މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ސަރުކާރުން ކަނޑާލައިފި

Aug 20, 2026, 6:53 PM
މާލޭގެ މޭޔަރު އާދަމް އާޒިމް: ކައުންސިލުން އެ މައްސަލައިގައި މަޝްވަރާ ކުރަން އެދިފައި -- ފޮޓޯ: ކައުންސިލް

މާލޭގެ މޭޔަރު އާދަމް އާޒިމް: ކައުންސިލުން އެ މައްސަލައިގައި މަޝްވަރާ ކުރަން އެދިފައި -- ފޮޓޯ: ކައުންސިލް

ފާސްކޮށްފައިވާ ޖަބެޓާ އެއްގޮތަށް ފިނޭންސް މިނިސްޓްރީ އިން މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާ ކަނޑާލަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ނިންމަވައިފި އެވެ. 

ދިވެހިރާއްޖޭގެ އާބާދީގެ 42 ޕަސެންޓު ދިރިއުޅޭ މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ހިންގަން އޮންނަ ސިޓީ ކައުންސިލަށް ލިބެންޖެހޭ ބްލޮކް ގްރާންޓް ކަނޑާލަން ޒަރީރު ނިންމެވީ، ސިޓީ ކައުންސިލުން ދައުލަތުގެ ކުނި އުކާ ކުންފުނި ވެމްކޯއަށް ފައިސާތަކެއް ދައްކަންޖެހިފައި އޮތުމުންނެވެ. 

ބަޖެޓުގައިވާ ގޮތުން ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި 19،285،734 ރުފިޔާ ދޭންޖެހެ އެވެ. ޒަރީރު ނިންމީ އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ކަނޑާލުމަށެވެ. އެއިރުން ކައުންސިލަށް ދެން ލިބޭނީ އެންމެ 285،734 ރުފިޔާ އެވެ. 

އެ މައްސަލައިގައި ސިޓީ ކައުންސިލުން މިއަދު ޒަރީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ބްލޮކް ގްރާންޓް ކަނޑާލައިފި ނަމަ އެ ކައުންސިލުގެ މުވައްޒަފުންނަށް މުސާރަ އާއި އެލެވެންސް ނުދެވޭނެ ކަމަށެވެ. 

"ދެންނެވިފައިވާ ފަދައިން 19 މިލިއަން އުނިކުރައްވައިފި ނަމަ އޯގަސްޓު، 2026، ގައި މި އިދާރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އެލަވެންސް ދިނުމަށާއި އޮފީސް ހިންގުމުގެ އެހެނިހެން ހަރަދު ކުރުމަށް ދަތިވާނެ،" ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. 

އެ ސިޓީގައި ކައުންސިލުން އެދިފައި ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox