ރަސްމާލެ ހޯދި ޔޫއޭއީގެ ކުންފުނިން ނެރުނު ނޫސް ބަޔާން ބަދަލުކޮށްފި

Sep 27, 2026, 7:36 PM
ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން: ބަޔާން ބަދަލު ކުރީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން: ބަޔާން ބަދަލު ކުރީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ ހޯދި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުނިން އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން ބަދަލުކޮށްފި އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެ ދެނީ ކުއްޔަށް ކަމަށާއި ދެނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް ރަސްމާލޭގެ ހުރިހާ ޕްރޮޕަޓީއެއް ޓްރާންސްފާ އަދި ވާރުތަ ކުރެވޭނެ ކަމަށާއި އެއިން ކޮންމެ ފަހަރަކު 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ ކަމަށް އީގަލް ހިލްސް އިން ވެސް ބުނެ އެވެ. 

އީގަލް ހިލްސް އިން މިއަދު ބަދަލު ކުރީ ރަސްމާލެ ޕްރޮޖެކްޓުގައި ސޮއި ކުރި ދުވަހު ސެޕްޓެމްބަރު 21، ގައި ނެރުނު ނޫސް ބަޔާނެވެ. ބަދަލު ކުރީ 99 އަހަރަށް ބިން ލިބުމާއި ކޮންމެ ޓްރާންސްފާއަކާއެކު 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ ކަމަށް ބުނާ ބަޔެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ކުރި ބުނެފައިވެ އެވެ. 

އީގަލް ހިލްސްގެ ބަޔާން ބަދަލު ކުރި ގޮތް
އީގަލް ހިލްސްގެ ބަޔާން ބަދަލު ކުރި ގޮތް

ނަމަވެސް ނޫސް ބަޔާނުގެ އެ ބައި އީގަލް ހިލްސް އިން ފަހުން ވަނީ ބަދަލުކޮށްފަ އެވެ. ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށް ބުނާ ބައި މިހާރު ނޫސް ބަޔާނުން ވަނީ އުނިކޮށްފަ އެވެ. 

ނޫސް ބަޔާނުން އެބައި އުނިކޮށްފައި މި ވަނީ ދިވެހިންނަށް ދުވަހަކު ވެސް ރަސްމާލެ ނުލިބޭ ގޮތަށް އެގްރިމެންޓު ހެދިކަން ހާމަވެ، އެކަމާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު އަޑު އުފުލަން ފެށުމުންނެވެ. އަދި އާންމުންގެ ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން މރަސްމާލެ ދޫކޮށްލުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި މިނިސްޓަރު މުއްތަލިބު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. 

"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox