންޓަށް ދާންތިބި ކުޅުންތެރިން އަނެއް ބައި ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން،"

ފައިނަލުގެ ކުރިން ކުޅުންތެރިންނާ ދެކެވުނު ވާހަކަތަކުގައި ވެލެންސިއާ އަކީ "ބޮޑު ކްލަބެއް" ކަމާއި މިއީ ވަރަށް ގިނަ ކުޅުންތެރިންތަކެއް ގުރުބާނީތަކެއް ވެގެން ކާމިޔާބު ހޯދައިދީފައި އޮތް ޓީމެއްކަން ވިސްނައިދީފައިވާނެ ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން ވެލެންސިއާ އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން އަލުން އެންމެ ކުރިއަށް އަންނަން ދަތުރު ފެށީ ޓީމެއް ބިނާކޮށްގެން ކުރިއަށްދިއުމުގެ ވިސްނުމުގައި ކަމަށް ކުޑަހީނާ ބުންޏެވެ. އެ ގޮތަށް ބަލާއިރު ވެސް ވެލެންސިއާ ބޭނުންވާ މިސްރާބަށް ކުރިއަށް ދިއުމަށް ފަސޭހައެއްގެ ގޮތުން ވެސް މި ތަށި ހޯދުން މުހިންމުކަން ކުޑަހީނާ ވަނީ ފާހަގަކޮށްފަ އެވެ.

"ވެލެންސިއާ ޓީމެއް ބިނާކުރުމުގެ މަގުމަތީގައި މި ސީޒަނަށް ނުކުމެ މި އުޅެނީ. އެހެންވީމަ ޓީމެއް ބިނާކުރަން ބަލާއިރު، މި ތަށި ލިބުމަކީ ހިތްވަރެއް. އެއީ ކާމިޔާބު ހޯދާ ޓީމަކަށް އާ ކުޅުންތެރިން އަންނަން އިންޓަރެސްޓް ހުރުމާ ޑިވެލޮޕްމަންޓް ކުޅުންތެރިންނަށް ވެސް ކުރިއަށްދާން ބަލާއިރު، އެ ހުރިހާ ކަމަކަށް ވެސް މި ތަށި ވެލެންސިއާ އަށް މުހިންމު. އާ ކުޅުންތެރިންނަށް އިންވެސްޓްކޮށްގެން ވެސް ޓީމެއް ބިނާކުރުން އެއީ ވެލެންސިއާގެ ޕްލެޓްފޯމަކީ،" ކުޑަހީނާ ބުންޏެވެ.

މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ވެލެންސިއާގެ ޓީމާ ކުޑަހީނާ ވާހަކަ ދައްކަނީ،--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޑަހީނާ ކޯޗެއްގެ ޒިންމާއާ ހަވާލުވެ ހުއްޓައި ވެލެންސިއާ އިން ވަނީ 2016 ވަަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު ރަނގަޅު ފޯމެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަތުން ފައިނަލުގައި ވެލެންސިއާ މޮޅުވީ ޓީމެއްގެ ގޮތުގައި މޮޅަށް ކުޅެގެންނެވެ. ކުޑަހީނާ ބުނީ ކޮންމެ ފުޓްބޯޅަ މެޗެއްގައި ވިޔަސް ވެސް ތަފާތެއް ދެއްކޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

މާޒިޔާއާ ދެމެދު މިހާރު އޮތް ފަރަގު ކުޑަ: ކުޑަހީނާ

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ބޭއްވި ޗެރިޓީ ޝީލްޑް މެޗުން ވެލެންސިއާ ވަނީ 5-0 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ކުޅުނު ހަތް މެޗުގައި ވެލެންސިއާ ބަލިވެފައިނުވާއިރު، އެ މެޗުތަކުގެ ތެރޭގައި ވެލެންސިއާ އިން 1-0 އިން މާޒިޔާ ބަލިކުރި މެޗު ހިމެނެ އެވެ.

ކުޑަހީނާ ބުނީ ތައްޔާރީތަކަށް ބަލާއިރު ސީޒަން ފެށިއިރު މާޒިޔާ އޮތީ މާ ކުރީގައި ކަމަށެވެ. ވެލެންސިއާ އިން "ނިކަމެތި" ޕްރީ ސީޒަނަކަށް ފަހު މުބާރާތްތަކާ ކުރިމަތިލައި، ފުރަތަމަ މެޗުން (ޗެރިޓީ ޝީލްޑް އިން) މާޒިޔާ އަތުން ބަލިވި ފަހުން ދެން އައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ. މި ވަގުތު އޮތް ލެވަލަށް ބަލާއިރު، މާޒިޔާ އާއި ވެލެންސިއާއާ ދެމެދު މާ ބޮޑު ފަރަގެއް ނެތް ކަމަށް ކުޑަހީނާ ގަބޫލުކުރެ އެވެ.

"އެ މީހުން ވެސް ހަތް ވަރަކަށް މެޗު ތަފާތު ޓީމުތަކާ އެކީ ކުޅެފި. އަހަރެމެން ވެސް ކުޅެފި، ގޯލްސްކޯރިންއާ މި ހުރިހާ ކަމަކަށް ބަލާއިރު އެ ތަފާތެއް ނުފެނޭ. އަހަރެމެން މާދަމާ (މިއަދުގެ) މެޗަށް ވެސް އެންމެ މުހިންމު އެއްޗަކީ ކުޅުންތެރިންގެ މޯޓިވޭޝަން. އަހަރެމެން މިހާރު ކުޅުންތެރިން މި ގެންގުޅެނީ މިނިވަންކަން ދީގެން، އެހާ ބޮޑަށް ޕްރެޝަރެއް ނުކުރަން ކުޅުންތެރިންނަށް. އަހަރެމެން ބައުންޑަރީން ބޭރުނުވެ، ކުޅެން ކުޅުންތެރިންނަށް މި ކިޔައިދެނީ. ކުޅުންތެރިން ރެސްޕޮންސިބިލިޓީ ނަގައިގެން މިކަން ކުރަން،" ކުޑަހީނާ ބުންޏެވެ.

"އެހެންވީމަ އަހަރެމެންގެ ކުޅުންތެރިންގެ ދޭތެރޭގައި ސުވާލެއް ނެތް. އަހަރެމެންނަށް އިތުބާރު އެބައޮތް. ލާސްޓް މިނިޓާ ހަމައަށް މި ކުޅުންތެރިން ޓީމު މޮޅުވާން ކޮށްދޭން ޖެހޭ މަސައްކަތް ކޮށްދޭނެ ކަމަށް،"

އަލިފުށީ ދަނޑުގައި ކުރި ޕްރެކްޓިހެއްގެ ތެެރެއިން ވެލެންސިއާގެ އަސްހަދު ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު

ކުޑަހީނާ ބުނީ ވެލެންސިއާގައި މިހާރު އޮތީ އެކި ތަންތަނުން އައިސް ތިބި ކުޅުންތެރިންނަށް ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމެއްގެ ގޮތުގައި ރަނގަޅުވަމުން އަންނަ ކަމަށެވެ. މާޒިޔާ އަށް އޮންނަ ހިތްހަމަ ޖެހުމަކީ އެ އޮންނަ ޓީމެއްގެ ތެރެއަށް އިތުރުވަނީ މޮޅު ކުޅުންތެރިއަކަށް ވުން ކަމަށެވެ.

ފައިނަލް މެޗަށް ނުކުންނައިރު، ވެލެންސިއާ އާއި މާޒިޔާގެ ވެސް މުހިންމު ކުޅުންތެރިއަކު ހުރީ ކާޑުހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އެއީ ވެލެންސިއާގެ ފުލްބެކް އަހުމަދު ސިޒާން (ސިއްޕެ) އާއި މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) އެެވެ.

ދެ ޓީމަށް ވެސް މުހިންމު ކުޅުންތެރިއަކު ނެތި މިއަދުގެ މެޗު ކުޅެން ޖެހިފައިވާއިރު، މީގެ ގެއްލުން ބޮޑީ ކޮން ޓީމަކަށްތޯ އެހުމުން ކުޑަހީނާ ބުނީ ވެލެންސިއާ އިން އަބަދު ވެސް ކުޅުވަމުން ނޫނީ ޓްރެއިނިންތައް ބައްޓަން ކުރަމުން އައީ ކޮންމެ ކުޅުންތެރިއަކު އިތުރު ދެ ޕޮޒިޝަނަކަށް ކުޅެވޭ ގޮތަށް ކަމަށެވެ. އެ ގޮތަށް ބަލާއިރު، ވެލެންސިއާ އަށް އެ މަގާމަށް ކުޅެވޭނެ ކުޅުންތެރިން އެބަތިބި ކަމަށް ކުޑަހީނާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އެބަފެނޭ ސިއްޕެގެ ޕާފޯމަންސް އޭނަގެ ކުޅުމާއި ކުރިއެރުމާ ހުރިހާ ކަމެއް. އަހަރެމެން ގަބޫލުކުރާ ގޮތަކީ ވެެލެންސިއާގައި އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ ޕާފޯމްކުރަން. އެ އަކުން މާ ބޮޑު ޑިސެޑްވާންޓޭޖެއް ނުދައްކާނެ. އެކަމަކު، އޭނާ (ސިއްޕެ) ހުރެފިއްޔާ އެއީ އެޑްވާންޓޭޖެއް އިތުރު ސަބްސްޓިޓިއުޓެއް އިންނާނެ ދޯ،" ކުޑަހީނާ ބުންޏެވެ.

ވެލެންސިއާ އިން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅުނުއިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. އެއީ 2008 ވަނަ އަހަރު ވިކްޓްރީއާ ދެކޮޅަށް ކުޅުނު ފައިނަލެވެ. މިއަދުގެ ފައިނަލް މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox