ނިމިދިޔަ ހަފްތާ: މަރުގެ މައްސަލަތަކެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ބަންދަށް

ނިމިދިޔަ ހަފްތާ: މަރުގެ މައްސަލަތަކެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ބަންދަށް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ 2014 ވަނަ އަހަރު ވަގަށް ނެގުމަށްފަހު މަރާލުމުގައި އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ނިމިދިޔަ ހަފްތާގަ އެވެ.

ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ. އިސޫ އާއި އަހަނދު ހައްޔަރު ކުރީ، ރިލްވާން މަރާލުމަށް 2014 ވަނަ އަހަރު މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން އަދި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މި ނޫހަށް ޔަގީންކޮށްދިނެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް "އަދަދު" އަށް ވިދާޅުވީ އެތިން މީހުން ވެސް ހައްޔަރުކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުގެ ނިންމުގައި ބުނެފައިވާ ކަމަށެވެ. އަދި އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮމިޝަނުން އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ފަނޑިޔާރާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލި، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ފުލުހުންގެ ބޮޑު ޖިނާއީ ތަހުގީގެއް ފަށައި، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހެއްޓީ ވެސް މިދިޔަ ހަފްތާގަ އެވެ. ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގަ އެވެ.

އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި، ތެޔޮ އަދި ބޭހުގެ ސަޕްލައި ފަސް މަސް ދުވަހަށް ބޭނުންވާ ވަރަށް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވީ ވެސް މިދިޔަ ހަފްތާގަ އެވެ. އަމީރު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖުކުރުމާއި ބެލެހެއްޓުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށެވެ. އަދި އެ އަދަދަކީ ޝާއިއު ކުރާ އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ނަމަވެސް ލިބެން ހުރި މައުލޫމާތަށް ބަލައި މި މިނިސްޓްރީއަށް އަންދާޒާ ކުރެވޭ ގޮތުގައި 2022 ގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަަކަށް ފަސް މަސް ދުވަހުގެ ޔޫސަބަލް ރިޒާވް ހުންނާނެ،" އަމީރު ވިދާޅުވި އެވެ.

ދެހާސްތޭވީސްވަަނަ އަަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި ބިން ހިއްކައިގެން ރިސޯޓު ހަދަން އދ. ފެންފުށީ ފަޅުން ބައެއް ދޭން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން އެދުނު ގޮތަށް ޓޫރިޒަމް މިނިސްޓްރީން ފަޅު ކުއްޔަށް ދިނީ ނިމިދިޔަ ހަފްތާގަ އެވެ. މި ރަށްތަކާ ގުޅިގެން ވިލާ ކުންފުންޏާއި ސަރުކާރާ ކުރެވުނު މަޝްވަރާތަކުގައި އެ ކުންފުނިން ފުރަތަމަ އެދުނީ ތ. ކަނިމީދޫ ނޫނީ ތ. ކަޅުފަހަލަފުށި ދިނުމަށް އެދުނުކަން އެނގިފައިވެ އެވެ. އދ. ފެންފުށީ ފަޅުން ބައެއް ހަމަޖައްސައިދޭން އެދުނީ މި ދެ ރަށް ނުލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނުމުން، ބަދަލުގައި ބޭނުންވާ ތަންތަން ހުށަހަޅަން އެންގީމަ އެވެ.

އދ. ފެންފުށި ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަން އުޅޭތީ އެ މަސައްކަތް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިނުމަށް ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން ގޮވާލީ ވެސް މިދިޔަ ހަފްތާގަ އެވެ. ހިމާޔަތް ކޮށްފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ އދ. ފެންފުށި ފަޅު ހިއްކާތީ ކަންބޮޑުވުން ފާޅުކުރި ޖަމިއްޔާތަކަކީ ޓްރާންޕޭރެންސީ މޯލްޑިވްސް އާއި އީކޯ ކާސް މޯލްޑިވްސް އާއި މޯލްޑިވްސް ރިސައިލެންޓް ރީފްސް އާއި ލޭންޑްސީ މޯލްޑިވްސް އާއި ސޭވް ދަ ބީޗް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. ސިޔާސީ ގޮތުން އެއްވެސް ކޮންޓްރޯލެއް ހޯއްދަވަން ނޫޅުއްވާ ކަމަށާއި އެއީ އެދިވަޑައިގަންނަވާ ކަމެއް ވެސް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރިސޯޓު ރަށްތައް ކުއްޔަށް ދީގެން 154 މިލިއަން ރުފިޔާ ލިބުން
  • ޔޯގާ ދުވަސް ފާހަގަ ނުކުރަން އިސްލާމިކް މިނިސްޓްރީން ނާންގާ ކަމަށް ބުނުން
  • މާލޭ މީހުންނަށް ގޯއްޗާއި ފްލެޓު ލިބޭ އުސޫލު އާންމުކުރުން
  • ސަފީރުން ތިބިކަން އެނގުނުނަމަ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށް ފުލުހުން ބުނުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަނީ
  • އީސީ ޒިންމާދާރުކަން ކުޑަ ކަމަށް ބުނެ މެންބަރުންގެ ނުރުހުން
  • ކޮވިޑް ކޭސްތައްް އިތުރުވިޔަސް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނުން
  • ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ގޮތަށް ހެކީގެ ބިލު ފާސްކުރުން
  • އެފްއޭއެމުން ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުންތައް

  • ރާއްޖޭގެ ކުންފުންޏާ ބެހޭ ނިޒާމް ފުޅާވެ ބޮޑުވަމުން އަންނައިރު, ޒަމާނީ ބަދަލުތަކާއި, ކުރި އަރާފައިވާ މުޖުތަމައުގެ އުސޫލުތައް ގެންނަން މަޖުބޫރުވެފައިވާ މިންވަރާއި ކުންފުނީގެ ހައްގުގައި މައިނޯރިޓީ ހިއްސާދާރުން ނުކުތުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން ނާޒިމް ހަސަން މި ރިޕޯޓުގައި މައުލޫމާތު ގެނެސްދީފައިވެ އެވެ.
  • މިއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލަށް މެމްބަރުން އިތުރުކޮށް ކައުންސިލްގައި އޭރު ތިބި މެންބަރުންގެ މެދުގައި ނެގި ވޯޓަކުން އާ މެންބަރުން އިންތިހާބު ކުރުމާ އެކު އެ ޕާޓީގެ އެންމެ އިސް ސަފަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މުހައްމަދު އުޝާމް ލިޔެފައިވާ ރިޕޯޓެކެވެ.
  • ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ފިލުވައި އަލުން އަނބުރައި ފުޓުބޯޅައިގެ ތެރެއަށް އައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަސްކުރަން ޖެހޭ މުހިންމު ފިލާވަޅުތަކުގެ ވާހަކަ އައްޒާމް އަލިފުޅުގެ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox