މައްސަލަ ހައްލުނުވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު 30ރ. އަށް އަރާނެ: ޒުހޫރު

އަހްމަދު ޒުހޫރު

އަހްމަދު ޒުހޫރު

ޑޮލަރުގެ މައްސަލަ ހައްލުނުވެއްޖެއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރެއްގެ އަގު 30ރ. އަށް އަރާނެ ކަމަށް މީގެ ކުރިން ސަރުކާރުގެ އެކި މަގާމުތަކާއި ވޯލްޑް ބޭންކްގައި މަސައްކަތް ކޮށްފައިވާ އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ. 

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދު ކުރަމުންދާ ވަރަށް ޑޮލަރަށް އޮތް ޕްރެޝަރު ދާނީ ބޮޑުވަމުން ކަމަށާއި އެކަމަށް އެޑްރެސް ނުކޮށް ހެޔޮ ބަދަލުތަކެއް ނުގެނެސްފިނަމަ ކުރިއަށް އޮތް މުސްތަގުބަލުގައި ޑޮލަރުގެ އަގު 30ރ. އަށް އަރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 

"ބޭކާރު އެތައް ހަރަދުތަކެއް ކުރަމުން މިދަނީ. އެ ހަރަދުތައް ކޮށްގެންނެއް ޑޮލަރަށް މިއޮތް ޕްރެޝަރެއް ކުޑައެއް ނުކުރެވޭނެ. އެއީ ރައްޔިތުން ގެނެސްގެން އުޅޭ ޕްރެޝަރެއް ނޫން. އެއީ އަހަރެމެންގެ ގައުމުގެ ދައުލަތާ ހަވާލުވާ ސަރުކާރުތަކުގެ އިރެސްޕޮންސިބަލްކަމުގެ ސަބަބުން ވެގެން އުޅޭ ކަމެއް މިއީ،" ޒުހޫރު ވިދާޅުވި އެވެ. 

"އެހެންވީމަ ދައުލަތާ ހަވާލުވެގެން ތިބި ބަޔަކު މި މަސައްކަތް ރަނގަޅަށްކޮށް، ހަދަންޖެހޭ ރިސާޗްތައް ހަދައި، މިކަމަށް މިހުރިހާ ފްރަންޓަކުން ހެޔޮ ބަދަލު ގެންނަން ބޭނުންވެއްޖެ ކަމަށްވަންޏާމުން ހެޔޮ ބަދަލު އަންނާނެ، އެހެން ނޫނިއްޔާމުން ކައިރި މުސްތަގުބަލުގައި ޑޮލަރުގެ ރޭޓް 30ރ. އަށް މައްޗަށް ދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން." 

ޑޮލަރުގެ މައްސަލަ ހައްލުކުރަން ދައުލަތުގެ ބަޖެޓު ކުރިއަށް އޮތް އަހަރު 40 ޕަސަންޓު ކުޑަކުރަން ޖެހޭ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ޑޮލަރަށް އޮތް ޕްރެޝަރު ކުޑަވެ ޑޮލަރު ރޭޓަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. 

"ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި ޑޮލަރަށް ޕްރެޝާ ރިލީޒްކުރަން ބޭނުން ކަމަށްވަންޏާމުން މި އަންނަ އަހަރު ދިވެހިރާއްޖޭގެ ބަޖެޓް 40 ޕަސަންޓް ކުޑަވާންޖެހޭ. އަދި ދެން އަންނަ އަހަރުގައިވެސް ކުޑަވާންޖެހޭ. އޭގެ މާނައަކީ 70 ބިލިއަނުގައި ހުރި ބަޖެޓް  35 ބިލިއަނަށް ނުވަތަ 40 ބިލިއަނަށް ނުވަތަ 50 ބިލިއަނާ ހިސާބަށް ތިރިނުކޮށެއް ޑޮލަރަށް މިއޮތް ޕްރެޝަރެއް ކުޑައެއް ނުވާނެ،"

ޒުހޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ޑޮލަރަށް ވަރަށް ސްޓްރެސް ސިގްނަލްތަކެއް ދެމުންދާކަން ކަމަށެވެ. އެގޮތުން ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާއި ކޮންމެހެންވެސް ޑޮލަރު ހޯދައިގެން ދަރަނި ދައްކައި އެކަންވެސް ސަރުކާރުން ހާމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން ޒުހޫރު ވިދާޅުވީ ރާއްޖޭގައި ފައިސާ ދައުރުވާ މިންވަރު އިންތިހާއަށް އިތުރުވަމުންދިޔައިރު ގައުމުން ޑޮލަރު ބޭރުވާ މިންވަރު ދިޔައީ އިތުރުވަމުން ކަމަށެވެ. 

ސަރުކާރަށް ޑޮލަރުގެ އަގު އުފުލޭ މިންވަރު ދަށްނުކުރެވި މިހާރު ޑޮލަރެއްގެ އަގު އުޅެނީ 22.90ރ. އަށެވެ. އެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ މީހުންނާއި ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox