ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދައެއް ނުކުރައްވާނެ: ހަސަން ލަތީފު

Aug 20, 2026, 5:20 PM
ހަސަން ލަތީފް އަދަދު އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ނަޝީދަކީ ބޭބޭފުޅުންނަށް ލަނޑުދެއްވާނެ ބޭފުޅެއް ނޫން ކަމަށް -- ފޮޓޯ: އަދަދު

ހަސަން ލަތީފް އަދަދު އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ނަޝީދަކީ ބޭބޭފުޅުންނަށް ލަނޑުދެއްވާނެ ބޭފުޅެއް ނޫން ކަމަށް -- ފޮޓޯ: އަދަދު

މީގެ ދެ އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވާދަނުކުރައްވާނެ ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. 

ނަޝީދާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ހަސަން، އަދަދު އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، 2028 ގެ އިންތިހާބުގައި ނަޝީދު ވާދަ ނުކުރައްވާނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށެވެ. 

"އަޅުގަނޑު ދަންނަ ރައީސް ނަޝީދެއް މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަށް ޕްރައިމަރީއަކަށް ނުނިކުންނަވާނެ،" ހަސަން ވިދާޅުވި އެވެ. 

ހަސަން ވިދާޅުވީ، ސިޔާސީ ގޮތުން ބަލާއިރު ވެސް، ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަ ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

"ސިޔާސީ ނިންމުމެއްގައި އެވަގުތަށް އެންމެ ރަނގަޅު ގޮތްގޮތް ނިންމާފާނެ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެހެންވީމައޭ [ސިޔާސީ ނިންމުމެއް ވީމައޭ] އަޅުގަނޑަށް ގަބޫލު ނުކުރެވެނީ މިފަހަރު ރައީސް ނަޝީދު ނުކުމެވަޑައިގެންފާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. 

މީގެ ކުރިން ނަޝީދު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމުގެ ބަދަލުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދު ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް އެގޮތަށް އިއުލާނު ކުރެއްވި ނަމަވެސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ސިޔާސީ ވާދަވެރިން ދަނީ ބުނަމުންނެވެ. 

އެކަމަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދަކީ އެއްވެސް މީހަކަށް ލަނޑުދެއްވަމުން ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. 

"އަޅުގަނޑަކަށް ހިޔެއް ނުވޭ ރައީސް ނަޝީދަކީ އެކަހަލަ ބޭފުޅެއް ކަމަށް... އަޅުގަނޑަކަށް ނުފެނޭ އެގޮތަކަށް ބޭބޭފުޅުންނަށް ލަނޑުދެއްވަމުން ވަޑައިގަންނަވާ ބޭފުޅެއް ގޮތަކަށް،" އޭނާ ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވައި، ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވީ ރާއްޖެ ހިންގާ ގޮތަށް ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި އުފަންކޮށްފައިވާ "ބޮޑު ބަދަލު" ޑޮކިއުމެންޓު ފާސްކުރުމަށެވެ. 

"މި ބަދަލުތައް، ބޮޑު ބަދަލު ގެނައުމަށްޓަކައި، އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox