ނިމިދިޔަ ހަފްތާ: ތައުލީމީ ދާއިރާއަށް ތާރީހީ ހަފްތާއެއް، ޓީޗަރުންގެ މުސާރަތައް ބޮޑުކުރި

ނިމިދިޔަ ހަފްތާ: ތައުލީމީ ދާއިރާއަށް ތާރީހީ ހަފްތާއެއް، ޓީޗަރުންގެ މުސާރަތައް ބޮޑުކުރި

ޓީޗަރުންގެ މުސާރަތަކަށް އިންގިލާބީ ބަދަލެއް ގެނެސް އައު މުސާރައިގެ އޮނިގަނޑު ސަރުކާރުން އިއުލާނުކުރީ މިދިޔަ ހަފްތާގަ އެވެ.

ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރަ އަށް ވެސް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި އޮންނަ ގޮތުން، މުސާރައިގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރަށް ކޮންމެ މަހަކު ވެސް އުނި އިތުރެއް ނާންނަ ގޮތަށް ލިބެމުންދާ އިނާޔަތްތަކާއި، މަސައްކަތަށް ހާޒިރުވާ ދުވަހަށް ދެވޭ އިނާޔަތެއް ހިމެނެ އެވެ.

މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގައި ޒުވާނުންތަކެއް މިދިޔަ ހަފްތާގައި ވަނީ ޒަހަމްކޮށްލާފަ އެވެ. މާލޭގައި އީދު ދުވަހު ދެ މާރާމާރީއެއް ހިނގައިދިޔައިރު، އޭގެ ފަހުން ވެސް ވަނީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައިފަ އެވެ. އެ މައްސަލަތައް ބަލަމުންދާއިރު، ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ހަތް މީހަކު ހޯދަން ފަށާފަ އެވެ.

އީދު ދުވަހުގެ ހެނދުނު މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ 15 އަހަރުގެ ކުޑަކުއްޖެކެވެ. އަދި، އަނެކަކީ ގދ. ވާދޫ، އުނިމާގޭ، އުމުރުން 18 އަހަރުގެ ހަސަން ޒިޔާން އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފަ އެވެ. އަދި، ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އެމްޑީޕީން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުންވާނަމަ، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ސަރުކާރެއް ގާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، 2023ގައި ރިޔާސީ އިންތިހާބެއް ބާއްވާނަމަ، އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށްޓަކައި، ޕާޓީގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހިނގާލުމެއް ބޭއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ރެލީގެ ބައިވެރިން އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ. "މިނިމަމް ވޭޖް ރިވިއު ކުރޭ"، "މަސައްކަތްތެރިންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލާ"، "ޓީޗަރުންގެ އޯޓީ ލިމިޓު ނުކުރޭ"، "ސިއްހީ ދާއިރާގެ މުސާރަތައް ވެސް ބޮޑުކުރޭ"، ފަދަ ޝުއޫރުތައް އޭގެ ތެރޭގައި ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކާއި ހިންގި މަޝްރޫއުތަކަކީ "ދަރަނީގެ މަޅި"އެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ދެއްކެވި ވާހަތަކަށް ޗައިނާއިން އަނެއްކާ ވެސް މިދިޔަ ހަފްތާގައި ވަނީ ރައްދު ދީފަ އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދަތުރުތައް ފަށައި، މި މަހުގެ 10 ގެ ނިޔަލަށް ހިލޭ ހިދުމަތް ދޭނެކަން މިދިޔަ ހަފްތާގައި އޮތީ ހާމަކޮށްފަ އެވެ. އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ޖުމްލަ 180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންތާ އަހަރެއް ވެގެން ދިޔައިރު ވެސް އިންސާފު ގާއިމް ކުރުން ލަސްވެގެން ދާތީ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރީ މިދިޔަ ހަފްތާގަ އެވެ. އެމަނިކުފާނުގެ އާއިލާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އެމަނިކުފާނުގެ ވަކީލުންނާއި އަދި އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބާނާ ހުރިހާ މަހެއް ކިރަން މިފްކޯއިން ނިންމުން
  • އައިލެންޑު އޭވިއޭޝަނުން ފިއުލް ސާޗާޖް ބޮޑުކުރުން
  • އެމްޑީޕީގެ ޗެއާޕަސަނަކަށް ބޭނުންވަނީ "ސާފުތާހިރު" ކެންޑިޑޭޓެއް ކަމަށް ނަޝީދު ވިދާޅުވުން
  • ހުރިހާ ދާއިރާގެ މުސާރަ ބޮޑުކޮށް، މުސާރައިގެ ތަފާތުތައް ނައްތާލެވޭނެ ކަމަށް ރައީސް ވިދާޅުވުން
  • ޑައިވް ކުރުމުގައި 20 އަހަރުގެ ތަޖުރިބާހުރި ޑައިވަރު ސައީދު ފުވައްމުލަކުގައި ގެއްލުން
  • އޯލެވެލް އިމްތިހާނު ފެށުން
  • ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ހަތް މީހަކު ހޯދަން އިއުލާނުކުރުން
  • މޯލްޑިވިއަންގެ ފްލައިޓެއް ކައްދޫ އެއާޕޯޓުގެ ރަންވޭއިން ކަހާލުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުންތައް

  1. ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ މިލްކިއްޔާތު ހާމަކުރުމަށް އަމާޒުކޮށް "މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މުހައްމަދު ވިޝާމް ގެނެސްދީފައިވާ ތަފްސީލީ ރިޕޯޓެކެވެ.
  2. މިއީ ނައިޓަށް ދިއުމުގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަގުފަހިކޮށްދީ އަދި އެހެނިހެން ވެސް ބޮޑެތި ބަދަލުތައް ވަޒީފާގެ ގާނޫނަށް ގެނެސްފައިވާއިރު ވެސް އެކަމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ހަސަން މުހައްމަދު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
  3. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ މިއަހަރު ވެއްޓުމާއި ގުޅިގެން ނޫސްވެރިކަން ކުރުމުގައި މިވަގުތަށް ރާއްޖޭގެ ނޫސްވެރިންނަށް އޮތް ބިރުތައް ހިމަނައިގެން މުހައްމަދު އުޝާމް ލިޔެފައިވާ ރިޕޯޓެކެވެ.

ދިރާސާތަކުން ކިޔާލުމަށް

"އިމްޕެކްޓް އޮފް ކޮވިޑް-19 އޮން އެމްޕްލޯއިމެންޓް އިން ދަ މޯލްޑިވްސް"

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ފެނުނު ކޮވިޑް-19 އާއެކު އައި އިގްތިސާދީ ލޮޅުމުގެ ތެރެއިން ވަޒީފާގެ ބާޒާރަށް ކުރި އަސަރުތައް ދެނެގަތުމަށް އިކޮނޮމިކް މިނިސްޓްރީން ކުރި ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ވަޒީފާއަށް ނޭދެވޭ އަސަރުތައް ކުރި ފަރާތްތަކަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކެއް ވަނީ ބަޔާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox