ރަސްމާލޭގެ އެގްރިމެންޓު ހާމަކޮށް، ބިދޭސީންނަށް ބިން މިލްކު ކުރެވުމާމެދު ކުރެވޭ ސުވާލުތަކަށް ޖަވާބުދޭން ފައްޔާޒް ގޮވާލައްވައިފި

ފައްޔާޒް އިސްމާއިލް: ގާނޫނަށް ބަދަލު ގެނަޔަސް، އެ ވާހަކަތައް ރައްޔިތުން ދައްކާނެކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ފައްޔާޒް އިސްމާއިލް: ގާނޫނަށް ބަދަލު ގެނަޔަސް، އެ ވާހަކަތައް ރައްޔިތުން ދައްކާނެކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓު ހާމަކޮށް، އެތަނުގެ ބިން ބިދޭސީންނަށް މިލްކު ކުރެވުމާމެދު އުފެދޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދޭން އިދިކޮޅު އެމްޑީޕީގެ ފައްޔާޒް އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ. 

ރަސްމާލެ ޕްރޮޖެކްޓުގައި އޭނާ ކަންބޮޑުވާ ކަންކަން ހުރި ކަމަށް ފައްޔާޒް އިނގިރޭސިބަހުން ނެރުއްވި ބަޔާނެއްގައި މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޕްރޮޖެކްޓު އެވޯޑު ކުރުމުގައި ދެފުށް ނުފެނުމާއި ރާއްޖެއަށް މާލީ ގޮތުން ގެއްލުންވާނެ ގޮތަށް އެގްރިމެންޓު ފަރުމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒްގެ ބަޔާނުގައި އޭނާ ވަނީ ފަސް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އެއީ

  • އެގްރިމެންޓު ހާމަކުރުން
  • ބިން މިލްކު ކުރެވުމާމެދު ކުރެވޭ ސުވާލަށް ޖަވާބު ދިނުން
  • އީގަލް ހިލްސްއަށްދޭ 500 ހެކްޓަރު ބިމުގެ އިވެލުއޭޝަނެއް ހެދުން
  • އީގަލް ހިލްސްއާއެކު އެގްރިމެންޓު ހެދި އެހެން ގައުމުތަކަށްވުރެ ބަލިކަށި އެއްބަސްވުމަކަށް ދިޔަ ސަބަބު ބަޔާން ކުރުން
  • ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ހާމަކޮށްފައި މެނުވީ ޕްރޮޖެކްޓު ކުރިއަށްގެންދަން ގާނޫނުން މަޖުބޫރު ނުކުރުން

ފައްޔާޒް ނެރުނު ބަޔާނުގައި، 99 އަހަރުގެ ލީސް ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކާލައިފި ނުވަތަ ވާރުތައިން ދީފި ނަމަ، އަލުން 99 އަހަރުގެ ކުލީގެ މުއްދަތެއް ފެށޭތީ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. 

"އޭގެ ސަބަބުން ކުއްޔަށް ދިން ބިން ދާއިމީ ގޮތެއްގެ ދިވެހިންގެ އަތުން ބީވުމަކީ ވެދާނެ ކަމެއް. އެއިރުން ހަގީގަތުގައި އެ އެގްރިމެންޓަކީ ފްރީހޯލްޑް އެގްރިމެންޓެއް،" ފައްޔާޒް ވިދާޅުވެފައިވެ އެވެ. 

ރަސްމާލެއިން ހިއްކާ 1100 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

ނަމަވެސް ރަސްމާލެ އީގަލް ހިލްސްއަށް ދިނީ މުޅި އުމުރަށް ވެސް ދިވެހިންނަށް އެތަން ނުލިބޭ ގޮތަށް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. އެތަނުން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ ކަމަށް އީގަލް ހިލްސް އިން ޔަގީންކަންނދެ އެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox