ޕާޓީގެ އަދި މަޖިލީހުގެ ކޮންޓްރޯލް ހޯދާކަށް ނޫޅެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވަން ނޫޅުއްވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވަން ނޫޅުއްވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ސިޔާސީ ގޮތުން އެއްވެސް ކޮންޓްރޯލެއް ހޯއްދަވަން ނޫޅުއްވާ ކަމަށާއި އެއީ އެދިވަޑައިގަންނަވާ ކަމެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "ކޮންޓްރޯލް" އެ ބަސް ބޭނުން ނުކުރައްވާ ކަމަށާއި އެ ކަންތައް ކުރައްވަން ވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ.

މިރޭގެ ޕްރޮގްރާމަށް މީހަކު ފޮނުވި މެސެޖެއްގައި ކުރި ސުވާލުގައި ބުނީ އެމްޑީޕީގެ ކޮންޓްރޯލް ނަޝީދަށް ގެއްލިވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ ކޮންޓްރޯލް ވެސް ނެތް ކަމަށެވެ.

"މިހާލަތުގައި މަނިކުފާނަށް އެމްޑީޕީގެ ތެރެއިން އިތުރު ފުރުސަތެއް ލިބިދާނެ ކަމަށް މަނިކުފާނު ގަބޫލުކުރައްވަންތޯ," މުހައްމަދު ނަމަކަށް ކިޔާ މީހަކު ފޮނުވި މެސެޖްގައި ސުވާލުކުރި އެވެ.

ނަޝީދު ވިދާޅުވީ "ކޮންޓްރޯލް" އެ ބަހަކީ އެއްވެސް އިރެއްގައި ސިޔާސީ ކަންކަމުގައި އެމަނިކުފާނު ބޭނުންކުރައްވާ ބަހެއް ނޫން ކަމަށެވެ.

"އަދި ކޮންޓްރޯލް، އެ ކަންތައް ކުރާކަށް ވެސް އަޅުގަނޑު ނުމެ އުޅެން. ހަގީގަތުގައި އަޅުގަނޑަށް ކުރަން އެނގޭ ކަމެއް ވެސް ނޫން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މިސާލަކަށް ގައުމީ މަޖިލީހުގެ މެމްބަރުންނަކީ ވެސް އެއީ ވަކި ބޭފުޅެއްގެ މެމްބަރުންނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ނުސީދާ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ އެމަނިކުފާނަށް ކަމަށެވެ. އެއީ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވި މެމްބަރުންގެ ސިޔާސަތާ ގުޅުވައިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނަޝީދު ތާއީދުކުރެއްވި ބޭފުޅުން ކެމްޕޭން ކުރެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއީދުކުރައްވާކަން އިއުލާނުކުރަމުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅުންގެ ސިޔާސަތު އެއާ ތަފާތެވެ.

"ދެން އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތާއީދުކުރައްްވާނީ ބަރުލަމާނީ ނިޒާމަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންނަކީ ވަރަށް ކުރިއްސުރެ ދެނެވަޑައިގަންނަވާ އަދި ގާތްކަން އޮތް ބޭފުޅުން ކަމަށް ވެސް އެމަނިިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ފަހަކަށް އައިސް ފާޅުކަން ބޮޑު ގޮތެއްގައި ބެހިފައި ވަނީ ދެ ފެކްޝަނަކަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ "އަޅުގަނޑަށް އެބަ އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް އެ ބަހުސް ހޫނުވި ދުވަސްވަރެއްގަ އެވެ.

ރައީސް އޮފީހުގައި މިދިޔަ އޮގަސްޓްމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ކުރާއިރު މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންވެ، އެ މެޖޯރިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ މިވަގުތު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީ،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ތާރީހުގައި ވެސް އެއް ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނީ 2019 ގެ އިންތިހާބުގަ އެވެ. އެކި ދާއިރާތަކުން ވާދަކޮށް 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox