ރިއަލް އެސްޓޭޓު ގާނޫނާއެކީ ހުރިހާ ސަރަހައްދެއްގައި ރަސްމާލެ ކަހަލަ ޕްރޮޖެކްޓުތައް ހިންގޭނެ: އުޝާމް

ސެޕްޓެމްބަރު 14، 2026 ގައި ރައީސް އޮފީހުގައި ބޭއްވި މިނިސްޓަރުންގެ ނޫސް ކޮންފަރެންސެއްގައި އުޝާމް ވާހަކަދައްކަވަނީ: އުޝާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓު މާކެޓެއް ތައާރަފުކުރަން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 14، 2026 ގައި ރައީސް އޮފީހުގައި ބޭއްވި މިނިސްޓަރުންގެ ނޫސް ކޮންފަރެންސެއްގައި އުޝާމް ވާހަކަދައްކަވަނީ: އުޝާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓު މާކެޓެއް ތައާރަފުކުރަން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވުޖޫދުކުރަން މަސައްކަތް ކުރަމުން އަންނަ ރިއަލް އެސްޓޭޓު ގާނޫނާ އެކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރަސްމާލެ ފަދަ ޕްރޮޖެކްޓުތައް ހިންގޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއްޔެ ވިދާޅުވެއްޖެ އެވެ. 

ރަސްމާލެ ވޯޓާފްރަންޓް ޕްރޮޖެކްޓުގެ ބައެއް ކަންކަން ހިއްސާކުރައްވަމުން ޕީއެސްއެމްއިން ގެނެސްދިން "އަހާ" ފޯރަމްގައި އުޝާމް ވިދާޅުވީ، މި ޕްރޮޖެކްޓު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކީ މިހާތަަނަށް ސޮއިކޮށްފައި އޮތީ "ލެޓާ އޮފް އިންޓެންޓް" ނުވަތަ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ދެން އޮތް މަސައްކަތަކީ މިހާރު އެއްބަސްވެފައިވާ ކަންތައްތަކުގެ މައްޗަށް މާސްޓާ ޑިވެލޮޕްމަންޓް އެގްރީމަންޓެއްގައި ސޮއިކުރުން ކަމަށް އުޝާމް ވިދާޅުވި އެވެ. އޭގެ ކުރިން މަޖިލީހުން ބައެއް ގާނޫނުތައް ފާސްކޮށް، އެހެން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މީގެ ތެރެއިން އެންމެ މުހިންމު ކަމަށް ސަރުކާރުން ބުނަމުން އަންނަނީ ރިއަލް އެސްޓޭޓު ގާނޫނެވެ. އުޝާމް ވިދާޅުވީ މި ގާނޫނު ބޭނުން ވަނީ މިހާރު ރާއްޖޭގައި ނެތް ސިނާއަތެއް ތައާރަފުކުރަން މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

"ސަރުކާރު[ން] މަސައްކަތް މި ކުރަނީ، ރާއްޖޭގައި މިހާރު ނެތް ސިނާއަތެއް ކުރުމަށް ޓަކައި. މާނައަކީ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް އަޅުގަނޑުމެން ރާއްޖޭގައި އުފެއްދެވުމުގެ މަސައްކަތް މި ކުރަން މި އުޅެނީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، ރިއަލް އެސްޓޭޓު ގާނޫނެއް ވުޖޫދުކުރަން ޖެހެނީ މިހާރު އޮތް ގާނޫނީ ފްރޭމްވޯކްގެ ތެރޭގައި، ސަރުކާރުން އެ ބުނާ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް، އުފެއްދުން ނެތުމުންނެވެ.

ރިއަލް އެސްޓޭޓު ގާނޫނެއް ވުޖޫދުކުރަންޖެހޭ ވާހަކަ އުޝާމް އިއުލާންކުރެއްވުމާއެކީ ގިނަ ބަޔަކު ވަނީ ރަސްމާލެ ޕްރޮޖެކްޓަށް ހާއްސަކޮށްގެން ގާނޫނެއް ވުޖޫދު ކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހެން ނަމަވެސް އުޝާމް ވަނީ ރިއަލް އެސްޓޭޓު ގާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން އެކުލަވާލާ ގާނޫނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި، މި ގާނޫނާއެކީ ރާއްޖޭގައި ރިއަލް އެސްޓޭޓު ޕްރޮޖެކްޓުތައް ހިންގުމުގެ ފުރުސަތު ބިދޭސީ އަދި ދޭސީ ވިޔަފާރިތަކަށް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

"މި ގާނޫނުގެ ދަށުން ރާއްޖޭގެ އެ ހުރިހާ ސަރަހައްދެއްގައި ވެސް މިފަދަ ރިއަލްސްޓޭޓް ޕްރޮޖެކްޓް ހިންގުމުގެ ފުރުސަތު އޮންނާނެ. ބޭރު ކުންފުނިތަކަށް ވެސް އޮންނާނެ. އަދި ރާއްޖޭގެ ކުންފުނިތަކަށް ވެސް އޮންނާނެ. އެ ގޮތަށް މި ރާވަން، މި ގާނޫނު އެކުލަވާލަނީ،" އުޝާމް ވިދާޅުވި އެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓު ޕްރޮޑަކްޓެއް ކަމަށް ސަރުކާރުން ބުނާއިރު، ޓޫރިޒަމް ގާނޫނުން އޮންނަނީ ރިއަލް އެސްޓޭޓު ތަރައްގީކޮށްގެން، އެ ތަންތަން ދިގުމުއްދަތަކަށް ކުއްޔަށް ދެވޭ ގޮތަށެވެ.

އޭގެ އިތުރުން، ސަރުކާރަށް މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ މި ޕްރޮޖެކްޓަކީ ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ވަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. ސަރުކާރުން އެއްވެސް އަގެއް ނުނަގާ ރަސްމާލޭގެ 500 އަށް ވުރެ ބޮޑު ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްލި ސަބަބަކީ ވެސް މި ގޮތުން ލިބެން އޮތް އާމްދަނީ އެވެ. 

މިހެންކަމުން، ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް ތައާރަފުކުރާ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox