ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހާ ސަރުކާރުން ސަލާމަތްކޮށްދީފި

Aug 20, 2026, 6:31 PM
ސަރުކާރުން ދޫކޮށްލި ކުށްވެރިޔާ: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ވެސް ގެންގުޅުނު -- ފޮޓޯ: ޕޮލިސް

ސަރުކާރުން ދޫކޮށްލި ކުށްވެރިޔާ: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ވެސް ގެންގުޅުނު -- ފޮޓޯ: ޕޮލިސް

ކުޑަކުދިންތަކެއްގެ އޮރިޔާން ކާޑާއެކު ހައްޔަރު ކުރި މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެއް އަނބުރާ ގެންގޮސްފި އެވެ. 

އާދަމް އަދްލާން ލަތީފް، 22، ގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. ދައުވާތައް އަނބުރާ ގެންދިޔަ ސަބަބެއް އަދި ނޭނގެ އެވެ. 

އަދްލާނުގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ ކުޑަކުދިންގެ އޮރިޔާން އުފެއްދުމާއި ކުޑަކުދިންގެ އޮރިޔާން ކޮމްޕިއުޓަރު ސްޓޯރޭޖެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. 

މީގެ ކުރިން ވެސް އޭނާ ދޫކޮށްލަން ޕީޖީ އައްބާސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭނާގެ އަތުން އޮރިޔާން ކާޑު ފެނުނު ތުހުމަތު އޮއްވައި އައްބާސް ފުރަތަމަ މަސައްކަތް ކުރެއްވީ އޭނާއަށް ދައުވާ ނުކުރާށެވެ. 

އަދްލާނުގެ މައްޗަށް އައްބާސް ދައުވާ އުފުލީ، ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް އެދުމުންނެވެ. އޭނާގެ އަތުން ވަރަށް ގިނަ އަދަދެއްގެ އޮރިޔާން ކާޑު ފެނުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ.  

"މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ އެ ތަކެތިން ވަނީ ފެނިފަ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭ،" އެ މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. 

ފުލުހުން ބުނީ އޭނާއަކީ ކުޑަކުދިންގެ އޮރިޔާން ފޮޓޯ ވިއްކާ ނެޓްވޯކެއްގެ މީހެއް ކަމަށެވެ. އޭނާ ފޮޓޯ ވިއްކަމުންދިޔައީ ކްރިޕްޓޯ ކަރެންސީ ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ. ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަޒީފާ އަދާ ކުރީ މޯލްޑިވިއަންގަ އެވެ. ނަމަވެސް އެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. 

އޭގެ އިތުރުން، ލައިގެން ހުރި ޖަނގިޔަލުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މީހަކަށް ދައުވާ ކުރުމަށްފަހު ވެސް ސަރުކާރުން ވަނީ އޭނާ ސަލާމަތްކޮށްފަ އެވެ. ސަލާމަތްކޮށްދިން މީހާއަކީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox