އެކްސްކްލޫސިވް: ހައުސިން މިނިސްޓްރީގައި ވަގަށް ހުޅުވާފައި ހުރީ ރަސްމާލޭ އެގްރިމެންޓު އޮތް ލޮކަރު

Sep 27, 2026, 5:16 PM
ހައުސިން މިނިސްޓްރީ ހުންނަ ދަރުބާރުގެ އިމާރާތް: ފުލުހުން ބުނީ ލޮކަރުން އެއްޗެއް ނުގެއްލޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހައުސިން މިނިސްޓްރީ ހުންނަ ދަރުބާރުގެ އިމާރާތް: ފުލުހުން ބުނީ ލޮކަރުން އެއްޗެއް ނުގެއްލޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގައި އުސޫލުން ބޭރުން ހުޅުވާފައި ހުރީ ބޭރުގެ ކުންފުންޏަކަށް ރަސްމާލެ ދޫކޮށްލަން ހަދައިގެން އުޅޭ އެގްރިމެންޓު އޮތް ލޮކަރުކަން އަދަދު އަށް ޔަގީންވެއްޖެ އެވެ. 

ހައުސިން މިނިސްޓްރީގެ ލޮކަރެއް އުސޫލުން ބޭރުން ހުޅުވާފައި ހުރިކަން އެނގުނީ މިދިޔަ ހުކުރު ދުވަހެވެ. ހަމަ އެ ދުވަހު ފުލުހުން ވަނީ މިނިސްޓްރީގެ އޮފީސް ހިންގާ ތަނަށް ގޮސް އެ މައްސަލަ ބަލަން ފަށައިފަ އެވެ. 

އެ ދުވަހު ހުޅުވާފައި ހުއްޓާ ފެނުނީ ރަސްމާލޭގެ ކޮންޓްރެކްޓުގެ ހާޑު ކޮޕީއެއް އޮތް ލޮކަރެއް ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަވަމުން ބުންޏެވެ. 

އެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ލޮކަރު ހުޅުވާފައި ހުރިކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ގޮސް ފުލުހުންގެ ހާޒިރުގައި މުވައްޒަފުން ލޮކަރު ޗެކްކުރިއިރު، އެތަނުން އެއްޗެއް ގެއްލިފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. 

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފަރުމާކޮށްފައި ވަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ އެތަން ނުލިބޭ ގޮތަށެވެ. 

ރަސްމާލެއިން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ އެވެ. އެގޮތަށް ކިތަންމެ ފަހަރަކު ވެސް އެތަން ވިއްކާލެވިދާނެ އެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" ރަސްމާލެ ހޯދި އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox