ފެނަކަ އުވާލާތީ ފުވައްމުލަކާއި އައްޑޫގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް

Sep 27, 2026, 10:04 PM
ޕްރޮޖެކްޓު ބަދަލު ކުރުމުގެ އެގްރިމެންޓުގައި ސޮއި ކުރުމުގެ ހަފުލާގެ ތެރެއިން: ފެނަކައިގެ އިތުރުން އާރްޑީސީ އުވާލަން ވެސް ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ޕްރޮޖެކްޓު ބަދަލު ކުރުމުގެ އެގްރިމެންޓުގައި ސޮއި ކުރުމުގެ ހަފުލާގެ ތެރެއިން: ފެނަކައިގެ އިތުރުން އާރްޑީސީ އުވާލަން ވެސް ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމާފައިވާތީ، އެ ކުންފުންޏާ ހަވާލުކޮށްފައި އޮތް ފުވައްމުލަކާއި އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއަށް ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. 

އެ އެއްބަސްވުމުގައި ސޮއި ކުރި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. 

އެ އެއްބަސްވުމުގެ ދަށުން އޮކްޓޯބަރު 13، ގެ ކުރިން އެ ޕްރޮޖެކްޓު ފެނަކައިން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރާނެ އެވެ. މިއަދު ސޮއި ކުރީ އެ މަސައްކަތް ކުރިއަށްގެންދިޔުމުގެ ފްރޭމްވޯކް އެގްރިމެންޓެއްގަ އެވެ.

ފެނަކަ އުވާލަން ސަރުކާރުން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސެޕްޓެމްބަރު 7، ގަ އެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކަ އުވާލުމަށްފަހު އެތަން އެމްޑަބްލިއުއެސްސީއާ އެއްކޮށްލާނީ ކަމަށެވެ. 

އޭގެ އިތުރުން، އާރްޑީސީ އުވާލައި އެތަން އެމްޓީސީސީއާ އެއްކޮށްލަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އާރްޑީސީއާ ހަވާލުކޮށްފައި އޮތް އައްޑޫ ލިންކު ހެދުމުގެ ޕްރޮޖެކްޓު އޭގެ ފަހުން ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެއީ 829 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. 

ހަމަ އެހެންމެ، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލު ކުރަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox