ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ "އަނގަވަތަށް ވެއްޓިފައި"، ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން

Nov 20, 2026, 10:05 AM
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސްއަށް ދީގެން ތަރައްގީކުރަން ނިންމާފައިވާ ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި "އަނގަވަތަށް ވެއްޓިފައި" ވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ދިވެހި ރައްޔިތުން ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށާއި، އެކަމާ ގުޅޭ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލުން ބައެއް ވަކިކޮށް، ބޭރު ބަޔަކު ވަޒަންވެރިކުރުވުމަށް ހިންގާ ހީލަތްތެރި ރޭވުމެކެވެ.

"ރައްޔިތުންގެ ދަރުބާރުގައި މުއިއްޒު ހަމަ އަނގަވަތަށް ވެއްޓިފައި އޮތް މައްސަލައެއް މިއީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މުއިއްޒަކަށް ދިވެހިރާއްޖޭގެ ރައްޔިތުން ދެވަނަ ދައުރެއް ނުދޭނެ އިނގޭތޯ. ނުދޭނެ، ނުދޭނެ އިނގޭތޯ."

"އަނގަވަތަށް ވެއްޓުން" މި މަޖާޒީ ބަސް ބޭނުންކުރެވެނީ މީހަކު ކުރާ ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވަރަށް ބޮޑަށް ލަދުގަންނަ ގޮތް ވުމުން، ނުވަތަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ އާންމުންގެ ކުރިމަތީގައި އަގުވެއްޓި، ބޭޒާރުވުމުގެ މާނައިގަ އެވެ.

ރަސްމާލެ ދޫކޮށްލާ ބިލަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އެ ބިލުގައިވާ ގޮތުން ރަސްމާލެއިން ބިން ދެނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި، އޭގެ ސަބަބުން ދުވަހަކުވެސް އެ ބިން ދިވެހި ދައުލަތަށް އަނބުރާ ނުލިބޭނެ ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް ރަސްމާލެއަކީ ދިވެހި ދައުލަތުގެ ސިޔާދަތު ހިނގާ ތަނެއް ނޫން ކަމަށް ސީދާ ލިޔުމުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި މިއީ ޔަހޫދީން ވަޒަންވެރި ކުރުވަން ހިންގާ މަޝްރޫއުއެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރިޔަސް، ޔަހޫދީން ރާއްޖޭގައި ވަޒަންވެރިވެ އުޅުމަށް ހުރަހެއް ނެތް ކަމަށާއި ގިނަ އަދަދެއްގެ ޔަހޫދީން ދިރިއުޅެމުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި، އެ ގައުމުތަކުގެ ވެސް ރަށްވެހިންގެ ގޮތުގައި އެ ގައުމުތަކުގެ ޕާސްޕޯޓުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ އެ މީހުން ރާއްޖެ އައުމާއި ވަޒަންވެރިވުމަށް އަދި އެ މީހުން ރަސްމާލޭގައި ވަޒަންވެރިވެ ދިވެހިންނާ ކައިވެނިކޮށް އުޅުމަށް ވެސް ހުރަހެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. 

ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ހިމިތީ ސައުދީ އަރަބިއްޔާއަށް ދޭން އުޅުނު ކަމަށް ބުނެ، އޭރު އެ މަޝްރޫއަށް ތާއީދުކުރި ނަމަވެސް މިހާރު ރައީސް މުއިއްޒަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް އެމަނިކުފާނު ރޭ ރައްދު ދެއްވިއެވެ.

ޔާމީން ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއަކީ ރައްޔިތުންގެ ފައިސާއިން ބިން ހިއްކައިގެން ހިންގަން އުޅުނު މަޝްރޫއެއް ނޫން ކަމަށާއި، އެއީ ގިނަވެގެން 99 އަހަރަށް އިގުތިސާދީ މަސައްކަތްތަކަށް ދޭން އުޅުނު މަޝްރޫއެއް ކަމަށެވެ. އަދި އެއީ ބަޔަކު ވަޒަންވެރިކުރުވާ ޕްރޮޖެކްޓެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވެ، ރަސްމާލެ މަޝްރޫއާއި ފ. އަތޮޅުގެ މަޝްރޫއު "އުޑާ ބިމާހާ ތަފާތު" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އަސަރު ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ރަސްމާލޭގައި ކުރިއަށްދަނީ ފޮރިން އިންވެސްޓްމަންޓެއް ނޫން ކަމަށާއި، އެއީ ބަޔަކު ގެނެސް ވަޒަންވެރިކުރުވުން ކަމަށެވެ.

މިއީ ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަމެއްތޯ ބެލުމަށްޓަކައި ރައްޔިތުންގެ އާންމު ވޯޓަކަށް ދާންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ވޯޓެއްގައި ރައީސް މުއިއްޒަށް ފަސް ޕަސެންޓު ވެސް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox