އަނގަ ބަންދުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލެއް ނުކުރެވޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޑޮލަރުގެ މައްސަލަ ސަރުކާރުން ގޯސްކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ޝަރުހާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޑޮލަރުގެ މައްސަލަ ސަރުކާރުން ގޯސްކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ޝަރުހާން

ރާއްޖޭގައި ހުއްޓުމެއްނެތި އުފުލެމުންދާ ޑޮލަރު ރޭޓުގެ މައްސަލަ އަނގަބަންދުކޮށްގެން ހައްލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 

ތިނަދޫ ސިޓީގައި މީހުން އަލަށް އާބާދުވިތާ 60 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން އެވާހަކަ ދެއްކުން ހުއްޓުވަން ރައްޔިތުންގެ އަނގަ ބަންދުކުރިޔަސް އެ މައްސަލައެއް ހައްލު ނުވާނެ ކަމަށެވެ. 

"ގައުމީ މަސްލަހަތު އިސްކޮށްގެން، މިކަހަލަ ގައުމީ ބޮޑެތި މައްސަލަތަކާ [ޑޮލަރުގެ މައްސަލަ] ދޭތެރޭގައި ވާހަކަދެއްކުން ހުއްޓުވާލައިގެން، އަނގަބަންދުކޮށްގެންހެއްޔޭ މިކަންކަން ހައްލުކުރަނީ. އެޔެއް ނޫން ދެއްތޯ،" ޔާމީން ވިދާޅުވި އެވެ. 

Advertisement

ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ނުކުމެ ރައްޔިތުންނަށް ކިޔައިދޭނަމަ ރައްޔިތުންނަށް ހަމަޖެހުމެއް އަންނާނެ ކަމަށެވެ. 

ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ކިޔައިދިނުމުގެ ބަދަލުގައި ގާނޫނަށް ބަދަލުތައް ގެނެސްގެން މިހާރު މަނާކުރާ ކަންކަމުން މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ކަންކަން ގޯސްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފިނޭންސް މިނިސްޓަރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ނުކުމެ މިކަން ހައްލުކުރާނެ ގޮތްތަކެއް ކިޔައިދީ.  އަޅުގަނޑުމެން އުފާވާނެ. ރައްޔިތުންނަށް ހަމަޖެހުން އަންނާނެ. އެކަމަކު މިކަން ކިޔައިދިނުމުގެ ބަދަލުގައި ގާނޫނުން މިކުރާ ކޮންމެ ކަމެއް މަނާކުރުމަކުން އަދި އެކަމެއް އަޅުގަނޑުމެންނާ ބީވެގެން ދަނީކީ ނޫން. އޭގެއިތުރުން އެބޭފުޅުން އެ ހުއްޓުވަން އުޅޭ ކަމެއް އިތުރަށް އެއަށް އަލިފާން އަރާ ދަރުއަރާ އެންދުން ފިޔަވާ އެއްވެސް ކަމެއް ވެގެން ނުދޭ،" ޔާމީން ވިދާޅުވި އެވެ. 

ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. 

 ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެކެވެ. މި ކުށުގެ އަދަބަކީ  25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

ބޭރު ފައިސާގެ ގާނޫނުގައި މި ގޮތަށް ހިމަނައި، މީޑިއާގެ އަޑު ކަނޑުވާލަން ފަހިވާ ގޮތަށް ގާނޫނު ބަދަލުކުރަނީ ހަބަރުތަކާ ގުޅިހެން ޑޮލަރު އަގު އުފުލޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ބިލު ސަރުކާރުން ހުށަހެޅިއިރު، މި ކަހަލަ އެއްވެސް ބަދަލެއް ގެންނާކަށް ނެތެވެ.

ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ހުށަހެޅީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލާ، ޖުމްލަ އާމްދަނީގެ 20 ޕަސެންޓުގެ މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބަދަލުކުރާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox