ފަހަތުން އަރައި ރާއްޖޭގެ ވޮލީ ޓީމުން ބަންގްލަދޭޝް އަތުން ބޮޑު މޮޅެއް ހޯދައިފި

މިރޭގެ މެޗުން މޮޅުވެ، ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭގެ މެޗުން މޮޅުވެ، ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ފަހަތުން އަރައި 3-1 ސެޓުން ބަންގްލަދޭޝް ގައުމީ ވޮލީ ޓީމު އަތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމު މޮޅުވެއްޖެ އެވެ.

މިއީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވި މެޗަށް ފަހު މިދިޔަ ހަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ. ގުވަހާޓީގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގައި ސެޓުތައް ގެންދިޔައީ 17-25، 20-25 އަދި 23-25 އިންނެވެ. އެ ފަހަރު ގައުމީ ކޯޗަކީ ތައިލެންޑުގެ ސުންޓޮން ފޮސީޓާ އެވެ.

އޭގެ ފަހުން ގައުމީ ޓީމުން ވަނީ 2016، 2018 އަދި 2021 ވަނަ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. މިރޭ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައި ރާއްޖޭގެ ވޮލީ ޓީމުން ކާމިޔާބު ހޯދީ މޮޅަށް ކުޅެގެންނެވެ.

ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ކައިރިން ރާއްޖޭގެ ހުޒަންޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. ދެން ކުޅުނު ތިން ސެޓު ރާއްޖޭން ގެންދިޔައީ މޮޅަށް ކުޅެ، 19-25، 20-25 އަދި 22-25 އިންނެވެ.

ގައުމީ ވޮލީ ޓީމުން މިރޭގެ މެޗު ކުޅުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ތިބި ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) ނެތި އެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމާ) ގައުމީ ޓީމުގެ ޕްރެކްޓިހާ ގުޅުނީ މިރޭގެ މެޗު ގާތްވެފައި ވަނިކޮށެވެ. ކުޑަކާއްޓެ އާއި އެޑަމް، ބީޗް ވޮލީބޯޅަ ޓްރެއިނިން އިން ވީއްލައި، އިންޑޯ ޓީމާ އެކު މިރޭގެ މެޗުގެ ކުރިން ކުރީ ދެ ޓްރެއިނިން އެވެ. އެކަމަކު، އެ ދެ ކުޅުންތެރިން ވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފުރަތަމަ ސެޓުގައި ބަންގްލަދޭޝް ފެނުނީ ވަރުގަދަ ކޮށެވެ. އާންމު ގޮތެއްގައި ވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ ރޫހުގައި ފުރަތަމަ ސެޓު ލީޑުގައި އޮވެގެން ކޮންފިޑެންސާ އެކު ބަންގްލަދޭޝް ޓީމުން ކުޅެލި އެވެ. ބަންގްލަދޭޝް ޓީމުގެ ސެޓަރު، ސޮހާން ޝެއިކާއި ސްޕައިކަރު، އެމްޑީ ސުޖޯންގެ މޮޅު ކުޅުމާ އެކު އެ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ. ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) ގޭމުގެ ތެރެއަށް އައިއިރު، އެޑަމް އާއި ކުޑަކާއްޓެ އަދި އަލީ ހުޒާމް (ހުޒާންޓެ)ގެ އެޓޭކްތައް ރަނގަޅުވާން ފަށައި، ބަންގްލަދޭޝް އަށް އުނދަގޫތަކެއް ކުރިމަތިވާން ފެށި އެވެ.

ބަންގްލަދޭޝް ޓީމުގެ ސުޖޯން ޖަހާ ބޯޅައެއް ރާއްޖޭގެ ފައިރޫޒް އާއި ކުޑަކާއްޓެ ބްލޮކްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖެ ޓީމުގެ ސެންޓަރަށް ކުޅެމުން ދިޔަ އާދަމް ފައިރޫޒާއި ޝުއައިބު އަބްދުލް ލަތީފްގެ ކުޅުން ވެސް ރަނގަޅު ލެވަލެއްގައި ފެނުނު މި މެޗުގެ ދެ ވަނަ ސެޓު ރާއްޖެ އަށް ލިބުނީ 19-25 އިންނެވެ. މި ސެޓު ރާއްޖެ އަށް ލިބުނުއިރު، ބަންގްލަދޭޝްގެ ސެޓަރު ސޮހާން ވަނީ ކުޅުން ދަށްވެ، ބަދަލުކޮށްފަ އެވެ.

ރާއްޖޭން ތިން ވަނަ ސެޓާއި ހަަތަރު ވަނަ ސެޓުގައި ޖުމްލަކޮށް ވަރުގަދަ ލެވަލެއްގެ ކުޅުމެއް ދެއްކިއިރު، ބަންގްލަދޭޝް އިން މެޗުގެ ތެރެއަަށް ވަންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ވަރުގަދަ ރޫހެއް ދެެއްކި އެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ބަންގްލަދޭޝް އަތުން މިރޭ ރާއްޖެ މޮޅުވުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނީ ބްލޮކްތައް ރަނގަޅުވުމެެވެ. އޭގެ އިތުރުން ސެޓުތަކުގެ ފަހު ކޮޅުގައި ރަނގަޅު ވަގުތުގައި ޕޮއިންޓް ހޯދައި، މިސްޓޭކް މަދުކޮށް ކުޅުމެވެ. ރާއްޖެ ޓީމުގެ އެޓޭކުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކުޑަކާއްޓެ އާއި ހުޒަންޓެ އަދި އެޑަމާގެ ބޭނުން މި މެޗުގައި ރާއްޖޭން ރަނގަޅަށް ހިފި އެވެ. ފަހު ދެ ސެޓު ރާއްޖޭން ގެންދިޔައީ 20-25 އަދި 22-25 އިންނެވެ.

ރާއްޖެ ޓީމުގެ ޝުއައިބު މިރޭގެ މެޗުގެ ތެރެއިން ޕޮއިންޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު ސެންޓްރަލް ޒޯން މެޗުގައި ރާއްޖޭން ބަންގްލަދޭޝް ޓީމާ ކުޅެން ޖެހުނީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. ޓީމުގެ އެއް ނަމްބަރު ލިބަރޯ، މުހައްމަދު ނައީމް (ނައިންޓެ) ކޮވިޑަށް ޕޮޒިޓިވްވެގެން ޓީމާ އެކު ނުދެވުނުއިރު، ޓީމުގައި ފަހުން ހިމެނި ލިބަރޯ، ޖަވާމް އަލީ އަށް މެޗު ކުޅޭ ވަގުތަށް ނުދެވި، ރާއްޖެ ކުޅެން ޖެހުނީ ލިބަރޯއެއް ނެތި ދެ ސެންޓަރު ކުޅުންތެރިން ލައިގެންނެވެ.

މިރޭގެ މެޗުގައި ލިބަރޯ އަކަށް ނައިންޓެގެ ރަނގަޅު ގޭމެއް ފެނުނުއިރު، ޓީމު މޮޅުކޮށްދިނުމުގައި ވެސް އޭނާ މުހިންމު ރޯލެއް ކުޅުނެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައި ކުޅޭނެ އެވެ. ފުރަތަމަ މެޗުން މިރޭ މޮޅުވިއިރު، ދެ ވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގަ އެވެ. އަދި ފަހު މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.

ބަންގްލަދޭޝް ވޮލީ ފުލް ޓީމު މި މެޗުތަކަށް އައި ނަަމަވެސް ހެޑް ކޯޗު އީރާންގެ ސައީދު ލަތީފް މި ފަހަރު ޓީމާ އެކު ނާދެ އެވެ. އޭނާ ހުރީ ޗުއްޓީއެއްގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox