މަސްމަހާމެހިން މުއްސަނދި ފެންފުށި ފަޅު ހިއްކުން ހުއްޓާލަން ޖަމިއްޔާތަކުން ގޮވާލައިފި

އދ. ފެންފުށީ ފަޅު: ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރާތީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި - ފޮޓޯ: އޯޕަން މެޕް

އދ. ފެންފުށީ ފަޅު: ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރާތީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި - ފޮޓޯ: އޯޕަން މެޕް

އދ. ފެންފުށި ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަން އުޅޭތީ އެ މަސައްކަތް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިނުމަށް ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

ފެންފުށީ ފަޅުގެ ބޮޑުބައެއް ދީފައިވަނީ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ހިމާޔަތް ކޮށްފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ އދ. ފެންފުށި ފަޅު ހިއްކާތީ ކަންބޮޑުވުން ފާޅުކުރި ޖަމިއްޔާތަކަކީ ޓްރާންޕޭރެންސީ މޯލްޑިވްސް އާއި އީކޯ ކާސް މޯލްޑިވްސް އާއި މޯލްޑިވްސް ރިސައިލެންޓް ރީފްސް އާއި ލޭންޑްސީ މޯލްޑިވްސް އާއި ސޭވް ދަ ބީޗް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އެވެ.

"މި ފަޅުގައި އެއްވެސް ކަހަލަ މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް މިޖަމިއްޔާތަކުން ގޮވާލަމެވެ. އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް އިސްކޮށް ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކަަކީ އެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަންކަމަށް ހެދުމަށް ވެސް ގޮވާލަން،" ޖަމިއްޔާތައް ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.

މި ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވަނީ އެކަމާ ދެކޮޅަށް ގުޅުން ހުރި މާހިރުންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވަނިކޮށް ކަމަށެވެ.

ސަންޕާއަށް ލިބިދާނެ ގެއްލުމަކަށް ވެސް ބެލުމެއް ނެތި، އަދި ލިބިދާނެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރިއާލާ އަމިއްލައަށް އިސްނެގުމުގެ މަތިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިކަން ނުވަތަ އަޅާނެކަން ވެސް ބަޔާން ކުރުމެއް ނެތި ފަޅު އެ ގޮތަށް ދިނުމުން ކަންބޮޑުވުން އެބަ އޮތް ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭން ފެހުރިހި ފެންނަ ހަމައެކަނި ސަރަހައްދު އަދި ރާއްޖޭގެ އެންމެ ގިނަ ރިސޯޓްތައް އޮތް ސަންޕާ ސަރަހައްދު ވަށައިގެންވާ ބަފަޒޯންގައި މީގެ ކުރިން ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ވަނީ އެ ސަރަަހައްދަށް ކޮށްފައިވާ ކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ފެންފުށީ ފަޅަކީ ސަންޕާއާއި އިންވެގެން އޮންނަ ފަޅަކަށް ވުމުން، އެފަޅު ހިއްކައިފިނަމަ، ސަންޕާއަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އެސަރަހައްދުގެ ނާޒުކު ތިމާވެށި އިތުރަށް ހީނަރުވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފެންފުށީ ފަޅު ހިއްކަން އުޅޭތީ އެ ރަށު ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަޅަކީ، އެ ރަށުގެ ރައްޔިތުން ފަރު މަސްވެރިކަމާއި، ހުއިފިލަނޑާ ނެގުން ފަދަ އިގުތިސާދީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ ހޯދުމަށް އެހީތެރިވެދޭ ވަސީލަތެކެވެ.

މީގެ އިތުރުން، ކޯމަސް ބެލުންފަދަ ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކެއް ވެސް ކުރަމުންދާ ސަރަހައްދެކެވެ. އަދި އެ ފަޅަކީ ކޯމަހާއި ޒިބްރާ ޝާކް އަދި އެހެނިހެން މަސްމަހާމެހި، އާލާވެ އެ ދިރުންތައް ބޮޑުވުމުގެ މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

ފަޅު ހިއްކައިފިނަމަ، ފެންފުށީގެ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށްް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން ވެސް ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox