ރިލްވާން މެރުމުގަ ބައިވެރިވި ކަމަށް ތުހުމަތުކޮށް ތިން މީހަކު ހައްޔަރުކޮށްފި

Jun 26, 2022, 5:45 AM
މައްސަލާގައި ހައްޔަރުކުރި ތިން މީހުން --

މައްސަލާގައި ހައްޔަރުކުރި ތިން މީހުން --

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ 2014 ވަނަ އަހަރު ވަގަށް ނެގުމަށްފަހު މަރާލުމުގައި އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.

އިސޫ އާއި އަހަނދު ހައްޔަރު ކުރީ، ރިލްވާން މަރާލުމަށް 2014 ވަނަ އަހަރު މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން އަދި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މި ނޫހަށް ޔަގީންކޮށްދިނެވެ.

އިސޫ ހައްޔަރު ކުރީ އޭނާ ކާނިވަލުގައި ސައިބޯން އިންދާ ފުލުހުންގެ ޓެކްޓިކަލް ޓީމަކުންނެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު އިއްޔެގެ ވަގުތެއްގައި ފުލުހުން ހޯދާފައިވާ ކަމަށް އޮތީ އެނގިފަ އެވެ. އަހަނދު ވެސް ހައްޔަރު ކުރީ މާލެއިންނެވެ.

ރިލްވާންގެ މަރާ ގުޅޭ ތުހުމަތުގައި ހައްޔަރުކުރި އިސޫ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ރިލްވާންގެ މަރާ ގުޅޭ ތުހުމަތުގައި ހައްޔަރުކުރި އިސޫ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ރިލްވާންގެ މަރާ ގުޅޭ ތުހުމަތުގައި ހައްޔަރުކުރި އިސޫ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ދިރިއުޅޭ ގެ ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ކުރަމުންނެވެ.

މި މައްސަލާގައި ގަޓް މުއާ ހައްޔަރުކޮށްފައިވާއިރު, އޭނާއަކީ މިނިވަން ނޫހުގެ ދޮރަށް ކަތިވަޅި ޖެހި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ.

މިއީ ރިލްވާން މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި، އެ މައްސަލައިގައި ހޯދުނު ކުރިއެރުމެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް ފަރާތަކުން ބުންޏެވެ. އިސޫގެ އިތުރުން ވެސް އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

މިއަދު ހައްޔަރު ކުރި އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އަހަނދުއަކީ ނުރައްކާތެރި ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމުގެ ތުހުމަތުވާ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައި ހުރި މީހެކެވެ.

އަހަނދު ގޭ ފުލުހުން ފާސްކުރުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު
އަހަނދު ގޭ ފުލުހުން ފާސްކުރުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު

އަހަނދު ގޭ ފުލުހުން ފާސްކުރުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox