ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވައިފި އެވެ.
އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައިވާއިރު، ރޭހުގެ އެންމެ ފަހުގެ މައަލޫމާތާއި ލައިވް އަޕްޑޭޓްތައް ބަލައިލުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީ ހާއސްސަ ޑީއެމްއާރްއާރް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި އެޕްލިކޭޝަނަކީ ދުވުންތެރިންނަށާއި އެ ފަރާތްތަކަށް ހިތްވަރުދޭން ތިބި ސަޕޯޓަރުންނަށް، ރޭހާ ގުޅޭ އެންމެހައި މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން ދުވުމުގެ މުހިންމު އިރުޝާދުތަކާއި، ދުވުންތެރިންގެ ރޭންކިންގ އަދި ނަތީޖާގެ ތަފްޞީލުތައް އެޕް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން އެޕްލިކޭޝަނުގައި ހިމެނޭ 'ލައިވް ޓްރެކިން' ފީޗާގެ އެހީގައި، ދުވުންތެރިން ރޭހުގައި ޙަރަކާތްތެރިވަމުންދިޔަ ހިސާބު އެ މީހުންގެ ޢާއިލާތަކަށާއި ރަޙްމަތްތެރިންނަށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ވަގުތުން ބަލައިލެވުނު ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ޑީއެމްއާރްއާރް މޮބައިލް އެޕްލިކޭޝަން މިހާރު ވެސް އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.



