އިއުލާން ކުރާ ހުދުމުހުތާރު ސިޔާސަތަކުން ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: އިނާޒް

ޕެންޝަން އޮފީހުގެ ކުރީގެ ޗެއާމަން އަހުމަދު އިނާޒް: ވިދާޅުވީ ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރު ނުހުއްޓުވޭނެ ކަމަށް -- ފޮޓޯ: ފައިލް

ޕެންޝަން އޮފީހުގެ ކުރީގެ ޗެއާމަން އަހުމަދު އިނާޒް: ވިދާޅުވީ ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރު ނުހުއްޓުވޭނެ ކަމަށް -- ފޮޓޯ: ފައިލް

ދައުލަތުން އިއުލާން ކުރާ ހުދުމުހުތާރު ސިޔާސަތަކުން ޑޮލަރުގެ ތާށިކަން ހައްލުނުވާނެ ކަމަށް ވެސް ވިދާޅުވެ ޕެންޝަން އޮފީހުގެ ކުރީގެ ޗެއާމަން އަހުމަދު އިނާޒް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ. 

އިނާޒް ސަރުކާރަށް ފާޑުވިދާޅުވެފައި މި ވަނީ ޑޮލަރުގެ އަގު މައްޗަށްދާ ހަބަރު ލިޔުން މަނާ ކުރަން އަދި ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ ވިޔަފާރިތައް ހުއްޓުވަން ސަރުކާރުން ގާނޫނު ބަދަލު ކުރަން މަސައްކަތް ފެށުމުންނެވެ. 

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ބޭރު ފައިސާ ގަނެވިއްކުމަކީ އިގްތިސާދުގެ ތެރޭގައި ހިނގާ ބާޒާރެއް ކަމަށާއި ހުދުމުހުތާރު ސިޔާސަތަކުން ނުވަތަ ގާނޫނަކުން އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

Advertisement

"ހުދުމުހުތާރު ސިޔާސަތުތަކާއި، ގާނޫނުތަކަކުން އިގްތިސާދުގެ ތެރޭގަ ރޭވި ހިނގާ ބާޒާރެއް [ބޭރު ފައިސާ ގަނެ ވިއްކުން] ކޮންޓްރޯލް ނުކުރެވޭނެ. އަދި އެ ބާޒާރުގައި މިވަގުތު އޮތް އުދާސް ކަމަށް ހައްލެއް ވެސް ނުލިބޭނެ،" އިނާޒް ވިދާޅުވެފައިވެ އެވެ. "އިގްތިސާދީ އަސާސްތަކަށް ގޮން ނުޖައްސަވާ."

އިނާޒް އިސްތިއުފާ ދެއްވީ ސަރުކާރުން ދިވެހި ރުފިޔާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ފެބްރުއަރީ 1، ގަ އެވެ. އޭނާ ވިދާޅުވީ ފައިސާ ޗާޕު ކުރުން ވާނީ އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމަކަށް ކަމަށެވެ. 

"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ކުރިން ފިނޭންސް މިނިސްޓަރަކަށް ވެސް ހުންނެވި އިނާޒް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މިހާރު ވަނީ 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް، އެ ފައިސާ އިގްތިސާދުގެ ތެރެއަށް ވައްދައިފަ އެވެ. އެއީ ގާތްގަނޑަކަށް ޖީޑީޕީގެ އެއް ޕަސެންޓެވެ. ތަކެއްޗާއި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނީ ދިވެހި ރުފިޔާ ޗާޕު ކުރި ފަހުންނެވެ. 

ޑޮލަރު އަގުބޮޑުވާ ވާހަކަ ނޫސްތަކުގައި ލިޔުން މަނާ ކުރަން އުޅޭތީ އިދިކޮޅުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަމަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 

"ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަން ހާމަކުރަން ޖެހޭ. ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ހާމަކުރަންޖެހޭ. ނޫސްވެރިކަމަށް ހުރަސްއެޅޭނެ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ،" ސޯލިހު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޑޮލަރުގެ އަގު އުފުލޭ ވާހަކަ ނޫސްތަކުގައި ލިޔުން މަނާ ކުރަން ސަރުކާރުން މި އުޅެނީ، ޑޮލަރުގެ އަގު މައްޗަށް ދަނީ ދެ ނޫހެއްގައި އެ ވާހަކަ ޖަހާތީ ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. 

ޑޮލަރެއް ގަންނަން މިހާރު ލިބެނީ 22.85 ރުފިޔާއަށެވެ. މިހެންވުމުގެ މައިގަނޑު ސަބަބަކީ ޑޮލަރުން ކުރާ ހަރަދު އިތުރުވުމާއި ޑޮލަރުގެ އިންވެސްޓްމަންޓެއް ގައުމަށް ނުވަނުމާއި އިގްތިސާދުގައި އެނބުރު ފައިސާއިން 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން މަޖުބޫރުވުމާއި އިސްރާފު އިތުރުވުމުން ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox