2023ގައި ވާދަކުރުމާމެދު ޕާޓީގެ ނިންމުމަށް ބޯލަނބާނަން: ނަޝީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނަޝީދު ބައިވެރިވެވަޑައިގެން ވޯޓު ދެއްވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނަޝީދު ބައިވެރިވެވަޑައިގެން ވޯޓު ދެއްވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އެމްޑީޕީން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މީގެ ކުރިން ވަނީ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާނެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މަޝްހޫރު ދޫރުދަރުޝަން ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި ނަޝީދު ވަނީ 2023ގެ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާ ކުރައްވައިފަ އެވެ.

މިގޮތުން، ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވަނީ 2023ގައި ރިޔާސީ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ.

ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުންވާނަމަ، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ސަރުކާރެއް ގާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، 2023ގައި ރިޔާސީ އިންތިހާބެއް ބާއްވާނަމަ، އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށްޓަކައި، ޕާޓީގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޕާޓީގެ [އެމްޑީޕީ] މީހެއް. އެ ނިންމުންވާނީ އެމްޑީޕީގެ ނިންމުމަކަށް. ރިޔާސީ ކެންޑިޑޭޓާމެދު ޕާޓީން ނިންމާ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކޮށް ބޯލަނބާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާ "ކޯޅުމެއް" ނެތް

އެމްޑީޕީ އިސްވެ އޮތް ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ކޯޅުން އުފެދި މުޅި ޕާޓީވެސް ދެ ފެކްޝަނަކަށް ބެހިފަ އެވެ.

ނަމަވެސް، އެ އިންޓިވިއުގައި ދެ ރައީސުންގެ މެދުގައި އޮތް މައްސަލަ "ކޯޅުމެއް"ގެ ގޮތުގައި ސިފަކުރައްވަން ނަޝީދު ބޭނުންފުޅު ނުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނެކޭ އެއް ފަދައިން ރައީސް ސޯލިހު ވެސް ބޭނުންފުޅުވަނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އެހެންކަމުން، ދެ ރައީސުންގެ މެދުގައި އަދިވެސް ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ނެތް ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

"އަޅުގަނޑުމެނަށް ވާހަކަ ދެއްކޭނެ. މިއުޅެނީ ސިޔާސަތުތައް ފަދަ ހިޔާލުތަފާތުވުންތަކެއް،" އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގާއި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން މިސާލެއްގެ ގޮތުގައި ނަންގަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox