ސީރިއާގައި ދެ މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާއެކު ސޮއިކޮށްފި

Oct 6, 2026, 1:47 PM
ސީރިއާ އާއެކު އީގަލް ހިލްސްގެ ވެރިޔާ އަލްއައްބާރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ސީރިއާ އާއެކު އީގަލް ހިލްސްގެ ވެރިޔާ އަލްއައްބާރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ސީރިއާގައި ބޮޑު ދެ މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު އެ ގައުމުގެ ސަރުކާރުން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

އީގަލް ހިލްސްއަކީ ރަސްމާލެއިން 500 ހެކްޓަރު ދިނުމަށް ނިންމާފައިވާ ކުންފުންޏެވެ. އެ ކުންފުންޏަށް އެތައް ހަރަދެއްކޮށްގެން ހިއްކި ބިން 99 އަހަރަށް ދޫކޮށްލަނީ ހިލެ އެވެ.

ސީރިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް އަހުމަދު އަލް-ޝަރާއުގެ ހާޒިރުގައި މި އެއްބަސްވުމުގައި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލަބާރެވެ. ސީރިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރެވެ. 

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ދެ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދިމިޝްކުގައި އެޕާޓްމަންޓްތަކާއި، ވިލާތަކާއި، ހޯޓާތަކުގެ އިތުރުން ފިހާރަތައް ހިމެނޭ ގޮތަށް ތަރައްގީކުރާ ޓަވަރުތަކަކާއި ލަޓާކިއާގައި ރެސިޑެންޝަލް ހައުސިން، ފަތުރުވެރިކަމުގެ ވަސީލަތްތައް އަދި މެރީނާއެއް ހިމެނޭ ގޮތަށް ތަރައްގީކުރާ މެރީނާއެކެވެ.

ދިމިޝްކުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް 10 ބިލިއަނާއި 11 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އަދި ޓޫރިޒަމް ޕްރޮޖެކްޓަށް ފަސް ބިލިއަނާއި ހަތް ބިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް ކުރާނެ ކަމަށް މީގެކުރިން އީގަލް ހިލްސްއިން ހާމަކޮށްފައިވެ އެވެ.

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަޝްރޫއުތަކުގެ ޖުމްލަ އަގު  20 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ ރާއްޖޭގައި ހިންގާ މަޝްރޫއުގެ އަގު ކަމަށް ވެސް ދިވެހި ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް، އީގަލް ހިލްސްގެ ނޫސްބަޔާނުގައި އެ އަދަދުގެ ގޮތުގައި އޮތީ 12 ބިލިއަން ޑޮލަރެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ސީރިއާގައި 40،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އީގަލް ހިލްސްއިން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

އާ ގާނޫނަކާ ދެކޮޅަށް އިންޑިއާ ނޫސްތައް ކޯޓަށް

އިންޑިއާގައި އަލަށް އެކުލަވާލި އަމިއްލަ މިނިވަންކަމާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމަށް ހުރަސްއެޅޭ ކަމަށް ބުނެ، އެ ގައުމުގެ 21 މީޑިއާ އިދާރާއަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަނީ ޚަބަރުގައި ހިމެނޭ ފަރާތްތަކުގެ ހުއްދަ ހޯދަން މަޖުބޫރުވުމަކީ ނޫސްތައް ސެންސަރުކޮށް، ތަހުގީގީ ނޫސްވެރިކަން ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކަމަށް ބުނެއެވެ.

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox