ރައީސް މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

Oct 6, 2026, 12:03 PM
ރޭގެ ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބިދޭސީން ދިރިއުޅެން ރަސްމާލެ 99 އަހަރަށް ދިނުމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބިދޭސީން ދިރިއުޅެން ރަސްމާލެ 99 އަހަރަށް ދިނުމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ އަހަރަކު ރައީސް މުހައްމަދު މުއިއްޒު އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅާފައިވޭތޯ އާއި އެ ހުށަހެޅުއްވި މާލީ ބަޔާން ހޯދުމަށް "އަދަދު" އިން ކުރި ސުވާލުތަކަށް މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

އަދަދު ނޫހުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ސުވާލެވެ. އެއީ؛ 1. ރައީސް ޑރ. މުހައްމަދު މުއިއްޒު 2024، 2025، އަދި 2026 ވަނަ އަހަރު އޮޑިޓަ ޖެނެރަލް އޮފީހަށް މާލީ ބަޔާން ހުށަހެޅުއްވިތޯ؟ 2. ހުށަހެޅުއްވި މާލީ ބަޔާންގެ ކޮޕީއެއް ދިނުން.

ގާނޫނުއަސާސީގެ 120 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާގެ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަ ޖެނެރަލަށް ހުށަހަޅުއްވަންޖެހެ އެވެ.

Advertisement

މި މައުލޫމާތު ނުދިނުމަށް ރައީސް އޮފީހުން ބަހަނާއެއްގެ ގޮތުގައި ބޭނުންކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް ރައީސް އޮފީހުން ބުނެފައިވަނީ، "އަދަދު އޮންލައިން" އަކީ ގާނޫނީ ޝަހުސެއްކަން އެ އޮފީހަށް ކަށަވަރުވެފައިނުވާ ކަމަށެވެ. އަދި އެކަން ކަށަވަރުކޮށްދޭ ލިޔުމެއް ހިއްސާކުރުމުން ނޫނީ މައުލޫމާތު ފޯރުކޮށް ނުދެވޭނެ ކަމަށް އެ އޮފީހުން ޖަވާބުދީފައިވެ އެވެ.

ރައީސް އޮފީހުގެ މި ޖަވާބާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، މިއީ ރައީސް މުއިއްޒު ގާނޫނުއަސާސީގެ ދަށުން ކުރަން މަޖުބޫރުކޮށްފައިވާ ކަމެއްގެ މައުލޫމާތު ނުދިނުމަށް ދައްކާ ބަހަނާއެއް ކަމަށެވެ. 

"ރައީސް އޮފީހަށް އަދަދު ނޫސް ވެއްދުން މަނާކޮށްފައި އެ އޮތީ ގާނޫނީ ޝަހުސަކަށް ނުވޭތީތޯ؟ މިއީ އެންމެ ސުވާލެއް. ޖަވާބުދާރީ ނުވުމަށްޓަކައި އެ ބޭފުޅުން އެ ދައްކަވަނީ ހުސް ބަހަނާ،" ފިޔާޒު ވިދާޅުވި އެވެ.

މި މައުލޫމާތު ނުދިނުމަކީ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު ސީދާ ގާނޫނުއަސާސީ އާއި ގާނޫނާ ކަނޑައެޅިގެން ހިލާފުވުން ކަމަށާއި މި މައްސަލަ މިހާރު އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox