ކައިޓް ސާފިން ޗެމްޕިއަނެއް، ލޫކާ ރާއްޖެއާ މެދު ހިތްހަމަޖެހޭ

ކައިޓް ސާފިން ތަރި ލޫކާ: ރާއްޖޭގެ ކައިޓް ސާފަރުންނާ މެދު އުންމީދުތަކެއް އެބައޮތް.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެެޑްބުލްކޮންޓެންޓްޕޫލް-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ކައިޓް ސާފިން ތަރި ލޫކާ: ރާއްޖޭގެ ކައިޓް ސާފަރުންނާ މެދު އުންމީދުތަކެއް އެބައޮތް.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެެޑްބުލްކޮންޓެންޓްޕޫލް-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ރާއްޖޭގެ ގިނަ ބަޔެއްގެ މެދުގައި މި ވަގުތު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް އިންޑަސްޓްރީ އަކީ މޫދު ކުޅިވަރުތަކެވެ. ގިނަ ޒުވާނުންތަކެއް މޫދުގެ އެކި ކުޅިވަރުތަކުގައި ޝާމިލުވެ، އުޅޭ ނިސްބަތް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެެރިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން ކައިޓް ސާފިން އަކީ މި ވަގުތަށް ބަލާއިރު، ވެސް ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުޅިވަރެކެވެ.

މަޝްހޫރު ރެޑްބުލްގެ ސްޕޮންސާ އެތުލީޓް، ދުނިޔޭގެ ލެވަލްގައި ވެސް ގުނާލެވޭ ކައިޓްސާފަރެއް ކަމަށްވާ ލޫކާ ޕިޓޯ، ދާދި ފަހުން ވަނީ ރާއްޖެ އައިސްފަ އެވެ. ހަގީގަތުގައި އޭނާގެ މި ދަތުރު ކުރިން ރޭވިފައި އޮތީ ރެޑްބުލްގެ ވިންޑް ރައިޑާސް އިވެންޓަށެވެ. ބ. ގޮއިދޫގައި މި މަހު ކުރީކޮޅުގައި ބާއްވަން އޮތް މި އިވެންޓް ކޮވިޑް-19ގެ ހާލަތާ ހުރެ، މިހާރު ވަނީ މި އަހަރުގެ މެއި މަހަށް ފަސްކޮށްފަ އެވެ.

ލޫކާ ޒުވާން އުމުރުގައި ކައިޓް ސާފިން ފެށި

މޮރިޝަސް އަށް އުފަން ލޫކާ، އުމުރުން އެންމެ 10 އަހަރުގައި ކައިޓް ސާފިން ފެށީ އެ ކުޅިވަރުން މާ ބޮޑަށް ދުރުރާސްތާ ޕްލޭންތަކެއް ހަދައިގެނެއް ނޫނެވެ. ފޫހިފިލުވުމާއި އަމިއްލަ ހިތްހަމަޖެހުމަށެވެ.

"އަހަރެންގެ ޒުވާން ދުވަސްވަރު ވެސް ރައްޓެހިން އުޅޭ ކައިޓް ސާފް ކުރަން. އެންމެ ފުރަތަމަ އަހަރެން އެކަން ކުރަން އެހާ ބޭނުމެއް ނުވި. އެކަމަކު އުމުރުން 10 އަހަރުގައި އަހަންނަށް ފެނުނީ އަހަރެންގެ ދައްތަގެ އެކުވެރިއެއް ކައިޓް ސާފްކުރަނިކޮށް، އަހަރެން ހުރީ ބޯޓެއްގައި. އޭނަ ފުއްމާލައިގެން ކައިޓް ސާފް ކުރަން ފެށީ. އެ ހިސާބުން އަހަންނަށް ވިސްނިއްޖެ މިއީ ވަރަށް ކޫލް ކަމެއް ކަން. އެހެންވެ، އަހަރެން ވެސް އެކަން ޓްރައިކުރަން ބޭނުންވީ،" ލޫކާ "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ކައިޓް ސާފިންގެ ފުރަތަމަ ހަނދާން އާ ކުރަމުން ބުންޏެވެ.

"އަދަދު" އަށް ލޫކާ އިންޓަވިއު ދެނީ: ރާއްޖޭގައި އަންނަ މެއި މަހު ރެޑްބުލް ވިންޑް ރައިޑާްސް މުބާރާތް އޮންނާނެ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

"އޭގެ ހަފްތާތަކެއް ފަހުން ލޯކަލް ސްކޫލަކަށް ގޮސް ދަސްކުރަން ފަށައި، ކައިޓް ސާފިން އަށް ހިތް ޖެހުނީ. އެ ދުވަހަށް ފަހު އަހަރެންގެ ސިކުނޑީގައި މިކަން (ކައިޓް ސާފިން) މުޅިން ވެސް މި އޮތީ،"

ކައިޓް ސާފިން ރަނގަޅަށް ކުރުމުގައި އެންމެ މުހިންމު ކަމަކީ ވައި ރަނގަޅަށް ޖެހޭ މާހައުލެއްގައި ވީހާ ވެސް ރަނގަޅަށް އެކަން ފަރިތަކުރުމެވެ. ޖަޒީރާ ގޮތަކަށް އޮންނަ މޮރިޝަސް އަކީ ވައި ޖެހޭ މޫސުން އަހަރެއްގެ މައްޗަށް ބަލާއިރު ދިގުލައިދާ ގޮތަށް މޫސުން އޮންނަ ގައުމެކެވެ. އެހެންވެ، ކައިޓް ސާފިން އިން ކުރިއަށްދާން ބަލާއިރު، އެ ގޮތަށް ވަށައިޖެހޭ މާހައުލުގެ މާ ބޮޑު ގޮންޖެހުންތަކެއް ލޫކާ އަށް ނެތެވެ.

ކައިޓް ސާފިންގެ ކަންކަން ދަސްވަމުންދާ ވަރަކަށް ލޫކާ ދެން ދިޔައީ މުބާރާތްތަކުގައި ވާދަކޮށް، އޭނާ ހުރި ލެވަލެއް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފިޔަވަޅު ވެސް އަޅަމުން ދިޔައީ ވިސްނުންތެރިކަމާ އެކު އެވެ. އެ ގޮތުން 2014 ވަނަ އަހަރު ބައިނަލްއަގުވާމީ މައިދާނުގައި ކުރިއަށް ދިއުމުގެ ބިންގާ އެޅި އެވެ.

"2014 ގައި އަހަންނާއި އަހަރެންގެ އެކުވެރިއެއް އެެކުގައި ޓްރެއިނިން ކުރިއަށް ގެންދަނިކޮށް އޭނާ ބުނީ އެބައޮތޭ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް ސްޕެއިންގައި. ހިނގާށޭ ދާން.، އަހަރެން ބުނިން އަދި އަހަރެމެން މިއީ އެ ލެވަލެއް ނޫނޭ. އެކަމަކު، އޭނާ ދެން ބުނީ ބައިވެރިނުވެއެއް އަހަރެމެންގެ ލެވަލެއް ނޭނގޭނެއޭ،" ލޫކާ ބުންޏެވެ.

"އަހަރެމެން 2014 ވަނަ އަހަރު ސްޕެއިނަށް ދިޔައީ. ގޮސް އަހަރެން ދިޔައީ އެ މުބާރާތުގެ ހަތް ވަނަ އަށް. އެ ތަނަށް ގޮސް އަހަންނަށް ބަދަލުވި ކައިޓިން އިންޑަސްޓްރީގެ އެންމެނާ ކަހަލަ ގޮތަކަށް. އެންމެނަށް އެންމެން އެނގޭ. ދެން އެ ހިސާބުން މި ކަން ފަށައިގެން، އޭގެ ދުވަސްތަކެއް ފަހުން ފްރާންސަށް ގޮސް މުބާރާތެއް ކާމިޔާބުކުރީ. އެ އަހަރަށް ފަހު ކޮންމެ އަހަރަކު ވެސް ޔޫރަޕަށް ތިން މުބާރާތަށް ދަން. 2017 ގައި ކައިޓިންގެ ސަބަބުން ޔޫރަޕަށް އެއްކޮށް އަހަރެން ބަދަލުވީ،" މަޑުމަޑުން ކައިޓް ސާފިން އިންޑަސްޓްރީ އަށް އެއްކޮށް ބަދަލުވި ގޮތް ލޫކާ ކިޔައިދިނެވެ.

ލޫކާ، ރާއްޖޭގައި ކައިޓް ސާފްކުރަނީ.-- ފޮޓޯ މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ދެ ފަހަރާއި ފްރާންސްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ލޫކާ މި އަހަރު ވެސް ހުރީ ޓާގެޓްތަކެއް ކަނޑައަޅައިގެންނެވެ. ރެޑްބުލްގެ އެހީގައި ޓްރެއިނިންތައް ކުރިއަށް ގެންގޮސް އޭނާ ހުރީ ޕްލޭނަކާ ވެސް އެކުގަ އެވެ.

"އަހަރެންގެ ޓާގެޓަކީ މި ފަހަރު ވެސް ފްރެންޗް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން. ދެން ދުނިޔޭގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނުން،" މި ވަގުތު ދުނިޔޭގެ ރޭންކިންގެ ހަ ވަނައިގައި އޮތް ލޫކާ ބުންޏެވެ.

ރާއްޖޭގެ ތަޖުރިބާ ވަރަށް ފުރިހަމަ، މުސްތަގުބަލު އެބައޮތް

ލޫކާގެ މި ދަތުރުގައި އޭނާ އަށް ވަނީ ދިވެހި ކައިޓް ސާފަރުންނާ ބައްދަލުކުރުުމުގެ ފުރުސަތު ލިބިފަ އެވެ. ކ.މާފުށީގައި ބޭއްވި ރާޅުގުނޑި އިވެންޓް ބަލާލަން ލޫކާ ދިޔަ އެވެ. މާފުށިން ލޫކާއާ ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ ކައިޓް ސާފަރުންނާ ބައްދަލުވި އެވެ. އެ އެންމެނާ އެކުގައި ވަގުތު ހޭދަކޮށްލުމަކީ ވެސް ލޫކާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

"ރާއްޖޭ މި އޮތް ރީތި މާހައުލަށް ބަލާއިރު ކައިޓް ސާފިން އަށް ވަރަށް ރަނގަޅު މަންޒިލެކޭ ބުނެވޭނީ،" ލޫކާ ބުންޏެވެ.

"ކައިޓް ސާފިން އަކީ ވަރަށް ބޮޑަށް ވައި ޖެހޭ މިންވަރަށް ބަރޯސާވާ ކަމެއް. މި ދުވަސްވަރު އެ ކަމެއް ނެތް އެހާ ވަރަށް ރާއްޖޭގައި. ފުރަތަމަ ދެ ދުވަހު ވައި ވަރަށް ރަނގަޅަށް ހުރި. ރަނގަޅަށް ވައިޖެހޭ ދުވަހެއްގައި ރާއްޖެ ވާނެ ދުނިޔޭގެ ފެންވަރުގައި ވެސް ކައިޓް ސާފިންގައި އެންމެ ރަނގަޅު އެއް ޑެސްޓިނޭޝަނަށް. ވައި ރީތި ވެފައި، ނޫކުލައިގެ ފުރިހަމަ މޫދެއް ފެންނަން އޮތީމަ އެއީ ކައިޓް ސާފަރުންނަށް އެންމެ ފުރިހަމަ މާހައުލު،"

ދިމާވި ކައިޓް ސާފަރުންގެ ތެރެއިން ލޫކާ ފާހަަގަކުރި އެއް ކައިޓަރަކީ ބ. ގޮއިދޫގެ ކުޅަދާނަ ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) އެވެ. ލޫކާ، ރާއްޖެ އަށް މި ކުރި މި ދަތުރުގައި ހަންޓޭ ވަނީ އޭނާއާ އެކު ބައިވެރިވެފަ އެވެ. ހަންޓޭގެ ފަރާތުން ފެނުނު ހުނަރާއި ރާއްޖޭގެ އެހެން ކައިޓް ސާފަރުންގެ ހަރަކާތްތަކަށް ފަހު ލޫކާ ހުރީ ރާއްޖޭގެ އެތުލީޓުންނާ މެދު ވެސް އުންމީދުގަ އެވެ.

ކައިޓް ސާފިން އަކީ ވަރަށް ގިނަ ޑިސިޕްލިންގެ މައްޗަށް ބަރޯސާވެފައި އޮންނަ ކުޅިވަރަކަށް ވާއިރު، އެ ކައިޓް ސާފަރަކަށް އިތުބާރު އޮންނަ ޑިސިޕްލިން އަކަށް ފޯކަސް ކޮށްގެން ކުރިއަށް ދިއުން މުހިންމު ކަމަށް ލުކާ ވަނީ ބުނެފަ އެވެ. އެ ގޮތުން ލޫކާ އެންމެ ޝައުގުވެރިވަނީ ފްރީ ސްޓައިލް އަށެވެ. ރާއްޖޭގެ ކައިޓް ސާފަރުން ފިޒިކަލީ ހުންނަ ގޮތަށް ބަލާއިރު، އެ މީހުންނަށް ވެސް ފަސޭހައިން ކުރިއަށްދެވޭނެ އެއް މަގަކީ ފްރީ ސްޓައިލް ޑިސިޕްލިން އަށް މަސައްކަތް ކޮށްގެން ކަމަށް ލޫކާ ގަބޫލުކުރެ އެވެ.

ކައިޓް ސާފިންގައި ކުރިއަށް ދިއުމަށް އެ ވިސްނުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ކުދިންނަށް ލޫކާ ވަނީ މެސެޖެއް ވެސް ދީފަ އެވެ.

"މީގެއިން ހިތްހަމަޖެހުން ހޯދާށޭ. އުފަލުން ކުރާހިތުން މިކަން ކުރާނަމަ ކުރިއަށް ދެވޭނެއޭ،" ކައިޓް ސާފަރުންނަށް ދިން މެސެޖެއްގެ ގޮތުގައި ލޫކާ ބުންޏެވެ.

ލޫކާ "އަދަދު" އަށް އިންޓަވިއު ދެނީ: ރާއްޖޭގެ ކައިޓް ސާފަރުންނަށް ރަނގަޅު މެސެޖްތަކެއް ވަނީ ދީފައި.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

"އުންމީދަކީ ރާއްޖޭގައި އިންޓަނޭޝަނަލް އިވެންޓްތައް އޮތުން އެއީ އަހަންނަށް އެނގޭ މިތަނުގައި އެކަން ކުރެވޭނެކަން. މާފުށީގައި އެ ބާއްވާ ރާޅުގުނޑި އިވެންޓް ވެސް ރަނގަޅު. މި އަހަރު އެބައޮތް އަހަރެން ވެސް ރާއްޖޭގައި ވާދަކުރާ މުބާރާތެއް. ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވި ވަރަކަށް މިކަމުން ކުރިއަށްދާން ތިބި މީހުންނަށް ހިތްވަރު ލިބޭނެ،"

ކާމިޔާބު އެތުލީޓަކަށް ވުމަށާއި ޕްރޮފެޝަނަލީ ލޫކާ ރަނގަޅު މަގުން ކުރިއަށްދިއުމަށް ފަހިވި އެންމެ ބޮޑު ފުރުސަތަކީ 2016 ވަނަ އަހަރު ރެޑްބުލްގެ ސްޕޮންސަޝިޕް ލިބުމެވެ. ލޫކާ ދެކޭގޮތުގައި ރެޑްބުލް އިން އޭނާގެ އަތުގައި ނުހިފިނަމަ މިހާރު ހުރި ހިސާބަށް ނާދެވޭނެ އެވެ.

"ރެޑްބުލް, އަހަރެންގެ އެހީތެރިއެއްގެ ގޮތުގައި އެ ހުރީ. އަހަރެން ޔޫރަޕަށް ދާން ފަށައި މި ހުރިހާ ކަމެއްގައި ރެޑްބުލް އަކީ އިސް ހިއްސާދާރެއް. އެ މީހުންގެ ބައިވެރިވުން ނުލިބި އަަހަރެން މި ހިސާބުގައެއް ނުހުންނާނެ. އެ ކަމަށްޓަކައި ޝުކުރު އަދާކުރަން. އެ ފަދަ ބޮޑު ބްރޭންޑަކާ އެކީ މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ހިތްހަމަޖެހޭ. އުންމީދަކީ ވަރަށް ގިނަ ކަންތައްތަކެއް މުސްތަގުބަލުގައި ރެޑްބުލްއާ އެކީގައި ހާސިލްކުރުން،" ލޫކާ ބުންޏެވެ.

ޖަޒީރާ ވަންތަ ގައުމުތަކުގައި ދިރިއުޅުމުގެ ވައްޓަފާޅި އާންމު ގޮތެއްގައި ހުންނަނީ އެއް ކަހަލަ ގޮތަކަށެވެ. މޮރިޝަސް އާއި ރާއްޖެ އަކީ ވެސް ޖަޒީރާ ސިފަތައް ގިނަ ދެ ގައުމެވެ. ލޫކާ، ރާއްޖެ އަށް ކުރި މި ދަތުރުގައި ރާއްޖޭގެ ރަށްރަށަށް ގޮސް އުޅުމުގެ ތެރޭގައި ވެސް ތަފާތު ތަޖުރިބާތަކެއް ކުރި އެވެ.

"ރާއްޖޭގެ ކާ އެއްޗެހި މި ހުންނަނީ މޮރިޝަސް ކަހަލަ ގޮތަކަށް ކުޅިކޮށް. އަހަރެންގެ ފަތަން ވެސް ދިޔައިން. އެ ވެސް ވަރަށް ރަނގަޅު ކަމެއް ތަޖުރިބާ ކޮށްލެވުނު. ރަށްރަށަށް ވެސް ދިޔައިން، އުކުޅަސް ކަހަލަ ހިތްގައިމު. ދެން މާލޭގައި ސާފް ކޮށްލަން ލިބުން ވެސް އެއީ ހިތްހަމަޖެހޭ ކަންކަން ކޮށްލަން ލިބުނު،" ލޫކާ ބުންޏެވެ.

މެއި މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ރެޑްބުލް ވިންޑް ރައިޑާސް މުބާރާތަށް އަންނައިރު، ލޫކާ އެދެނީ އެއީ ރާއްޖޭގައި ބޭއްވޭ ފުރިހަމަ މުބާރާތަކަށް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox