ބީއެމްއެލް އިން ބުނި ގޮތަށް ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް އަދިވެސް އާންމު ހާލަތަކަށް ނާދޭ

Sep 27, 2026, 8:16 AM
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް: އާންމުންނަށް އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ހާލަތު ރަނގަޅުވާނެ ކަމަށް ބޭންކުން ބުނެފައިވޭ -- ފޮޓޯ: އަދަދު ފައިލް

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް: އާންމުންނަށް އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ހާލަތު ރަނގަޅުވާނެ ކަމަށް ބޭންކުން ބުނެފައިވޭ -- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސްގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ޓްރާންސްފާ ކުރުމަށާއި ޓެލެގްރެފިކް ޓްރާންސްފާ ނުވަތަ ޓީޓީ ހިދުމަތަށް ދިމާވެފައިވާ ދަތިތައް އަދިވެސް ހައްލެއް ނުވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ. 

ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް ހަފުތާއެއްގެ ތެރޭގައި ހައްލުވާނެ ކަމަށް ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރު 19، ގަ އެވެ. ނަމަވެސް އޭގެ ފަހުން މިއަދަށް އަށް ދުވަސް ފާއިތުވިއިރު ވެސް އެ ދެ މައްސަލަ ހައްލުނުވާ ކަމަށް ވިޔަފާރިވެރިން ވަނީ ޔަގީންކަންދީފަ އެވެ. 

"ޓީޓީ އަދިވެސް ނުހެދޭ. ޑޮލަރު ވެސް ޓްރާންސްފާއެއް ނުކުރެވޭ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ބުނަން ވެސް ނޭނގޭހާ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދަނީ،" މި ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ. 

ޑޮލަރުގެ ޓްރާންސްފާގެ މައްސަލަ އާއި ޓީޓީ ހެދުމަށް ދަތިތަކެއް ދިމާވާ ކަމަށް ބީއެމްއެލް އިއުތިރާފުވީ، އެ މައްސަލަތައް ކުރިމަތިވަމުން އަންނަތާ އެތައް މަސްދުވަހެއް ފާއިތުވި ފަހުންނެވެ. 

"ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަ ކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައި،" ބޭންކުން ސެޕްޓެމްބަރު 19، ގައި ބުންޏެވެ. 

ޑޮލަރު ތާށިވުމުން ބޭންކުން ވަނީ ޑެޓިބް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތައް އިތުރަށް ހަނިކޮށްފަ އެވެ. މިހާރު ކޮންމެ ދުވަހަކު ވެސް މުޅި ރާއްޖެއަށް ކުރެވޭނީ އެންމެ 16 މިލިއަން ޑޮލަރުގެ ވިޔަފާރި އެވެ. އެ ފިޔަވަޅުތަކާއެކު ހަފުތާއެއްގެ ތެރޭގައި ޑޮލަރުގެ ހާލަތު ހަމައަކަށް އެޅޭނެ ކަމަށް ބޭންކުން ބުންޏެވެ. 

"މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރު މިންވަރު، ބޭންކަށް ލިބޭ ޑޮލަރާ އެއް ހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ އެހީތެރިވެދީފަ. މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާ ކުރެވޭ،" ބީއެމްއެލް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox