އަސްލު އަގު ފޮރުވުމަކުން ޑޮލަރެއް ނުއުފެދޭނެ، މައުލޫމާތު ސިއްރުކުރުމަކީ އިގްތިސާދީ ނުތަވަސްކަމަށް އޮތް ހައްލެއް ނޫން: ސަރުވަޝް

އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ބޭއްވި "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި މުހައްމަދު ސަރުވަޝް ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ބޭއްވި "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި މުހައްމަދު ސަރުވަޝް ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

ޑޮލަރުގެ އަސްލު އަގު ފޮރުވުމަކުން ޑޮލަރެއް ނުއުފެދޭނެ ކަމަށާއި އެއީ މުދާ އެތެރެކުރަންޖެހޭ މިންވަރު މަދުވެ ތަދުވެފައިވާ ބޭރު ފައިސާ ހޯދަން ކުރާ މަސައްކަތް ހުއްޓޭނެ ކަމެއް ނޫން ކަމަށް ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، މުހައްމަދު ސަރުވަޝް ވިދާޅުވެއްޖެ އެވެ.

ސަރުވަޝް އެހެން ވިދާޅުވީ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން ގާނޫނީގޮތުން މަނާކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އޭނާ ވިދާޅުވީ ބޭރު ފައިސާ މާރުކުރާ ކަޅު ބާޒާރު ނުވަތަ ޕެރަލެލް މާކެޓުތައް އުފެދުމަކީ އަސްލު މައްސަލަ ނޫން ކަމަށާއި އެއީ މައްސަލައެއް އުޅޭކަމުގެ ނިޝާނެއް ކަމަށެވެ.

"ޑޮލަރުގެ އަސްލު އަގު ފޮރުވުމަކުން ޑޮލަރެއް ނުއުފެދޭނެ، އަދި އެއީ މުދާ އެތެރެކުރަން ޖެހޭ މިންވަރު މަދުވާނެ ނުވަތަ ތަދުވެފައިވާ ބޭރު ފައިސާ ހޯދަން ކުރާ މަސައްކަތް ހުއްޓޭނެ ކަމެއް ވެސް ނޫން،" ސަރުވަޝް ވިދާޅުވި އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަނީ

ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގެ އަގުތައް ޚަބަރުގެ ގޮތުގައި ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ. މި ނިންމުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް.

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދެނީ ޑޮލަރަށް އޮންނަ ޑިމާންޑާ އެއްވަރަށް ބޭންކުތަކަށް ޑޮލަރު ފޯރުކޮށްނުދެވުމުގެ ސަބަބުން މާކެޓު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ކުޑަވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރުމަށެވެ.

އަދި، އެ މައުލޫމާތު ހާމަކުރާ ފަރާތްތައް ޖޫރިމަނާކުރަން ވެސް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެއީ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ސަރުވަޝް ވަނީ މިކަން ތަޖުރިބާކޮށްފައިވާ ދުނިޔޭގެ އެހެން ގައުމުތަކުން މިސާލުދައްކަވައިފަ އެވެ.

އެގޮތުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި 2015 ވަނަ އަހަރު ވެނެޒުއޭލާއިން އެޅި ފިޔަވަޅުތަކާއި 2020 ގައި ޒިމްބާބުވޭއިން އެޅި ފިޔަވަޅުތަކުގެ އިތުރުން، 2021 ގައި ނައިޖީރިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުކުތް ހިތި ނަތީޖާއިން އޭނާ މިސާލުދެއްކެވި އެވެ.

"މިއިން އެއްވެސް ފިޔަވަޅަކުން ޕެރަލަލް މާކެޓްތައް ނައްތައެއް ނުލެވުނު. އޭގެ ބަދަލުގައި، ބަދަލުވީ އަގުތައް ކަނޑައަޅާ ގޮތް. ޑޮލަރުގެ ތަދުކަމާއި ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުން ދެމިއޮތް،" ސަރުވަޝް ވިދާޅުވި އެވެ.

ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ވެނެޒުއޭލާއިން އެޅި ފިޔަވަޅަކީ އެ ގައުމުގެ ރަސްމީ ރޭޓާ ހިލާފަށް ފައިސާގެ އަގުތައް ހާމަކުރުމަކީ ދޮގު މައުލޫމާތު ފެތުރުންކަމަށް ކަނޑައެޅުމެވެ. އަދި، އެކަން ކުރާ ފަރާތްތަކަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހެދި އެވެ.

އެފަދަ މައްސަލަތަކުގައި 2015 އާއި 2018 އާ ދެމެދު ވެނެޒުއޭލާއިން 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ބޭރު ފައިސާގެ ރޭޓުތައް ހާމަކުރާ ވެބްސައިޓުތައް ހިންގާ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލި އެވެ. ނަމަވެސް، އެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ ތަދުކަމަށް އެއްވެސް ހައްލެއް އެ ނުލިބުނެވެ. ނަތީޖާއަކަށްވީ އެ ގައުމުގެ ކަޅު ބާޒާރު ސިއްރު ބާޒާރަކަށް ބަދަލުވެގެން ދިޔުމެވެ. ނަތީޖާ ގޯސްކޮށް ނުކުތުމުން، 2018 ވަނަ އަހަރު ވެނެޒުއޭލާއިން ވަނީ އެ ގާނޫނު އުވައިލައިފަ އެވެ.

އޭގެ ފަހުން، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ޒިމްބާބުވޭއިންނާއި ނައިޖީރިން ވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ އެކައުންޓުތައް ފްރީޒްކޮށް، ރޭޓުތައް އާންމުކުރުން ވެސް ހުއްޓުވި އެވެ. ނަމަވެސް، އެ ފިޔަވަޅުތަކުން އެ ދެ ގައުމުގައި ވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox