ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ހަދަނީ

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު މައުލޫމާތު ދެއްވަނީ: އޭނާ ވިދާޅުވީ ޑޮލަރުގެ ފިކްސްޑް އަގު ހިފެހެއްޓޭނީ އެމްއެމްއޭގައި ޑޮލަރު އިތުރުކޮށްގެން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު މައުލޫމާތު ދެއްވަނީ: އޭނާ ވިދާޅުވީ ޑޮލަރުގެ ފިކްސްޑް އަގު ހިފެހެއްޓޭނީ އެމްއެމްއޭގައި ޑޮލަރު އިތުރުކޮށްގެން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރާއިރު، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައވްަރު ވިދާޅުވީ، މިހާރު އޮންނަ ގޮތަށް ބޮލަަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކުރަން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. 

މި ބަދަލުތައް ގެންނަން ބޭނުންވާ ސަބަބެއް ކަމަށް މުނައްވަރު ވިދާޅުވީ، ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ކަނޑައެޅުމުގެ މާލީ ބާރުވެރިކަން އެމްއެމްއޭއަށް ނެގުމެވެ. އޭނާ ވިދާޅުވީ، މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ މަރުކަޒީ ބޭންކަށް ވަންނަ ޑޮލަރުތައް އިތުރުކޮށް، ޑޮލަރުގެ ރިޒާވެއް ގާއިމު ކުރެވިގެން ކަމަށެވެ. 

"އަޅުގަނޑުމެން އެހެން ގައުމުތަކަށް ބަލާއިރުގައި މިސާލަކަށް ފިކްސްޑް ރެޖީމެއްގައި ވެއްޖިއްޔާމުން ރިޒާވު ހުންނާނެ އަޅުގަނޑުމެންނަށް މިސާލަކަށް އެ އެ ބޭނުންވާ ވަރަކަށް އިންޓަވެންޝަން ކުރެވޭ." މުނައްވަރު ވިދާޅުވި އެވެ.

އެމްއެމްއޭގައި ޑޮލަރު ރިޒާވު އިތުރުކޮށް، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މުނައްވަރު ވިދާޅުވި ގޮތުގައި، އެމްއެމްއޭއަށް މާރުކުރާ ޑޮލަރު އިތުރުކުރެވިގެން ކަމަށެވެ. އަދި، މިއީ އެމްއެމްއޭގެ ހުރިހާ ގަވަރުނަރު ވެސް ހިއްސާކުރެއްވި އަދި އިއްތިފާގުވާ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ބަދަލުގެ އިތުރުން، މިހާރު އޮންނަ ތިން މަސް ދުވަހުގެ ބަދަލުގައި ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ވެސް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ، އާމްދަނީ ލިބޭ ކަމުގައި ވަނީ ނަމަ، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަ ކުރަނީ ކޮން ގޮތަކަށް ކަންކަން ބެލޭނެ އުސޫލުތަކެއް ގާނޫނުގައި ހިމަނަން ވެސް ވަނީ ނިންމާފަ އެވެ. 

ގަވަރުނަރު މި ބަދަލުތައް އިއުލާންކުރެއްވިއިރު، ރިސޯޓުތަކަށް ޑޮލަރުގެ އިހުތިޔާރު އުވާލަން ގާނޫނު ބަދަލުކުރުމުގެ ބިލު މިހާރު ވެސް އޮތީ ރައްޔިތުންގެ މަޖިލީހުގައި އެވެ. މި މަހުގެ 12 ގައި މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި މި ބިލުގެ މިހާރު ކުރިއަށް ދަނީ ކޮމިޓީ މަރުހަލާ އެވެ.

ކޮމިޓީ މަރުހަލާގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ އެމްއެމްއޭއިން ހުށަހެޅި ކަންކަމުގެ އިތުރުން، ކަޅު ބާާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ވާހަަކަ ދެއްކުން މަނާކުރާށާއި ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ ނަމަ ޖޫރިމަނާކުރަން ވެސް ގާނޫނުގައި ހިމަނަން ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox