ހުލާސާކޮށް އިއްޔެ: ރަސްމާލެ އެ ދޫކޮށްލަނީ އުމުރަށް

Sep 28, 2026, 6:00 AM
ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން ހިއްކާ ބިމުގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިގު މުއްދަތަކަށް ދޫކޮށްލުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދީފައިވަނީ ދާއިމަށް ބިދޭސީންނަށް އެތަނުގައި ވަޒަންވެރިވެވޭ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރަސްމާލެ ދިނީ 99 އަހަރަކަށް ނޫން, ތާއަބަދަށް!

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ."

މި މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝެއިހް ފަޒްލޫން މުހައްމަދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް ނުރައްކާވެ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މި މުއާމަލާތަކީ ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެފައެވެ.

ބޭރުގެ ކުންފުންޏަކަށް ރަސްމާލެ އުމުރަށް ދޫކޮށްލުމާ ދެކޮޅަށް ތެދުވާ ދީނީ އިލްމުވެރިން ގިނަވާން ފަށައިފި

"ރަސްމާލެ ބިން ވިއްކާލި ވާހަކަ ދެކެވޭތީ އީގަލް ހިލްސްގެ ވެބްސައިޓު މިރޭ ބަލާލައިފިން. އެ ސައިޓުގައި އެވާގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ނަމަ... އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ސަބަބުން އެ ބިން އެޔޮތީ ދިވެހީން އަތުން ތާއަބަދަށް ގެއްލިގެން ގޮސްފަ،" އޭނާ ބުނެފައިވެ އެވެ.

ރަސްމާލެ މަޝްރޫއުއާމެދު ފަޒްލޫންގެ ކަންބޮޑުވުން

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރުމަކީ ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ ޝެއިހް ފަޒްލޫން އާއި މޭޔަރު އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ މިއީ ގައުމަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ހައުސިން މިނިސްޓްރީގައި ރަސްމާލޭގެ އެގްރިމެންޓު އޮތް ލޮކަރު އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. އަދި މި މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުނިން ނެރުނު ބަޔާނަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މި އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައެވެ.

އެކްސްކްލޫސިވް: ހައުސިން މިނިސްޓްރީގައި ވަގަށް ހުޅުވާފައި ހުރީ ރަސްމާލޭ އެގްރިމެންޓު އޮތް ލޮކަރު

އެ ދުވަހު ހުޅުވާފައި ހުއްޓާ ފެނުނީ ރަސްމާލޭގެ ކޮންޓްރެކްޓުގެ ހާޑު ކޮޕީއެއް އޮތް ލޮކަރެއް ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަވަމުން ބުންޏެވެ.

ރަސްމާލެ ހޯދި ޔޫއޭއީގެ ކުންފުނިން ނެރުނު ނޫސް ބަޔާން ބަދަލުކޮށްފި

އީގަލް ހިލްސް އިން މިއަދު ބަދަލު ކުރީ ރަސްމާލެ ޕްރޮޖެކްޓުގައި ސޮއި ކުރި ދުވަހު ސެޕްޓެމްބަރު 21، ގައި ނެރުނު ނޫސް ބަޔާނެވެ. ބަދަލު ކުރީ 99 އަހަރަށް ބިން ލިބުމާއި ކޮންމެ ޓްރާންސްފާއަކާއެކު 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ ކަމަށް ބުނާ ބަޔެވެ.

ރަސްމާލޭގެ އެގްރިމެންޓު ހާމަކޮށް، ބިދޭސީންނަށް ބިން މިލްކު ކުރެވުމާމެދު ކުރެވޭ ސުވާލުތަކަށް ޖަވާބުދޭން ފައްޔާޒް ގޮވާލައްވައިފި

"އޭގެ ސަބަބުން ކުއްޔަށް ދިން ބިން ދާއިމީ ގޮތެއްގެ ދިވެހިންގެ އަތުން ބީވުމަކީ ވެދާނެ ކަމެއް. އެއިރުން ހަގީގަތުގައި އެ އެގްރިމެންޓަކީ ފްރީހޯލްޑް އެގްރިމެންޓެއް،" ފައްޔާޒް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ މި މަޝްރޫއުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ސަރުކާރުން ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ފެކްޓު ޗެކް: ރައީސް ހެއްދެވީ ދޮގެއް، ރަސްމާލެއިން އިއުލާނުކުރި 15،000 ގޯތީގެ އިތުރަށް އެއްވެސް ބޯހިޔާވަހިކަމެއް ދެން ނުދެވޭނެ!

ކޮންމެ ގޮތަކަށް ހިސާބުޖެހި ނަމަވެސް، ސަރުކާރުން ވައުދުވި ގޮތަށް ރަސްމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަކަށް ނުގެންދެވޭނެ އެވެ. ރަސްމާލެއިން މިހާރު އިއުލާނުކޮށްފައިވާ 15،000 ގޯތީގެ އިތުރަށް އެންމެ ގޯއްޗެއް ވެސް އަދި، ފްލެޓެއް ވެސް އެ ތަނުގައި ދެން ތަރައްގީއެއް ނުކުރެވޭނެ އެވެ.

ރަސްމާލެ އުމުރަށް ދޫކޮށްލަން ހެދި އެއްބަސްވުމުގެ ހަގީގަތް އޮޅުވާލަން މިނިސްޓަރު މުއްތަލިބު މަސައްކަތް ކުރައްވަނީ

"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރާއި ގާނޫނީ ދާއިރާ

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ގަޒްފު ކުރުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ. މި މައްސަލައަކީ "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ތިއްބެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ.

"އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރި ކުރީގެ އަންހެން މުވައްޒަފެއްގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގެ ތަފްސީލާއި އެނބުރި ވަޑައިގަންނަވާނެ ތާރީހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސިންގަޕޫރަށް ކުރައްވާ އަށްވަނަ ދަތުރު.

މުއައްސަސާތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމުމާ ގުޅިގެން، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ޓްރާންސްފާގެ ހިދުމަތްތަކަށް ދިމާވެފައިވާ ދަތިތައް އަދިވެސް ހައްލުނުވާ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

ފެނަކަ އުވާލާތީ ފުވައްމުލަކާއި އައްޑޫގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް

ފެނަކަ އުވާލަން ސަރުކާރުން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސެޕްޓެމްބަރު 7، ގަ އެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކަ އުވާލުމަށްފަހު އެތަން އެމްޑަބްލިއުއެސްސީއާ އެއްކޮށްލާނީ ކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތަށް ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް އަދިވެސް އާންމު ހާލަތަކަށް ނާދޭ

ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް ހަފުތާއެއްގެ ތެރޭގައި ހައްލުވާނެ ކަމަށް ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރު 19، ގަ އެވެ. ނަމަވެސް އޭގެ ފަހުން މިއަދަށް އަށް ދުވަސް ފާއިތުވިއިރު ވެސް އެ ދެ މައްސަލަ ހައްލުނުވާ ކަމަށް ވިޔަފާރިވެރިން ވަނީ ޔަގީންކަންދީފަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ދަނޑުވެރިކަމަށް ދޫކުރާ ރަށްތައް އިތުރުވުމަކީ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް އޮތް ހުރަހެއް ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

ދަނޑުވެރިކަމަށް ދޫކުރާ ރަށްތައް މާބޮޑަށް އިތުރުވެއްޖެއްޔާ ބޭރުގެ އިންވެސްޓްމެންޓު ލިބެން ދަތިވާނެ: މިނިސްޓަރު ޝިޔާމް

"ހުރިހާ ރަށެއްގައި ބަރާބަރަށް އެބޭފުޅުން ހުށަހަޅުއްވާފައި ހުރި ގޮތަށް މަސައްކަތުގެ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ބައެއް ބާވަތްތައް، މަދުވެގެން ބައެއް ބާވަތްތައް ސަބްސްޓިޓިއުޓް ކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

އާންމު ހިދުމަތްތަކާއި ސަލާމަތީ ކަންކަން

ސިނަމާލެ ބްރިޖު ހުރަސްކޮށް ފައިމަގުގައި ދަތުރުކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. ބްރިޖަކީ ފައިމަގުގައި ދަތުރުކުރުން މަނާ ތަނަކަށް ވީނަމަވެސް، ބައެއް މީހުން އެކަން ކުރަމުންދާތީ ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ވޯކްވޭތައް ބަންދުކޮށްފައެވެ.

ފައިމަގުގައި ހުޅުމާލެއަށް ނުވަތަ އެއާޕޯޓަށް ދާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

ބްރިޖުގެ ވޯކްވޭ ބަންދުކޮށްފައި ހުންނަ ބެރިކޭޑުތައް ހުރަސްކޮށް ދިއުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެއްކަމަށް ފާހަގަކޮށް، އެ ސަރަހައްދުގައިވާ ބޯޑުތަކަށް ކިޔަމަންވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox