ރަސްމާލެ ދިނީ 99 އަހަރަކަށް ނޫން, ތާއަބަދަށް!

ރައީސް މުއިއްޒު: ރަސްމާލެ އުމުރަށް ގެއްލިދާކަން ވަނީ ސިއްރު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ރަސްމާލެ އުމުރަށް ގެއްލިދާކަން ވަނީ ސިއްރު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ފުށިދިއްގަރު ފަޅުގެ ހިއްކި ބިން ޔޫއޭއީގެ ކުންފުންޏަކަށް ދިނީ 99 އަހަރަށް ނޫންކަމާއި އެ ރަށް ދިނީ ދުވަހަކު ވެސް ދިވެހިންނަށް އެތަން ނުލިބޭ ގޮތަށްކަން ހާމަވެއްޖެ އެވެ.

ރަސްމާލެއިން ހިއްކާ 1100 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

ނަމަވެސް ރަސްމާލެ އީގަލް ހިލްސްއަށް ދިނީ މުޅި އުމުރަށް ވެސް ދިވެހިންނަށް އެތަން ނުލިބޭ ގޮތަށް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. އެތަނުން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ ކަމަށް އީގަލް ހިލްސް އިން ޔަގީންކަންނދެ އެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ރަސްމާލެއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެފައި ވަނީ އެތަން ދެނީ 99 އަހަރަށް ކަމަށެވެ. އެއްބަސްވުމުގެ ދަށުން އެތައް ޖީލަކަށް ރަސްމާލެ ގެއްލިގެންދާކަން އޭނާ ހާމައެއް ނުކުރެ އެވެ. 

"ރާއްޖޭގެ ވަރަށް ގިނަ އިންވެސްޓާސް، ވަރަށް ގިނަ ޕްރޮޖެކްޓްސްތައް މިހާރު ވެސް ހިންގާ ރިސޯޓްތައް ވެސް އެބަ ހިންގާ ބޮޑެތި ދުވިސައްތަ، ތިންސަތޭކަ މިލިއަން ޑޮލަރުގެ ރިޒޯޓް ޕްރޮޕަޓީސްތައް އެބަ ޑިވެލޮޕް ކުރޭ. އެ ޕްރޮޕަޓީސްތައް ވެސް މި ޑިވެލޮޕް ކުރެވެނީ ގާތްގަނޑަކަށް 99 އަހަރާ ހަމައަށް ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ލީސްކޮށްގެން،" ހޯމަ ދުވަހު ވިދާޅުވި އެވެ.

ރަސްމާލޭގެ ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ދުބާއީ ކުންފުންޏަށް އެ ރަށް ދިނުމުން ދިވެހިންގެ އެތައް ޖީލަކަށް ފައިދާވާނެ ކަމަށެވެ. 

"ބިމެއް ކްރިއޭޓްވުމަކީ އެންމެ ބޮޑު އެސެޓް އެ ލިބެނީ. ބިމުގެ އަގު ވަރަށް ބޮޑުވާނެ ކޮންމެ ތަނެއްގައި ވެސް ބިން ހިއްކީމަ. ހާއްސަކޮށް އިކޮނޮމިކް އެކްޓިވިޓީ ބޮޑު ސަރަހައްދެއްގައި ބިން އެއީ ވަރަށް ބޮޑު އަގުހުރި ރައުސުލްމާލެއް. އެއީ އަންނަން އޮތް ޖީލުތަކަށް އޭގެން ވަރަށް ފައިދާ ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox