ޔޯގާ ހަރަކާތް ހުއްޓުވަން ސިޓީއެއް ނުފޮނުވަން، ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. އެ ސިޓީގައި އޮތް ފަތުވާ ނެރުނީ އިޖުރާއަތްތަކާ ހިލާފަށް --- ފޮޓޯ: އަދަދު ފައިލް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. އެ ސިޓީގައި އޮތް ފަތުވާ ނެރުނީ އިޖުރާއަތްތަކާ ހިލާފަށް --- ފޮޓޯ: އަދަދު ފައިލް

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ޖޫން 15، ގައި ފުލުހުންނަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ސިޓީގައި ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު ހިޝާމް އެވެ.

ނަމަވެސް، މިއަދު ނެރުނު ބަޔާނެއް މެދުވެރުކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެފަ އެވެ.

"ޔޯގާގެ ޝަރުއީ ހުކުމާ މެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ.

ޔޯގާ މައްސަލައިގައި ފަތުވާ މަޖިލީހުން ފަތުވާއެއް ނުނެރެވުނީ "އަދަދު"އަށް އެނގިފައިވާ ގޮތުގައި ގާނޫނުގައި ބުނާ ކޯރަމް ހަމަނުވާތީ އެވެ. ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބުރާހީމް އެކަންޏެވެ.

އެހެންކަމުން، އެ މައްސަލާގައި ފަތުވާއެއް ނެރޭނީ އާ މެމްބަރުން އެ މަޖިލީހަށް އައްޔަނު ކުރުމަށް ފަހު އެވެ.

އިޖުރާއަތާ ހިލާފަށް ނެރުނު ފަތުވާ ހިމެނޭ ސިޓީގައި އޮތީ ކީކޭ؟

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެއީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށްވާތީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންތައްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ވަނީ މިސްރާއި މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން މީގެކުރިން ޔޯގާއާމެދު ނިންމާފައިވާކަންކަން ފާހަގަކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލީހުންނާއި، 2008 ވަނަ އަހަރު މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން، ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ފަތުވާ ނެރެފައިވާ ކަމަށެވެ.

އެގޮތުން، އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ވެސް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ވެއެވެ. އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާއަށް އަސަރުކުރާ ކަމަށް ވެސް ދެ ގައުމުގެ ފަތުވާއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ގާނޫނުގައި އޮތް ގޮތް

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ (7) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.

ފިގުހީ މައްސަލަތަކުގައި ދިވެހިންނަށް ފަތުވާ ދޭން ޖެހޭ މައްސަަލަތަކަކީ ކޮބައިކަން ދެނެގަތުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. ކޮވިޑް ދުވަސްވަރު ނެރުނު ފަތުވާތަކާއި އެނޫން ބައެއް ފަތުވާ ވެސް އެ މަޖިލީހުން ނެރުނީ އެ އުސޫލުންނެވެ.

ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox