ރަސްމާލެ ދޫކޮށްލުމާ ރައްޔިތުންގެ މާބޮޑު ދެކޮޅުވެރިކަމެއް ނެތް ކަމަށް މުއިއްޒު އިޝާރާތްކުރައްވައިފި

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ޒަމާނީ ތަރައްގީއަށް އިސްކަންދީ، ގައުމީ ވިސްނުން އިސްކުރާ ގައުމެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ޒަމާނީ ތަރައްގީއަށް އިސްކަންދީ، ގައުމީ ވިސްނުން އިސްކުރާ ގައުމެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތާރީހުގެ ތެރެއިން ޖުމްހޫރީ ވެރިކަންތަކުން މިސާލުތައް ނަންގަވާ، ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކަމުންދިޔަ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ ވަރަށް މަދު ބަޔަކު ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވާހަކަ ދައްކަވައިފި އެވެ. 

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު އެކި ކަންކަމުން މިސާލު ނަންގަވާ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ޒަމާނީ ތަރައްގީއަށް އިސްކަންދީ، ގައުމީ ވިސްނުން އިސްކުރާ ގައުމެއް ކަމަށެވެ. އެގޮތުން މީގެކުރިން ހިނގި ކަންކަމުގައި ދިވެހިން ވަނީ ހޭލުންތެރިކަމާއި، މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދީފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މި ހާދިސާތަކަށް ބަލާއިރުވެސް ދިވެހި ރައްޔިތުންކުރެ ގިނަ ބޭފުޅުން  ކުރިއެރުމާއި ޒަމާނީ ތަރައްގީއަށް އަބަދުވެސް މަރުހަބާ ވިދާޅުވާކަން އެނގޭ. އިސްކުރައްވަނީ ގައުމީ ވިސްނުންކަން ސާފުވޭ. އެހެނީ ދިވެހިރައްޔިތުން އެވަނީ ހޭލުންތެރިކަމާއި، މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދެއްވާފައި. ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ގައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

މުއިއްޒު މިސާލު ނެންގެވީ މުހައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގައި އަންހެން ކުދިންނަށް ތައުލީމު އުނގަންނައި ދެއްވުމަށް ކުރެއްވި މަސައްކަތުގެ އިތުރުން ރަށްރަށުގައި މަގުކެނޑުއްވުމުގެ މަސައްކަތާއި އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމަށް ކުރެއްވި މަސައްކަތާއި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގެ ވާހަކައަށެވެ. 

"ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހި ޤައުމަށް ގެންނަވަން ބޭނުންފުޅުވި ބައެއް ތަރައްގީގައި ކޮޅުފައިންޖަހަން ބައެއް މީހުން ތެދުވި ނޫންތޯ. އެކަމަކު މިއަދު އަޅުގަނޑުމެން ވިސްނާލީމާ އެނގޭނެ، އެހެން މަދު ދެތިން މީހަކު ގެންގުޅޭ އެކަހަލަ ހީނަރު ވިސްނުމަކަށްވުރެ، ގިނަ ބަޔަކު ޤައުމަށް ހެޔޮއެދިގެން އެ ދުވަހު އެ ނިންމި ނިންމުން ދިވެހީންގެ މުސްތަޤުބަލަށް މާ އަލި، މާ އުޖާލާ ދައުރުތަކެއް ގެނެސްދީފިކަން،" މުއިއްޒު ވިދާޅުވި އެވެ. 

"ހިތްޕުޅަށް ގެންނަވާ، އެ މަނިކުފާނު އަންހެން ކުދީންނަށް ތަޢުލީމު ލިބެންޖެހޭނެ ކަމަށް ވަކާލާތުކުރައްވަން ފަށްޓަވައިގެން ކުރިމަތިވެވަޑައިގަތް ގޮންޖެހުންތައް. އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮނުވާވަރު ކަމެއްކަމަށް އޭރު ބައެއް މީހުން ރައްޔިތުންނަށް ވިސްނައިދޭން ފެށި. އެންމެފަހުން މުހައްމަދު އަމީން އެ ހެޔޮ ނަސީބު ދިވެހި ދަރީންނަށް ހޯއްދަވައިދެއްވީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން، ގާނޫނީ ބާރުވެރިކަން އެ ކަމަށް ފަހިކުރައްވައިގެން. ދެން މިއަދު ތިޔަބޭފުޅުން ވިސްނައިވަޑައިގެން ބައްލަވާ. އަންހެން ކުދީންނަށް ތަޢުލީމު ދިނުމުން ޤައުމާއި ދީނަށް ލިބުނީ ގެއްލުންތޯ ނުވަތަ ފައިދާތޯ."

ނާސިރުގެ ވެރިކަމަށް އަލިއަޅުއްވާލައި މުއިއްޒު ވިދާޅުވީ އެ ވެރިކަމުގައި މަސް ދޯނިފަހަރުތަކުގައި އިންޖީނު އެޅުމުގެ ވާހަކަ ދައްކަން ފެށުމުން މަދު ބަޔަކު ނުކުމެ ބުނީ އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ދާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އެތައް ފައިދާއެއްވިކަން ރައްޔިތުން ވިސްނުލުމުން އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ކިހިނެއްތޯވީ. މަދުބަޔަކު މި ކަމަށްވެސް [އިންޖީނު އެޅުމަށް] ވަރަށް އިންކާރުކުރި. އެ މީހުން ބުނީ އޭރުން އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ދާނީއޭ. މަހެއް ނުބޭނޭނެއޭ. އެކަމަކު ހެޔޮ ވިސްނިވަޑައިގަންނަވާ ބޭފުޅުން ކިހިނެއްތޯ ހެއްދެވީ. ޅ. ނައިފަރު އުންމީދު ދޯނީގެ ނެވިފަރާތުން އެ ދޯނީގައި އިންޖީނު އެޅުއްވި. އެނޫންވެސް އެތައް އޮޑިވެރީންނެއް އިންޖީނު އަޅަން ފަށައިފި. ދެން މިއަދު އަޅުގަނޑުމެން މިކަމާމެދު ވިސްނާލީމާ ކުރެއްވެނީ ކޮންކަހަލަ އިޙްސާސެއްތޯ،" އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެއިތުރުން ފަތުރުވެރިކަން ފުރަތަމަ ތައާރަފްކުރަން ބޭރުގެ ތަޖުރިބާކާރުންނާ ހަވާލުކޮށްގެން ހެދި ފީސިބިލިޓީ ސްޓަޑީގައި ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުންނާތީ އެކަން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމަކީ މިއަދު ދިވެހި އިގްތިސާދުގެ އެންމެ އުސް ތަނބު ކަމަށެވެ. 

"ފުރަތަމަ ބޭރުގެ ތަޖުރިބާކާރުން މެދުވެރިކޮށް ފީޒިބިލިޓީ ދެނެގަތުމަށް [ރާއްޖެއަށް ފަތުރުވެރިކަން ގެންނަން] ދިރާސާއެއް ކުރެވުނު. އެ ބޭފުޅުންގެ ރިޕޯޓުގެ ނިންމުމުގައި އޮތީ ކީކޭތޯ. ދިވެހިރާއްޖެއަކީ ދުރުދުރުގައި ރަށްތައް އެތުރިފައިވާ ރާއްޖެއަކަށްވާތީ، ދަތުރުފަތުރަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގައި އުފައްދައި ކުރިއެރުވިދާނެ ސިނާއަތެއް ނޫންކަމަށް،" މުއިއްޒު ވިދާޅުވި އެވެ. 

"އެކަމަކު އަޅުގަނޑުމެން ދިވެހީން ދުނިޔެއަށް މި ދިން ތަހުޒީބު ޢަމަލީ ޖަވާބަކީ ކޮބައިތޯ. ދިވެހިރައްޔިތުންކުރެ ދެތިން ބޭފުޅަކު އިސްނަންގަވައިގެން ވަރަށް އާދައިގެ ގޮތަކަށް ބުރަ މަސައްކަތްތަކެއް ފެށްޓެވީ ނޫންތޯ. ހަމަ އެހެންމެ، ދިވެހީންގެ ތެރެއިން މަދު ބަޔަކު ހަޖޫޖެހުމާއި، ނަފުރަތުގެ ބަސްތައް އުފަންކުރުވި ނޫންތޯ. ނަމަވެސް، އުމްރާނީ އިޤުތިޞާދީ މިފަދަ އާ ވިސްނުންތަކުގެ ނަތީޖާ ބައްލަވާ. މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގްތިސާދުގެ އެންމެ އުސް އެއް ތަނބު ނޫންތޯ."

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އެ ތަރައްގީ ގެންނާނީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ ހިނިތުންކުރުވުމުގެ މަގްސަދުގައި ކަމަށެވެ. 

އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބައެއް ކަމަށް މުއިއްޒު ސިފުކުރެއްވި ނަމަވެސް، އެކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބަސް ބުނަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު އެކަމާ ދެކޮޅަށް ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަކުރެވެ އެވެ. 

ރަސްމާލެއިން އެއްބައި ދޫކޮށްލުމާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅައިގެން އެކަންކަން މަޖިލިސް ކޮމިޓީގައި ދަނީ ދިރާސާކުރަމުންނެވެ. ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox