ވިލާއިން އެދުނު ގޮތަށް އެލާގެ ބަދަލުގައި ފެންފުށީ ފަޅުން ބައެއް ދީފި

ތ. އެލާ: ސަރުކާރުން ވަނީ ވޭމަންޑޫ-ކިނިބިދޫ ކޯސްވޭ މަސައްކަތަށް މި ރަށް ނަގާފަ. -- ފޮޓޯ: ވިސިޓް ތާ އެޓޯލް/ފޭސްބުކް

ތ. އެލާ: ސަރުކާރުން ވަނީ ވޭމަންޑޫ-ކިނިބިދޫ ކޯސްވޭ މަސައްކަތަށް މި ރަށް ނަގާފަ. -- ފޮޓޯ: ވިސިޓް ތާ އެޓޯލް/ފޭސްބުކް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި ބިން ހިއްކައިގެން ރިސޯޓު ހަދަން އދ. ފެންފުށީ ފަޅުން ބައެއް ދޭން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން އެދުނު ގޮތަށް ޓޫރިޒަމް މިނިސްޓްރީން ފަޅު ކުއްޔަށް ދީފި އެވެ.

މި މައްސަލަ ފެށުނީ ވިލާއަށް ދީފައި އޮތް ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުށީގެ އިތުރުން ކ. ބޮލިދުއްޕަރު ފަރާއި ކ. ވާވެއްދިފަޅު ނަގަން ކުރީ ސަރުކާރުން 2015 ވަނަ އަހަރު ނިންމި ހިސާބުންނެވެ.

އެ ސަރުކާރުން މި ރަށްތައް ނަގަން ނިންމީ މަސައްކަތްތައް ކުރިޔަށް ނުދާ ކަމަށް ބުނެ އެވެ. އަދި އެ ތަންތަނަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިިލިއަން ރުފިޔާ) ހޯދަން ވެސް ނިންމި އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ސަރުކާރާ ދެކޮޅަށް މައްސަލަ ނިންމި ނަމަވެސް، ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ނިމުނީ ސަރުކާރާ އެއްކޮޅަށެވެ.

މި ސަރުކާރުން ވިލާއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދާން ނިންމީ ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރަމުން ރަށްތައް އަތުލީ ގޯސްކޮށް ކަމަށް އޭޕްރިލް 2018 ގައި ސުޕްރީމް ކޯޓުން ހުކުމް އިއްވި ހިސާބުންނެވެ. އެފަހުން އެ އަހަރުގެ އޮކްޓޫބަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ މި ރަށްތައް ހަވާލުކުރި މައްސަލަ ތަހުގީގުކުރުމަށް ފަހު ކޮރަޕްޝަން ނުހިމެނޭ ކަމަށް ކަނޑައަޅާފަ އެވެ.

ފަޅު ދިނީ އެލާ ސަރުކާރަށް ނެގުމަށް ފަހު

އެލާ ސަރުކާރަށް ނަގަން ނިންމީ ތ. ވޭމަންޑުއާއި އެ އަތޮޅު ކިނބިދޫ ގުޅާލާ ކޯޒްވޭ އަޅަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

މި ރަށްތަކާ ގުޅިގެން ވިލާ ކުންފުންޏާއި ސަރުކާރާ ކުރެވުނު މަޝްވަރާތަކުގައި އެ ކުންފުނިން ފުރަތަމަ އެދުނީ ތ. ކަނިމީދޫ ނޫނީ ތ. ކަޅުފަހަލަފުށި ދިނުމަށް އެދުނުކަން އެނގިފައިވެ އެވެ. އދ. ފެންފުށީ ފަޅުން ބައެއް ހަމަޖައްސައިދޭން އެދުނީ މި ދެ ރަށް ނުލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނުމުން، ބަދަލުގައި ބޭނުންވާ ތަންތަން ހުށަހަޅަން އެންގީމަ އެވެ.

ފެންފުއްޓަކީ ވިލާގެ ބާނީ އަދި ޗެއާމަން، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބައްޕާފުޅު ނިސްބަތްވާ ރަށެވެ. އަދި ވިލާއިން ހިންގާ ސަން އައިލެންޑާ މާމިގިލީގައި އޮންނަ ވިލާ އިންޓަނޭޝަނަލް އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ ރަށެކެވެ.

ފެންފުށި ފަޅުން ވިލާއަށް ދިން ސަރަހައްދު ރަތް ކުލައިގެ މާކުން ފާހަގަކޮށްފައި. -- ފޮޓޯ: ގޫގްލް މެޕްސް
ފެންފުށި ފަޅުން ވިލާއަށް ދިން ސަރަހައްދު ރަތް ކުލައިގެ މާކުން ފާހަގަކޮށްފައި. -- ފޮޓޯ: ގޫގްލް މެޕްސް

ފެންފުށި ފަޅުން ވިލާއަށް ދިން ސަރަހައްދު ރަތް ކުލައިގެ މާކުން ފާހަގަކޮށްފައި. -- ފޮޓޯ: ގޫގްލް މެޕްސް

މިކަމާ ގުޅޭ މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން "އަދަދު" ނޫހަށް ޔަގީންކޮށްދެއްވި ގޮތުގައި، މި ފަޅު ވިލާއާ ހަވާލުކުރީ މިހާރު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުގައި މި ނޫނަސް ދެ ފަޅެއް ވަނީ މި އަހަރުގެ ތެރޭގައި ވިލާއާ ހަވާލުކޮށްފަ އެވެ.

އެއީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ބ. މެންދޫގެ ބަދަލުގައި ހަވާލުކުރި ދެ ފަޅެވެ. ވިލާ ކުންފުނީގެ ދަށުން އޮންނަ ވިލާ އެއާއަށް ދިން މި ދެ ފަޅުގެ ތެރެއިން އެއް ފަޅަކީ ސީޕްލޭންތަކަށް ސަޕޯޓް ސާވިސް ދޭން ދޫކޮށްފައިވާ ފަޅެކެވެ.

އެކަމަކު ކުރިން ވިލާއަށް ކުއްޔަށް ދޫކޮށްފައި ހުރި ފަޅުތަކުގެ ތެރެއިން ބޮލިދުއްޕަރު ފަޅާއި ވާވެއްދިފަޅުގައި ރިސޯޓު ތަރައްގީކުރަމުން ދަނީ ބޭރު ކުންފުނިތަކަކުންނެވެ. ވިލާއާ އެކު ވެފައިވާ ސެޓްލަމަންޓް އެއްބަސްވުމުގެ ދަށުން މި ފަޅުތަކުގެ ބަދަލުގައި ދެނީ ކޮން ފަޅެއް ކަމެއް ނޫނީ ކޮން ރަށެއް ކަމެއް ސާފެއް ނުވި އެވެ.

މިހާރު ވެސް ތިން ރިސޯޓެއް ހިންގަމުން އަންނަ ވިލާ ކުންފުންޏާއި އެ ކުންފުންޏާ ގުޅުންހުރި އެހެން ކުންފުނިތަކުން އަންނަނީ މި ފަޅުތަކާއި، އަތުލުމަށް ފަހު އަލުން ރައްދުކުރި ރަށްތައް ހިމެނޭހެން ފަސް ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ނޫން އިތުރު އެއްވެސް ތަނެއް ވިލާ ނޫނީ އެ ކުންފުންޏާ ގުޅުން ހުރި ކުންފުންޏަކާ ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޑިވެލޮޕިން އައިލެންޑު ލިސްޓުން ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox