ނަތީޖާ ނެރުމާއި ފުރުސަތު ދިނުން ވެސް މި ވަގުތަށް މުހިންމު: ކާއްޓޭ

ގައުމީ ވޮލީ ބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީ ބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް މި ވަގުތު ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުގައި ނަތީޖާ ނެރުމާ ދާދި އެއްވަރަށް ޓީމުގައި ތިބި ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދިނުން ވެސް މުހިންމު ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ގައުމީ ވޮލީ ޓީމުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ހޯމަ ދުވަހުގެރޭ ފަހަތުން އަރައި 3-1 ސެޓުން މޮޅުވި އެވެ. ރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ވަނީ 3-1 ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުން ވަނީ ޖޫނިއާ ކުޅުންތެރިން ކަމަށްވާ އަލީ ނިމާލް، މާއިދު މުހައްމަދު ހަލީލް، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދަށް ފުރުސަތު ދީފަ އެވެ.

ޓީމުގައި ދެން ހިމެނޭ ޖޫނިއާ ކުޅުންތެރިޔާ މާއިޝް އަށް ހުކުރު ދުވަހުގެރޭ ކުޅޭ މެޗުގައި ފުރުސަތު ދޭނެ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

ރޭގެ މެޗަށް ފަހު ކާއްޓޭ ބުނީ މެޗަށް ނުކުތީ ފުރަތަމަ ދުވަހެކޭ އެއްގޮތަށް މެޗުން މޮޅުވާން ކަމަށެވެ. އެކަމަކު، މި މެޗުތަކަކީ ހަމައެކަނި ނަތީޖާ އަށް ބަލައިގެން ކުރާ ކަމަކަށް ނުވާތީ ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުން ވެސް ހިފަންޖެހޭ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

"މޮޅުވާން ވެސް ބޭނުން. ހަމަ އެ ގޮތަށް (ޖޫނިއާ) ކުޅުންތެރިންނަށް ފުރުސަތު ދޭން ވެސް ބޭނުން. އެ ދެ ބައި އެއްކޮށް މި ދިޔައީ. ރަނގަޅު ފައިޓެއް ވެސް ދެވުނު،" ކާއްޓޭ ބުންޏެވެ.

"ދެން ކޮންމެ ރެޔަކު މޮޅުވެސް ނުވެވިދާނެ. ކޮންމެ ގޮތެއް ވިޔަސް ރާއްޖެ އަށް ވުރެ ފެންވަރުގެ ގޮތުން ރަނގަޅު ޓީމެއް ބަންގްލަދޭޝް އެއީ. އެހެންވީމަ ޖެހިޖެހިގެން ތިން މެޗުގައި ބަލިކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެންމެ ފަހު މެޗުގައި އިރާދަކުރެއްވިއްޔާ ބަންގްލަދޭޝް ބަލިކުރާނަން،"

ކިތަންމެ ހަނި ފުރުސަތެއް ދީގެން ވިޔަސް މި ވަގުތު ގައުމީ ޓީމުގައި ތިބި ޖޫނިއާ ކުޅުންތެރިންނަށް ތަޖުރިބާ ދީގެން މޮޅުކުރެވޭނެ ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. ދެން ކުޅުނު ތިން ސެޓު ރާއްޖޭން ގެންދިޔައީ މޮޅަށް ކުޅެ، 19-25، 20-25 އަދި 22-25 އިންނެވެ. ދެ ވަނަ މެޗުގައި ރޭ ބަންގްލަދޭޝް އިން މި ސެޓު ބަންގްލަދޭޝުން ކާމިޔާބުކުރީ 25-19 އިންނެވެ. ޖެހިގެން އައި ސެޓު ފާސޭހަކަމާ އެކު 16-25 އިން ރާއްޖެ އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އަދި ދެ ސެޓު 25-15، 25-21 އިން ކާމިޔާބުކޮށް ބަންގްލަދޭޝް މޮޅުވީ އެވެ.

ކާއްޓޭ ބުނީ ފުރަތަމަ މެޗާ އަޅާކިޔާއިރު، ދެ ވަނަ މެޗުގައި ހެދުނު ގޯސްތައް ގިނަ ކަމަށެވެ. ހާއްސަކޮށް ސާވިސް ކަހަލަ އަމިއްލަ އަތުގައި އޮންނަ ބޯޅައިން ހެދުނު ގޯސްތައް ގިނަކަން ކާއްޓޭ ފާހަގަކުރި އެވެ.

"ގިނަ ޕޮއިންޓަކީ އެ ގޮތަށް އަމިއްލަ އަށް ރާއްޖެ ޓީމުން ދިން ޕޮއިންޓް. ބަންގްލަދޭޝް ވަކި މޮޅުތަކެއް ވެގެން ހޯދި ޕޮއިންޓްތަކެއް ނޫން ގިނަ ޕޮއިންޓްތަކަކީ. ދެން އިރާދަކުރެއްވިއްޔާ ފަހު މެޗުގައި ނުކުންނާނީ އެކަންކަން ރަނގަޅު ކޮށްގެން ބަންގްލަދޭޝް ބަލިކުރަން،" ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް މެޗުތައް މި ކުޅެނީ 15 ވަރަކަށް ދުވަހު އުނދަގޫ ހާލަތެއްގައި ތައްޔާރީތައް ބޭއްވުމަށް ފަހު އެވެ. އާއިލީ ކަމެއްގެ ސަބަބުން ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކެ) ހުރީ ޓީމާ ދުރުގަ އެވެ.

ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު އިމްދާދުލް ހައްގު: އޭނާ ވަނީ ރާއްޖޭގެ ޓީމަށް ވެސް ތައުރީފުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭން ކުޅޭ މޮޅު ކުޅުން ފާހަގަކުރަން ޖެހޭ: ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު

ބަންގްލަދޭޝް ވޮލީ ފުލް ޓީމު މި މެޗުތަކަށް އައި ނަަމަވެސް ހެޑް ކޯޗު އީރާންގެ ސައީދު ލަތީފް މި ފަހަރު ޓީމާ އެކު ނާދެ އެވެ. އޭނާ ހުރީ ޗުއްޓީއެއްގަ އެެވެ. ރާއްޖޭގައި މި ކުޅޭ މެޗުތަކުގައި ޓީމަށް އިރުޝާދުދެނީ އެސިސްޓަންޓް ކޯޗަކަށް ހުރި އެމްޑީ އިމްދާދުލް ހަގް އެވެ.

ރޭގެ މެޗަށް ފަހު އިމްދާދުލް ބުނީ ފުރަތަމަ މެޗުން ބަލިވެފައި ވަނިކޮށް ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ.

"ވަރަށް އުފަލުން މި ހުރީ. ވަރަށް ހިތްހަމަޖެހޭ ހުރިހާ ކުޅުންތެރިން މި ދެއްކި ކުޅުމާ ދޭތެރޭ. ވަރަށް ރަނގަޅަށް ކުޅެގެން މި މެޗުން މޮޅުވީ. އިންޝާﷲ އަހަރެމެން ބޭނުން ދެން ކުޅޭ މެޗުން ވެސް މޮޅުވާން. އަހަރެން ދެކޭގޮތުގައި އަހަރެމެންގެ އަސްލު ކުޅުން ދެއްކިއްޖެނަމަ މޮޅުވެވޭނެ،" އިމްދާދުލް ބުންޏެވެ.

"އަހަރެން މަރުހަބާ ކިޔަން ރާއްޖޭގެ ޓީމަށް ވެސް. އެއީ އެ މީހުން ވެސް ވަރަށް މޮޅަށް އެ ކުޅެނީ. އެ މީހުން ފުރަތަމަ މެޗުން މޮޅުވީ،"

ބަންގްލަދޭޝްގެ ވޮލީބޯޅަ ވެސް ޒުވާން ކުޅުންތެރިން ލައިގެން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް އިމްދާދުލް ވަނީ ބުނެފަ އެވެ. ސީނިއާ (ދުވަސްވީ) ކުޅުންތެރިން ފަހަރަކަށް ވުރެ ފަހަރެއް މަދުކޮށް ގައުމީ ޓީމަށް ޒުވާން ކުޅުންތެރިން އިތުރު ކުރަމުން އަންނަ ގޮތަށް ޓީމު ބައްޓަށް ކުރާ ކަމަށް ބަންގްލަދޭޝް ޓީމުން ވަނީ ބުނެފަ އެވެ.

"މިއީ އަހަރެމެންގެ ލެވަލް މައްޗަށް ޖައްސާލަން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާ ކުޅުންތެރިންނަށް ފުރުސަތު މި ދެނީ. އަހަރެމެން މަސައްކަތް މި ކުރަނީ މި ރަނގަޅު މިސްރާބަކަށް ގެންދަން. މި ޓީމުގައި އެބަތިބި ގައުމުން ބޭރުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅޭ ފަސް ވަރަކަށް ކުޅުންތެރިން. އެހެންވީމަ މި ކުރަނީ މުހިންމު ޓެސްޓްތަކެއް،" އިމްދާދުލް ބުންޏެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދައުވަތަކަށް ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމް މި ވަގުތު ހުންނެވީ ރާއްޖޭގަ އެވެ.

ބަންގްލަދޭޝާއި ރާއްޖޭގެ މެޗު ބައްލަވައިލެވުމަށް ރޭ އަތީގުލް އިސްލާމް ވެސް ވަނީ ޒުވާނުންގެ މަރުކަޒު އެތެރެ ހޯލަށް ވަޑައިގެންފަ އެވެ. އަދި މެޗަށް ފަހު ބަންގްލަދޭޝް ކުޅުންތެރިންނާ ބައްދަލުކޮށް، ޓީމު ހޯދި ކާމިޔާބަށް މަރުހަބާ ކިޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox