ހުލާސާކޮށް އިއްޔެ: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމުގެ ސިޔާސަތަށް ފާޑުކިޔުން

Aug 21, 2026, 6:00 AM
ބޭރު ފައިސާ މާރުކުރާ ތަނެއް އިއްޔެ ބަންދުކޮށްފައި.

ބޭރު ފައިސާ މާރުކުރާ ތަނެއް އިއްޔެ ބަންދުކޮށްފައި.

ޑޮލަރުގެ އަގު މައްޗަށްދާ ޚަބަރު ލިޔުން މަނާކުރުމަށާއި، ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ ވިޔަފާރިތައް ހުއްޓުވަން ސަރުކާރުން ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރާތީ، ޕެންޝަން އޮފީހުގެ ކުރީގެ ޗެއާމަން އަހުމަދު އިނާޒް ފާޑުވިދާޅުވެއްޖެއެވެ. އިނާޒް ވިދާޅުވީ ހުދުމުހުތާރު ސިޔާސަތުތަކަކުން ޑޮލަރުގެ ތާށިކަން ހައްލު ނުކުރެވޭނެ ކަމަށެވެ.

އިއުލާން ކުރާ ހުދުމުހުތާރު ސިޔާސަތަކުން ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: އިނާޒް

"ހުދުމުހުތާރު ސިޔާސަތުތަކާއި، ގާނޫނުތަކަކުން އިގްތިސާދުގެ ތެރޭގަ ރޭވި ހިނގާ ބާޒާރެއް [ބޭރު ފައިސާ ގަނެ ވިއްކުން] ކޮންޓްރޯލް ނުކުރެވޭނެ. އަދި އެ ބާޒާރުގައި މިވަގުތު އޮތް އުދާސް ކަމަށް ހައްލެއް ވެސް ނުލިބޭނެ،" އިނާޒް ވިދާޅުވެފައިވެ އެވެ. "އިގްތިސާދީ އަސާސްތަކަށް ގޮން ނުޖައްސަވާ."

މައުލޫމާތު ސިއްރުކުރުމަކީ އިގްތިސާދީ ހައްލެއް ނޫން

ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް މުހައްމަދު ސަރުވަޝް ވިދާޅުވީ، ޑޮލަރުގެ އަސްލު އަގު ފޮރުވުމަކުން ޑޮލަރެއް ނުއުފެދޭނެ ކަމަށެވެ. ކަޅު ބާޒާރުގެ އަގުތައް ޝާއިއުކުރުން މަނާކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ މައުލޫމާތު ސިއްރުކުރުމަކީ އިގްތިސާދީ ނުތަވަސްކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ.

އަސްލު އަގު ފޮރުވުމަކުން ޑޮލަރެއް ނުއުފެދޭނެ، މައުލޫމާތު ސިއްރުކުރުމަކީ އިގްތިސާދީ ނުތަވަސްކަމަށް އޮތް ހައްލެއް ނޫން: ސަރުވަޝް

އޭނާ ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ އަސްލު އަގު ފޮރުވުމަކުން ބޭރު ފައިސާގެ ތަދުކަން ހައްލެއް ނުވާނެއެވެ. އަދި މިއީ މައްސަލައިގެ އަސްލު ނޫން ކަމަށާއި، މިއީ ބޭންކުތަކަށް ޑޮލަރު ފޯރުކޮށްނުދެވުމުގެ ސަބަބުން ދިމާވާ ކަމެއްކަން އޭނާ ބަޔާންކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބްލޮކް ގްރާންޓް ކަނޑާލުން

މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ކަނޑާލަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ސަރުކާރުން ކަނޑާލައިފި

ބަޖެޓުގައިވާ ގޮތުން ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި 19،285،734 ރުފިޔާ ދޭންޖެހެ އެވެ. ޒަރީރު ނިންމީ އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ކަނޑާލުމަށެވެ. އެއިރުން ކައުންސިލަށް ދެން ލިބޭނީ އެންމެ 285،734 ރުފިޔާ އެވެ.

ސިޔާސީ ދާއިރާ

ރައީސް ނަޝީދު 2028 ގެ އިންތިހާބުގައި ވާދަނުކުރައްވާނެ

ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވާދަނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދައެއް ނުކުރައްވާނެ: ހަސަން ލަތީފު

"އަޅުގަނޑު ދަންނަ ރައީސް ނަޝީދެއް މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަށް ޕްރައިމަރީއަކަށް ނުނިކުންނަވާނެ،" ހަސަން ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވުން

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ޚިލާފަށް، ހަމައެކަނި ޔޫތު މިނިސްޓްރީގައިވެސް 386 ސިޔާސީ މުވައްޒަފުން ތިބިކަން ވަނީ ހާމަވެފައެވެ.

ޔޫތު މިނިސްޓްރީގައި އެކަނިވެސް 386 ސިޔާސީ މުވައްޒަފުން އެބަތިބި

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށް ރައީސް ވައުދުވެވަޑައިގަތް ނަމަވެސް، ހަމައެކަނި ޔޫތު މިނިސްޓްރީގައި 386 ސިޔާސީ މުވައްޒަފުން ތިބިކަން ވަނީ ހާމަވެފައެވެ. ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހާމަކުރަން ދެކޮޅު ހަދަމުންދާއިރު، މިހާރުވެސް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވައުދުވި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ބެލެވެއެވެ.

ބިންތައް ނެގުމާ ގުޅޭ ޕެޓިޝަން

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް ސަރުކާރުގެ ނުފޫޒާއެކު ހުށަހެޅި ޕެޓިޝަނެއްގައި 24 ގަޑިއިރު ތެރޭގައި 7500 ސޮއި ހަމަކޮށްފިއެވެ. ނަމަވެސް މިކަމާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.

މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ވެސް ސަރުކާރު ޕެޓިޝަނަށް 24 ގަޑިއިރު ތެރޭގައި ހަމަކުރެވުނީ 7500 ސޮއި

މި ޕެޓިޝަނުގައި ސޮއިކުރަން އެޗްޑީސީ، ފެނަކަ އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގައި، ސޮއިނުކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ. މިއީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށްފަހު، އެ ބިލު ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައްޔިތުންގެ ޕެޓިޝަނާ ދެކޮޅަށް ސަރުކާރުން އުފުލީ ބަރު ހަތިޔާރު

އާންމުންގެ ޕެޓިޝަނަށް އެހާ ބޮޑު ތަރުހީބެއް ލިބުމުން، ސަރުކާރުން ކަން ކުރީ ރިވެތި ހުރިހާ ގޮތަކާ ހިލާފަށެވެ. ފުރަތަމަ ކުރި ކަމަކީ، ސަރުކާރު އަޑީގައި އޮވެ، ރަށްރަށުގެ ބިންބިމާއި ފަޅުތައް އަތުލިޔަސް ހެޔޮ ކަމަށް ބުނާ "ޕެޓިޝަނެއް" މަޖިލީހަށް ވެއްދުމެވެ. ދެން، ދައުލަތުގެ ހުރިހާ ބާރެއް ޖަމާކޮށް ކުރަން ފެށީ މުޅި ޕެޓިޝަން ނިޒާމް ފުނޑާލުމުގެ މަސައްކަތެވެ.

އިދާރީ އަދި ޝަރުއީ ދާއިރާ

ޕެންޝަން އޮފީހުގެ ސީއީއޯ އައްޔަންކުރުމުގެ މައްސަލަ

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކުރީ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނު ފަރާތް ބާކީކޮށް، ރައީސް އޮފީހުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެވިއްޖެއެވެ. އިންޓަވިއުއިން އެއްވަނަ ހޯއްދެވީ އަހުމަދު ޒުހޫރު ކަމަށް މައުލޫމާތު ލިބެއެވެ.

ޔަޒްމީދަށް އިންޓަވިއުއިން ލިބުނީ ތިން ވަނަ، އޭނާ އައްޔަން ކުރަން ރައީސް އޮފީހުން ނުފޫޒު ފޯރުވި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންޓަވިއުއިން އެއްވަނަ އަހުމަދު ޒުހޫރު ހޯއްދަވާފައި ވަނިކޮށް، އެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކުރީ ރައީސް އޮފީހުގެ ނުފޫޒުންކަން ހާމަވެއްޖެއެވެ.

އޮރިޔާން ކާޑު ގެންގުޅުނު މީހެއްގެ ދައުވާ އަނބުރާ ގެންދިއުން

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އާދަމް އަދްލާން ލަތީފްގެ މައްޗަށް ކުރި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަނބުރާ ގެންގޮސްފައެވެ. މި ދައުވާތައް ގެންދިޔަ ސަބަބެއް ސާފެއް ނުވެއެވެ.

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހާ ސަރުކާރުން ސަލާމަތްކޮށްދީފި

މީގެ ކުރިން ވެސް އޭނާ ދޫކޮށްލަން ޕީޖީ އައްބާސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭނާގެ އަތުން އޮރިޔާން ކާޑު ފެނުމުން ވެސް އައްބާސް ފުރަތަމަ މަސައްކަތް ކުރެއްވީ އޭނާއަށް ދައުވާ ނުކުރާށެވެ.

ކުޅިވަރު

ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ބުނާ ވާހަކަ

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ތުރުކީގެ މީޑިއާތަކުން ފެތުރި ޚަބަރުތަކާ ގުޅިގެން އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ނޫހަކަށް ޖަވާބުދީފައެވެ.

އިސްލާމްވި ކަމަށް ދެކޭ ވާހަަކައާ ގުޅޭގޮތުން ރޮބާޓޯ ކާލޯސް ޖަވާބުދީފި

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފި. ސައުދީގެ ނޫހެއް ކަމަށްވާ އޯކާޒް އަށް ކާލޯސް ބުނިގޮތުގައި އޭނާ އިސްލާމްދީނަށް އިހުތިރާމް ކުރި ނަމަވެސް، ދީން ބަދަލުކުރި ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox