ބޭރުގެ ކުންފުންޏަކަށް ރަސްމާލެ އުމުރަށް ދޫކޮށްލުމާ ދެކޮޅަށް ތެދުވާ ދީނީ އިލްމުވެރިން ގިނަވާން ފަށައިފި

Sep 27, 2026, 6:16 PM
ރަސްމާލެ ތަރައްގީ ކުރާނެ ކަމަށް އީގަލް ހިލްސް އިން ބުނާ ގޮތް: އެތަން ދޫކޮށްލަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ ނުލިބޭ ގޮތަށް -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ ތަރައްގީ ކުރާނެ ކަމަށް އީގަލް ހިލްސް އިން ބުނާ ގޮތް: އެތަން ދޫކޮށްލަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ ނުލިބޭ ގޮތަށް -- ފޮޓޯ: އީގަލް ހިލްސް

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް މުޅި އުމުރަށް ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކާ ދީނީ އިލްމުވެރިން ގިނަވާން ފަށައިފި އެވެ.

އީގަލް ހިލްސްއަށް ރަސްމާލޭގެ ބިމުގެ 500 ހެކްޓަރު ދޫކޮށްލަނީ 99 އަހަރަށެވެ. އެކަމަކު، އެގްރިމެންޓު ހަދާފައި ވަނީ އެތަނުގައި އިމާރާތް ކުރާ އެޕާޓްމަންޓުތަކާއި އެހެން ތަންތަން ދުވަހަކު ވެސް ދިވެހިންނަށް ނުލިބޭ ގޮތަށެވެ. 

ބިދޭސީ މަހުޖަނުންނަށް ދާއިމީކޮށް ދިރިއުޅެވޭ ގޮތަށް ހަދާ ރަސްމާލޭގެ އެޕާޓްމަންޓެއް ވިއްކާލުމުން ނުވަތަ ވާރުތައިން ދިނުމުން އަލުން 99 އަހަރުގެ ލީސްއެއް ލިބޭނެ އެވެ.

ރަސްމާލެ ދިނުމާ ދެކޮޅަށް އިއްޔެ ޝެއިހް ފަޒްލޫން މުހައްމަދު ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ އިތުރުމުން ޑރ. މުހައްމަދު އިޔާޒް އާއި ޝެއިހް ޒަމްޒަމް ފާރިޝް ވަނީ ރަސްމާލެ އުމުރަށް ދޫކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. 

ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ޝެއިހް ފާރިޝް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރަސްމާލެ ދެނީ ދިވެހިންނަށް އެތަން އަނބުރާ ނުލިބޭ ގޮތަށް ކަމަށާއި އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. 

"ރަސްމާލެ ބިން ވިއްކާލި ވާހަކަ ދެކެވޭތީ އީގަލް ހިލްސްގެ ވެބްސައިޓު މިރޭ ބަލާލައިފިން. އެ ސައިޓުގައި އެވާގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ނަމަ... އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ސަބަބުން އެ ބިން އެޔޮތީ ދިވެހީން އަތުން ތާއަބަދަށް ގެއްލިގެން ގޮސްފަ،" އޭނާ ބުނެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ޑރ. އިޔާޒް ވިދާޅުވީ، ރަސްމާލެ އެގްރިމެންޓުގެ ހަގީގަތް ރައްޔިތުންނަށް ސަރުކާރުން ކިޔައިދޭންޖެހޭ ކަމަށެވެ. 

"ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާތިނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. ދިގު މުއްދަތަކަށް ރާއްޖޭގެ ބަޔެއް ބޭރުބަޔަކަށް ކުއްޔަށް ދިނުމަކީ ގައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަބަޔަކު ބުނަމުންދާއިރު، އަދި އެކަމުގެ ފުރަގަހުގައި އަޑިނޭނގޭ އެތަށް ކަމެއް ހުރިކަމަށް ތުހުމަތު ކުރެވެމުންދާއިރު އެކަންކަމުގެ ހަގީގަތް ބަޔާންކޮށް ސާފުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް،" އިޔާޒް ވިދާޅުވެފައިވެ އެވެ. 

އެންމެ ފުރަތަމަ އެކަމަށް ފާޑުވިދާޅުވި، ޝެއިހް ފަޒްލޫން އިއްޔެ ވިދާޅުވެފައި ވަނީ ބޭރުގެ ބަޔަކަށް ރަސްމާލެ ދޫކޮށްލުން ހުއްޓުވަންޖެހޭނެ ކަމަށެވެ.

"މިއީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުނައްވެސް ދިވެހިރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަކަށް ލިބޭ ގޮތައް ފަރުމާކޮށް، ދިވެހި ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭނގޭ އަނދިރި ޖަރީމާއެއް. މިއަދު މިކަމާ ދެކޮޅު ނަހަދައިފިނަމަ މާދަމާ ހިތާމަކުރަންޖެހޭނެ. ގައުމުގެ އަމްނާ އަމާންކަމާ އިސްތިގުލާލު ގެއްލިގެން ދިއުމުގެ ކުރިން މިކަމާ ދެކޮޅުހަދަންޖެހޭ،" ފަޒްލޫން ބުނެފައިވެ އެވެ. 

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފަރުމާކޮށްފައި ވަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ އެތަން ނުލިބޭ ގޮތަށެވެ. 

ރަސްމާލެއިން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ އެވެ. އެގޮތަށް ކިތަންމެ ފަހަރަކު ވެސް އެތަން ވިއްކާލެވިދާނެ އެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" ރަސްމާލެ ހޯދި އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox