ޔޫތު މިނިސްޓްރީގައި އެކަނިވެސް 386 ސިޔާސީ މުވައްޒަފުން އެބަތިބި

Aug 20, 2026, 9:17 AM
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.... ފޮޓޯ: އަދަދު ސްޕޯޓްސް

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.... ފޮޓޯ: އަދަދު ސްޕޯޓްސް

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވީނަމަވެސް، ހަމައެކަނި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 386 އަށް އަރައިފި އެވެ. 

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ދަށުން އެކި ފަރާތްތަކުން ތަކުރާރުކޮށް ހުށަހެޅި ހުށަހެޅުންތަކަށް، ރައީސް އޮފީހުން އަދި ފިނޭންސް މިނިސްޓްރީތަކުން ވެސް ޖަވާބު ދީފައެއް ނުވެ އެވެ.

ނަމަވެސް ޔޫތު މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ ލިސްޓު އިތުބާރު ކުރެވޭ މަސްދަރަކުން އަދަދު ނޫހަށް ވަނީ ލިބިފަ އެވެ. އެއީ ސައްހަ ލިސްޓެއްކަން އެހެން ބައެއް މަސްދަރުތަކުން ވެސް ކަށަވަރުކުރެވުނެވެ. 

 ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ތަފްސީލު (386 މުވައްޒަފުން):

  • ޔޫތު އެސޯސިއޭޓް: 99
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 136
  • ޕޮލިޓިކަލް ޑިރެކްޓަރުން: 86
  • ޑެޕިއުޓީ މިނިސްޓަރުން: 39
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން: 17
  • ސްޓޭޓް މިނިސްޓަރުން: 4
  • ވަޒީރުންނާއި ވަޒީރުންގެ ފެންވަރު: 3 (މިނިސްޓަރު، ކޮމިޝަނަރ އޮފް ސްޕޯޓްސް، އަދި އެޑްވައިޒަރު)
  • އެހެނިހެން ހާއްސަ ސިޔާސީ މަގާމުތައް: 3 (ސްޕޯޓްސް ޑިސެންޓްރަލައިޒޭޝަން އެޑްވައިޒަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް، އަދި މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓް)

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ވަގުތު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ 922 މުވައްޒަފުންނެވެ. އެއީ؛

  • ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  • ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 ބޭފުޅުން
  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  • ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 8 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 4 ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅުން
  • އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން

ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކީ ސިޔާސީ މުވައްޒަފުންގެ މުޅި ޖުމްލަ 700 އަށް ވުރެ އިތުރު ނުކުރުން ކަމަށް ވާއިރު، ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި އެ މައުލޫމާތުންވެސް ވައުދަށް ވުރެ 222 މުވައްޒަފުން އިތުރުވެފައިވާކަން ސާފުވެ އެވެ.

މިހާރު ކެބިނެޓުގައި ތިއްބެވީ 16 ވަޒީރުން ކަމަށް ވާއިރު، އެހެން އޮފީސްތަކާއި މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުންގެ ވަކިވަކި ތަފްސީލުތައް ސަރުކާރުން އަދިވެސް ހާމައެއް ނުކުރެ އެވެ.

ނަމަވެސް، އެންމެ މިނިސްޓްރީއެއްގައި 386 ސިޔާސީ މުވައްޒަފުން ތިބިއިރު، އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ބުނެފައި ވަނީ ސިޔާސީންގެ އަދަދު 2000 އަށް ވުރެ މަތިވާނެ ކަމަށެވެ. 

މި ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ކުރިން ހިންގަމުން ދިޔައީ ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގަ އެވެ. ނަމަވެސް އޭޕްރީލް މަހު އޭރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ހިމެނޭ ގޮތަށް ގިނަ ވަޒީރުންތަކެއް މަޖުބޫރުވެގެން އިސްތިއުފާ ދެއްވުމުން، ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީގެ ޒިންމާތައް ވަނީ އެއް މިނިސްޓްރީއަކަށް ބަދަލުކޮށްފަ އެވެ. 

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އެކި ގިންތީގެ މަގާމުތަކަށް ވެސް ސިޔާސީ ގޮތުން މީހުން ވައްދާފައި އެބަ ތިއްބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox